ޚަބަރު
ދެރަށެއްގެ ސްކޫލްގައި 3 ބުރީގެ އިމާރާތެއް އެޅުމަށް ސްވިފްޓް އާއި ހަވާލުކޮށްފި

ރ. ރަސްމާދޫ ސްކޫލްގައި 3 ބުރީގެ އިމާރާތެއް އަދި ރ ފައިނު ސްކޫލްގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކެޝަންގެ ފަރާތުން ސޮއިކުރެއްވީ, މިނިސްޓަރ ޑރ އައިޝަތު އަލީ އެވެ. އަދި ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒުބައިރު އެވެ.

މިއަދު ސޮއިކުރެެވުނު އެއްބަސްވުމުގެ ތެރެއިން ރަސްމާދޫ ސްކޫލްގެ މަސައްކަތް ސްވިފްޓްއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިމަޝްރޫއުގެ އަގަކީ 12,839,307.38 އެވެ.

އަދި ފައިނު ސްކޫލްގެ މަސައްކަތް ސްވިފްޓްއާއި ހަވާލުކޮށްފައިވަނީ, 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 15,268,826.02 އަށެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކުންފުންޏެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!