ޚަބަރު
ތިނަދޫގައި ޢީދު ނަމާދުގައި ބައިވެރިވި މީހަކު ފައްސިވެ، އެމިސްކިތަށް ދިޔަ ފަރާތްތަކުގެ ސާމްޕަލް ނަގަނީ

ގދ ތިނަދޫގައި އަޟުހާ ޢީދު ނަމާދު ކުރި އެއްމިސްކިތް ކަމުގައިވާ މަސްޖިދުލް  މަރްޔަމް އަށް ޢީދު ނަމާދަށް ދިޔަ ފަރާތެއް ކޮވިޑް19 އަށް ފައްސިވެފައި ވުމާއެކު އެމިސްކިތަށް ޢީދު ނަމާދަށް ގޮސްފައިވާ ފަރާތްތަކުގެ ރެންޑަމް ސާމްޕަލް ނަގައި ކޮވިޑް19 އަށް ޓެސްޓުކުރުމަށް ވަނީ ނިންމާފައެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ފަރާތުން މަޢުލޫމާތު ލިބފައިވާ ގޮތުގައި، މަސްޖިދުލް  މަރްޔަމް  މިސްކިތުގައި  އަޟްޙާ  އީދުނަމާދުގައި ބައިވެރިވެފައިވާ ފަރާތެއް ވަނީ ކޮވިޑް  19އަށް  ފައްސިވެފައެވެ.

ކޮމިއުނިޓީ އައުޓް ބްރޭކެއްގެ ފުރުޞަތު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،  މަރްޔަމް  މިސްކިތަށްދިޔަ  އެންމެހާ ފަރާތްތަކުގެ ސާމްޕަލް ނެގުމަށް މިހާރު ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މަރްޔަމް  މިސްކިތަށް ޢީދު ނަމާދަށް ގޮސްފައިވާ  ފަރާތްތަކުގެ  ރެންޑަމް  ސާމްޕަލް  ނެގުން މިއަދު 23ޖުލައި  2021،  ހުކުރު  ދުވަހު  މެންދުރު  2:00އިން  3:30އަށް،  ޑރއަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ  ގޯތިތެރޭގައި ކުރިޔަށް ދާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ،

ތިނަދޫ ކައުންސިލްގެ ޚާއްސަ ހުއްދައެއްގެ ދަށުން ތިނަދޫގައި ޖަމާޢަތުގައި ނަމާދުކޮށް ޢީދު ނަމާދު ކުރިޔަށް ގެންދެވިފައިވާއިރު، ތިނަދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ތިނަދޫއިން ކޮވިޑް ކޭސްތަކެއް ކޮންމެ ދުވަހަކުވެސް ރިޕޯޓް ކުރެވެއެވެ. އެގޮތުން އިއްޔެވެސް 4 ފަރާތެއް ކޮވިޑް-19 އަށް ވަނީ ފައްސިވެފައި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!