ޚަބަރު
ފުވައްމުލަކުގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުވައްމުލަކުގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފޮޓޯ: އެމް. އެން. ޑީ. އެފް

އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވާ ގޮތުން، ފުވައްމުލަކު ސިޓީގެ މިސްކިތް މަގު އަވަށަށް ނިސްބަތްވާ، ލަކީ ސްޓާ ގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑިއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަަމަށެވެ.

ލަކީ ސްޓާ ގޭގެ ބަދިގޭގައި ރޯވި މަޢުލޫމާތު، އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ އިއްތެ މެންދުރު 14:32 ގައެވެ.

ފޮޓޯ: އެމް. އެން. ޑީ. އެފް

އެމްއެންޑީއެފްއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ލަކީ ސްޓާ ގޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަަންޒަރު ފެނެއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި، ބަދިގޭގައި އަލިފާން ރޯވުމަށް މެދުވެރި ސަބަބަކަށް ބެލެވެނީ، އެއްޗެއް ތެލުލާ ނިންމާލުމަށްފަހު، ހޫނު ތެޔޮ ތަވާ، ސުތުލި ގޯންޏެއްގެ މަތީގައި ބެއްހެއްޓުމުން، އެ ގޯނީގައި ރޯވެ، ކައިރީގައި ހުރި ޕްލާސްޓިކް ޓައްޕެއްގައި އަލިފާން ހިފައިގެންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ނުވެއެވެ.