ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމަށް، ޕާކިސްތާންގެ ރައީސް އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލައިފިއެވެ.
ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލިސް އުވާލާފައި މިވަނީ، ބޮޑުވަޒީރު އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުުރުމަށް ގާނޫނުހަދާ މަޖިލިހުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓު ބަލައިނުގަނެ، ގަނޫނުހަދާ މަޖިލިހުގެ ނާއިބުރައީ އެމައްސަލަ ބޭރު ކޮށްލާފައި ވަނިކޮށެވެ.
ިއިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި އެމެރިކާއިން އޭނާ މަގާމުން ދުރުކުރުމަށް މަކަރު ހެދުމުގައި އިސްކޮށް އުޅެނީ އެމެރިކާގެ ސިޔާސަތާއި ޚާރިޖީ ސިޔާސަތުގެ އެހެން ނިންމުންތަކަށް އޭނާ ފާޑުވިދާޅުވަމުން ގެންދަވާތީއެވެ. އެހެން ނަމަވެސް އެމެރިކާއިން އެކަން ދޮގުކުރެއެވެ.
ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެ ގައުމުގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އެ ކޯޓުން ދަނީ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފުރުސަތު ނުދޭ ގޮތަށް ނިންމި ނިންމުން ސައްހަތޯ ވަޒަން ކުރަމުންނެވެ.
ޕާކިސްތާންގެ ތާރީޚުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރަކަށް އިންތިޚާބީ ދައުރެއްގައި މަގާމްގެ މުއްދަތު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.