މަޢުލޫމާތު
މިސް ޔުނިވާސް 2021 އަށް ކުރިމަތިވެފައިވާ ސެލިއެކް ބައްޔަކީ ކޮބާ؟

މިސް ޔުނިވާސް 2021، ހަރާނާޒް ސަންދު އަށް ސެލިއެކް ބަލި ޖެހިފައިވާ ކަމަށް އޭނާ ހާމަކޮށްފައި ވާއިރު، މިއީ ދުނިޔޭގެ އެތަށް ބަޔަކު ތަޖުރިބާ ކުރަމުން އަންނަ ބައްޔެކެވެ. ސެލިއެކް ބައްޔަކީ ކޮބައި ކަމާއި، މިބަލީގެ އަލާމާތްތަކާއި، ބަލިޖެހެން ދިމާވާ ސަބަބުތަކާއި ބެހޭ ގޮތުން އެނގެން ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް މިލިޔުމުގައި ހިމަނާލަމެވެ.

މިސް ޔުނިވާސް 2021 ހަރްނާޒް ސަންދު، އޭނާއަށް ސެލިއެކް ބަލި ކުރިމަތިވެފައިވާކަމަށް ބުނެ، ބަރުދަން ކުޑަކޮށް އިތުރުވެ، ފަލަވުމުގެ ސަބަބަކީ ސެލިއެކް ކަމުގައި ބުނުމުން، އޭނާއަށް ތާއިދުކުރާ ތަފާތު ފޭނުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ހަރްނާޒް އަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. ދާދިފަހުން ހަރްނާޒް ވަނީ އޭނާއަށް ސެލިއެކް ބަލި ކުރަމަތިވެފައިވާކަމަށް ބުނުމުގެ އިތުރުން، ގްލޫޓެން އެކުލެވޭ ތަފާތު ބާވަތްތައް ކަމުގައިވާ، ހަނޑޫ، ބާލީ އަދި ރައި ފަދަ ކެއުމުގެ ބާވަތްތައް ކެއުން ރައްކާތެރި ނޫންކަމުގައި ބުނެފައެވެ. އިންޑިޔާގެ ޗަންދީގަރްގެ އިވެންޓެއްގައި ހަރްނާޒް ބުނެފައިވާ ގޮތުން އޭނާގެ ސެލިއެކް ބައްޔާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އެހެންމީހަކަށް ނޭނގޭނެ ކަމަށެވެ. އަދި، ގޮދަނުގެ އެއްވެސް ބާވަތެއް، ހަނޑޫ، ފުށުގެ އިތުރުންވެސް ވަރަށް ގިނަ ކާއެއްޗެހި ކެއުމުން އޭނާއަށް ވަނީ މަހްރޫމް ވާންޖެހިފައެވެ.

ސެލިއެކް ބައްޔަކީ ކޮބާ؟

ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން، ވޮކްހާޑްޓް ހޮސްޕިޓަލް، މުމްބާއީ ސެންޓްރަލް، ޑރ ހަނީ ސާވްލާ ބުނެފައިވާގޮތުން ސެލިއެކް ބައްޔަކީ ގްލޫޓަން އެކުލެވޭ ތަފާތު ކާއެއްޗެހި ހަޖަމުކުރުމަށް ހަށިގަނޑަށް އުނދަގޫކުރުވާ ހާލަތެކެވެ. ގްލޫޓަން އަކީ ވީޓް، ރައި، ބާލީ އަދި އޯޓްސް ފަދަ ގޮދަނުގެ ބާވަތްތަކުގައި އެކުލެވޭ ޕްރޮޓީން އެކެވެ. ގްލޫޓަން އެކުލެވޭ ބައެއް ކާއެއްޗެހީގެ ތެރޭގައި، ޕާން، ޕާސްތާ، ޕިއްޒާ، އަދި ސީރިއަލް ފަދަ ތަފާތު ކާނާގެ ބާވަތްތައް ހިމެނެއެވެ.

ނެޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ހާމަކޮށްފައިވާ ގޮތުގައި ސެލިއެކް ޑިޒީޒް (ސީޑީ) އަކީ ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމު ގްލޫޓަން އެކުލެވޭ ތަފާތު ކާއެއްޗެހި، ހަޖަމު ކުރުން ހުއްޓާލުމުން ހަށިގަނޑަށް ކުރިމަތިވާ ޑިސްއޯޑާ އެކެވެ. މިއީ އާންމު ފާހަގަކޮށްލެވޭ ސިއްހީ މައްސަލައެއް ނަމަވެސް، އެހާބޮޑަށް ދިރާސާކޮށް ތަހުލީލު ނުކުރާ ބައްޔެކެވެ. ސެލިއެކް ބައްޔަށް ފަރުވާ ނުދެވިއްޖެނަމަ ދިގު މުއްދަތަކަށް ދެމިގެންދާނެ ސީރިއަސް އުދަނގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑރ ހަނީ ސާވްލާ ވިދާޅުވާ ގޮތުގައި ސެލިއެކް ޑިޒީޒް ހުންނަ މީހުންގެ ގައިގައި ގްލޫޓަން ގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުންވެ، އަންނަނިވި އަލާމާތްތައް ފާހަގަ ކުރެވޭނެއެވެ.

 • ބަނޑު ގައި ވޭން އެޅުން
 • ބޭރަށް ހިގުން
 • ބަރުދަން ލުއިވުން
 • ކާހިތް ނުވުމާއި، އަބަދުވެސް ބަނޑު ފުރިފައި ހުންނަ އިހުސާސް ކުރެވުން
 • ބަނޑުހައިކަން ކުޑަވުން
 • ގެސްޓްރިކް މައްސަލަ
 • ގައިގެ ހަންގަނޑު ކެހުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވުން

ސެލިއެކް ބަލި ޖެހިފައިވާކަން ކަށަވަރު ކުރެވޭނީ ލޭގެ ޓެސްޓާއި ޑުއޯޑެނަލް ބަޔޮޕްސީ އިން ކަމަށްވާއިރު، މިއީ ހިސްޓޯޕެތޮލޮޖީއަށް ފުނުވައިގެން ނޫނީ ކަށަވަރު ނުކުރެވޭނެ ކަމެކެވެ.

ފަރުވާގެ ތެރޭގައި ގްލޫޓަން ފްރީ ޑައިޓަށް އަހުލުވެރިވުމާއި ކާއެއްޗެހިން ހަށިގަނޑަށް އެބްޒޯބް ނުކުރާ ވިޓަމިންތައް ބަލައި، އެވިޓަމިންތައް ބޭނުންކުރުން ހިމެނެ އެވެ. ޑރ ޕަތަންކަރު ވިދާޅުވާ ގޮތުގައި ސެލިއެކް ބަލީގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާކަމެކެވެ.

ސެލިއެކް ބަލި މީހަކަށް ފާހަގަވެދާނެ އާންމު ނިޝާންތަކަކީ ބޭރަށް ހިންގުން، ވަރުބަލިވުން، ބަރުދަން ލުއިވުން، ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން، ބޯއެނބުރުން، ހޮޑުލެވުން އަދި ބަނޑު ހަރުވުން ފަދަ ކަންކަމެވެ. މީގެ އިތުރުން ބައެއް ބޮޑެތި މީހުން އެނީމިއާ، އަނގައިގެ އަލްސަރ، ބޮލުގައި ރިއްސުން، ހަންގަނޑު ހިކުމުގެ އިތުރުން ހުޅުހުޅުގައި ރިއްސުން، އަދި ކަށިފީވުން ފަދަ ނިޝާންތަކެވެ. މީގެ އިތުރުން މި ބަލި ހުންނަ ބައެއް މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނި ހުރުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ސެލިއެކް ބަލީގެފަރުވާ:

ސެލިއެކް ބައްޔަށް ފަރުވާ ކުރުމުގެ ގޮތުން ގްލޫޓަން ނުއެކުލެވޭ ޑައިޓެއް ނެނގުން ރަނގަޅެވެ. ތަޖުރިބާކާރެއްގެ އެހީތެރިކަމާއެކު ކެއުމުގައި ހިމަނަން ޖެހޭ ތަކެތި ދެނެގަނެވިދާނެއެވެ. ގްލޫޓަން އެކުލެވޭ ކާބޯތަކެއްޗާއި ބުއިންތައް ވަކިކުރަން ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ސެލިއެކް ބަލި ހުންނަ މީހުން ބަލިވެ އުޅޭއިރު ބަރުދަން ލުއިވޭތަ ނުވަތަ ބަރުދަން އިތުރުވޭތަ؟

ސެލިއެކް ބައްޔާއި ގުޅިގެން ބަރުދަން ލުއިވުމާއި، ހިކުމުގެ އިތުރުން ގޮހޮރު ތުނިވެ، މެލްނިއުޓްރިޝަން އާއި މަލްއެބްސޯބްޝަން (ކާ ކާއެއްޗެހިން ހަށިގަނޑަށް ބޭނުންވާ މާއްދާތަށް ދަމައިގަތުން ދަށްވުން) ކުރިމަތިވެއެވެ. މިޑިސްއޯޑާގެ ސަބަބުން ބައެއް ކެސޫތަކުގައި ބަރުދަން އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޖާނަލް އޮފް ކްލިނިކަލް ގެސްޓްރޯއެންޓަރލޮޖީގައި ޕަބްލިޝްކޮށްފައިވާ ދިރާސާއެއް ބުނާގޮތުން، ސެލިކް ބަލި ކުރިމަތިވެފައިވާ މީހުންގެ ތެރެއިން، %15.2 އިންސައްތަ ބޮޑެތި މީހުންނަށް ޑައިގްނޯސް ކުރެވިފައިވާގޮތުން ބަރުދަން އިތުރުވުމާއި ކުރިމަތިލާންޖެހިފައި ވެއެވެ. އަދި މީގެ ތެރެއިން %6.8 އިންސައްތަ މީހުންނަކީ، އޮބީސް (ހަށިގަނޑު އިސްކޮޅާއި ބަރުދަނަށް ބަލާއިރު، ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރު) މީހުންނެވެ. މި ޢަދަދުތައް ވަނީ ބަރުދަން ލުއިވި     17.3% އިންސައްތަ އަށްވުރެ އިތުރުވެފައެވެ. މިއިން ދައްކުވައިދެނީ ސެލިއެކް ބަލި ހުންނަ މީހަކު މާބޮޑަށް ފަލަވުމަކީ މިބަލި ހުންނަ ގިނަ މީހުންނަށް ކުރިމަތިވާ ކަމެއް ކަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!