ޚަބަރު
ހުޅުމާލޭގެ އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގެ އިމާރާތެއްގެ މަތިން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތެއްގެ މަތިން ވެއްޓުނު ކުއްޖާއަށް ލިބުނު އަނިޔާތަކަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލް އިން ގެންދަނީ ފަރުވާ ދެމުންނެވެ. އަދި އިމާރާތުގެ މަތިން ވެއްޓިފައިވަނީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި, އެކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 12:30 އެހާކަންހާއިރުއެވެ.

އެކުއްޖާ ވެއްޓިފައިވަނީ ހުޅުމާލޭ ޕިކްޕޯސްޓް ކައިރީގައި ހުރި ގެއެއްގެ ފަސްވަނަ ބުރީގެ ބެލްކަނިންނެވެ.

ކުއްޖާ ވެއްޓުނު ގަޑީގައި އެކުއްޖާގެ މަންމަމެން ތިބީ ފިހާރައަކަށް ވިޔަފާރިކުރަން ގޮސް ކަމަށާއި, އަދި ގޮތުގައި ގޭގައި އެވަގުތު ހުރީ އެކުއްޖާ އެކަނި ކަމަށްވެސް މަންޒަރު ދުށް ފަރާތާއި ހަވާލާދީ ސަންގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް، ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު އެކުއްޖާއާއި އެކު އެގޭގައި އިތުުރު ކުއްޖެއް ހުއްޓެވެ،

ކުއްޖާ ވެއްޓުނުތަނާ ވަގުތުން އެ ކުއްޖާގެ މައިންބަފައިން ވެސް އެތަނަށް އައި ކަމަށާއި އެހެންލައިފައި ދިޔަ ޕިކަޕަކަށް ލުމަށްފަހު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އޭނާ ކިޔައިދިނެވެ.

  1. ހުސައިން މުަތަފާ

    ޕިކްޕޯސްޓް ކައިރީގައި ރޯހައުސްއެއް ނުހުންނާނެ