މީހުން
ގދ. ހޯނޑެއްދޫ އަށް އުފަން ޒުވާން ހުނަރުވެރި ދަނޑުވެރިއެއް، ޒުވާނުންނަށް ނަމޫނާ މަސައްކަތްތެރިއެއް

ނަދީމާ ޖުނެއިދު، ސަތަވަރީގެ، ގދ. ހޯނޑެއްދޫ އަކީ ހޯނޑެއްދޫއަށް އުފަން ޒުވާން ހުނަރުވެރި ދަނޑުވެރިއެކެވެ. ނަދީމާ އަކީ މަސައްކަތްތެރިކަމުގެ ރޮގުން ޒުވާނުންނަށް ނަމޫނާ މަސައްކަތްތެރި ދަނޑުވެރިއެކެވެ.

މައިންބަފައިންނަކީ ދަނޑުވެރިންނަށް ވުމުން، މަންމަމެން އެއްކޮށް ގިނަވަގުތު ދަނޑުގައި ހޭދަކުރަން ޖެހުމުން، ދަނޑުވެރިކަމަކީ، ރަނގަޅު އާމްދަނީއެއް ލިބިދާނެ މަސައްކަތެއްކަމަށް ވިސްނި، ދަނޑު ހައްދަން ނަދީމާގެ ޝައުޤުވެރިކަން އުފެދުނެވެ. ނަދީމާ ބުނިގޮތުން މިއީ އޭނާ ދަނޑުވެރިކަމަށް ވަދެވުނު ސަބަބެވެ.

ހޯނޑެއްދޫގެ ޒުވާން ދަނޑުވެރިޔާ ނަދީމާ ދަނޑުގައި މަސައްކަތުގައި- ހުވަދޫ ފޮޓޯ: އަޚްތަރު

މައިންބަފައިން، މުސްކުޅި އުމުރަށް ދިޔުމުން، މިއީ އަމިއްލަޔަށް ވެދާނެކަމެއްތޯ ބަލައި އަޖުމަ ބެލުމަށް ޓްރައި ކޮށްލީ ކަމުގައި ނަދީމާ ބުނެއެވެ. އަދި އަޖުމަ ބަލާލުމުން، މިއީ އަމިއްލަޔަށް ވެދާނެކަމެއްކަން އެނގިގެން ދިޔަކަމުގައި ނަދީމާ ބުނެއެވެ. އެންމެ ފުރިހަމަ ގޮތުގައި ދަނޑުވެރިކަން ކުރަން ނޭނގުނު ނަމަވެސް، އަޖުމަ ބަލާލަން ފެއްޓުނު މަސައްކަތުން، ކާމިޔާބު ކަމާއެކު ދަނޑުވެރިކަމަކީވެސް ކާމިޔާބުކަމާއެކީ ކުރެވިދާނެ މަސައްކަތެއްކަން ނަދީމާއަށް އެނގުނެވެ. ދަނޑުވެރިކަމުގެ މަސައްކަތް އިތުރަށް ކާމިޔާބު ކުރުމަށް، އެހެން ދަނޑުވެރިންނާއި، ޚިޔާލު ބަދަލުކޮށް، ދިމާވާ ތަފާތު ކަންކަމުގައި، މަޝްވަރާ ހޯދުމުން، ރަނގަޅު ފެންވަރެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަން އެނގިގެންދިޔައެވެ.

ނަދީމާ ފާހަގަކުރި ގޮތުގައި، ދަނޑުވެރިކަމުގެ މަސައްކަތަށް ނަދީމާ ވަރަށް ޅައުމުރުގައި ލޯބި ޖެހި ޝައުޤުވެރިކަން އުފެދިފައި ވެއެވެ. ދަނޑުވެރިކަމުގެ ހޯނޑެއްދޫގެ މާޒީއަށް ބަލާއިރު، ހޯނޑެއްދޫ އަކީ ދަނޑުވެރި ރަށެއްކަން ފާހަގަކުރެވެއެވެ. ނަދީމާ ބުނިގޮތުގައި، އެންމެ ތުއްތު އިރުވެސް ހެނދުނު ހޭލައިގެން މަންމަމެނާއެކު ނަދީމާމެން ދަނީ ދަނޑަށް ކަމުގައެވެ. މަންމަމެން ދަނޑުގެ ތަފާތު މަސައްކަތް ކުރާއިރު، ކުޑަކުދިން ހަރަކާތްތެރިވަނީ، ދަނޑުގައި ހެދިފައި ހުންނަ ކުދި ވިނަ ގަސްތައް އުފުރުން ފަދަ ކުދި ކަންތައްތަކުގައެވެ. އެހެން ކުދިކުދި މަސައްކަތްތަކުގައި ޝާމިލުވަމުންގޮސް، މިމަސައްކަތަށް ހިތްޖެހި، މިއީ ކުރާހިތްވާ މަސައްކަތަކަށް ބަދަލުވެގެން ދިޔައެވެ. އުމުރުން 10 އަހަރަށް އެޅުނުފަހުން، ހަވީރު ފިންޏަށް ހިގާލުމުގެ ބަދަލުގައިވެސް، ދަނޑަށް ވަދެނުލައި ހިތްހަމަ ނުޖެހޭކަމުގައި ނަދީމާ ބުނެއެވެ. ހަވީރު، ފެންވަރައި ރީތިވެގެންވެސް، ދަނޑަށް ގޮސް، ހައްދާގަސްތައް ބަލާލާ، ގަހަށް އަންނަ ބަދަލުތައް ފާހަގަކޮށް، އެކަންކަމާއި ގުޅޭގޮތުން މަންމަމެންނާއި ސުވާލުކޮށް، ކަންކަން އޮޅުންފިލުވުމަކީ، ލިބޭ އުފަލެއްކަމުގައި ޅައުމުރުގައިވެސް، ނަދީމާ ދެކެއެވެ. ސްކޫލް ދައުރުގައި، ވަކިހިސާބަކުން، ތައުލީމު ހާޞިލްކުރުމަށް، އަމިއްލަ އުފަންރަށް ހޯނޑެއްދޫ ދޫކޮށް ތިނަދޫއަށް ބަދަލުވާންޖެހުމުން، ދަނޑާއި ކޮންމެވެސް ވަރެއްގެ ދުރުކަމެއް އައި ނަމަވެސް، ޗުއްޓީގައި ރަށަށް ގޮސް އުޅޭއިރު، އާއިލާއިއެކު، ގިނަވަގުތެއް، ދަނޑުވެރިކަމުގެ މަސައްކަތަށް ދަނޑުގައި ވަގުތު ހޭދަކުރުމަށް ނަދީމާ ލޯބިކުރިއެވެ.

ދަނޑު ސާފުކޮށް، ރަސްމީކޮށް، ދަނޑުވެރިކަމުގެ މަސައްކަތް ފެށިތާ މާގިނަ ދުވަސްތަކެއް ނުވީ ނަމަވެސް، ނަދީމާ ޤަބޫލުކުރާ ގޮތުގައި ދަނޑުގައި ގޮވާންކޮށްފައިވާ މުޑުވައްތައް ރަނގަޅު ފެންވަރަކަށް ހެއްދިފައި ވާކަމުގައި ނަދީމާ ދެކެއެވެ. ނަދީމާ ބުނެފައިވާގޮތުން، ދަނޑުގައި މާގިނަ ބާވަތުގެ ތަރުކާރީ އާއި މޭވާ އަދި ހެއްދިފައި ނުވާއިރުވެސް، ދަނޑުން ތަފާތު ތަރުކާރީ އަދި މޭވާ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ދުވާލެއްގެ މައްޗަށް ލިބެއެވެ. ދުވާލެއްގެ މައްޗަށް ދަނޑުން ލިބޭ ނަފާ ރެކޯޑުކޮށް، ވިއްކޭ ތަފާތު ބާވަތްތަކުގެ ރެކޯޑް ބެލެހެއްޓިފައި ނުވީ ނަމަވެސް، ލަފާކުރެވޭގޮތުން އެންމެ ދަށްކޮށް އާމްދަނީ ލިބޭ އިރުވެސް، ދުވާލެއްގެ މައްޗަށް ދުއިސައްތަ އާއި ތިންސަތޭކަ ރުފިޔާގެ ދެމެދުގެ އާމްދަނީއެއް ލިބޭކަމަށް ނަދީމާ ލަފާކުރެއެވެ. ނަދީމާ ބުނިގޮތުގައި ދަނޑުގައި އާންމުކޮށް ހައްދަނީ، މިރުސް، ކިއުކަމްބާ، އަލަ އަދި ބަރަބޯ ފަދަ ބާވަތެވެ. އަދި ކޮންމެވެސް ވަރަކަށް މަދުން، ޒުވާރިވެސް ހައްދާކަމަށާއި، ނަމަވެސް މިއީ ބޮޑަށް ވިޔަފާރިއަށް ވުރެ، އަމިއްލަޔަށް ބޭނުންކުރުމަށް ހައްދާ އެއްޗެއް ކަމުގައި ނަދީމާ މައުލޫމާތު ދީފައި ވެއެވެ.

ދަޑުވެރިކަމުން ލިބޭ ނަފާއަށް ބަލާއިރު، ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް ވިއްކައިގެން، އެވްރެޖްކޮށް ދަނޑުވެރިއަކަށް ދެހާސް ރުފިޔާގެ އާމްދަނީއެއް ހަފްތާއަކަށް ލިބޭނެ ކަމަށް ނަދީމާ ލަފާކުރެއެވެ. އަދި ވިޔަފަރި ރަނގަޅުނަމަ، އާމްދަނީ މިއަށްވުރެ ބޮޑުތަނުން މަތިވެގެންދާކަމުގައި، ނަދީމާ ދެކެއެވެ. އާންމުކޮށް ގިނަ ދަނޑުވެރިން، ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ފުނުވަނީ ރަތަފަންދޫ އަދި ތިނަދޫއަށް ކަމުގައި ނަދީމާ މަޢުލޫމާތު ދެއެވެ. ދަނޑުވެރިކަމުން އުފައްދާ ހުރިހާ ބާވަތެއް ވިއްކުމުގައިވެސް ގޮންޖެހުންތަކެއް ހުރިކަމުގައި ނަދީމާ މަޢުލޫމާތު ދެއެވެ. ބަރަބޯ، އަދި ކިއުކަމްބާ ގަންނަ ކަސްޓަމަރުން ބައެއްފަހަރު، ފަޅޯ ގަންނަން ބޭނުން ނުވެއެވެ. މިގޮތުން އުފައްދާ ބައެއް އުފެއްދުންތައް ވިއްކުމުގައި ވަރަށްބޮޑު ދަތިތައް ހުންނަކަމަށް ނަދީމާ ބުނެއެވެ. ނަދީމާ ބުނާގޮތުން، ދަނޑުވެރިންގެ އުފެއްދުންތައް، ރިސޯޓްތަކަށް ވިއްކަން، އަދި ފުރުޞަތެއް ލިބިފައި ނުވެއެވެ. އެފަދަ ފުރުޞަތެއް ލިބިގެން ދިޔުމަކީ އުފައްދާ އުފެއްދުންތައް ވިއްކުމަށް ލިބިގެންދާނެ ވަރަށްބޮޑު އެހީތެރިކަމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވެއެވ.

ދަނޑުވެރިކަމުގައި، ފާހަގަކޮށްލެވޭ އެންމެ ހިތްދަތި، ހިތާމަވެރި ކަމެއްގެ ގޮތުގައި، ނަދީމާ ފާހަގަކުރަނީ، ވިއްސާރަ މޫސުމުގައި، ދަނޑުގައި ފެންބޮޑުވެ، ހައްދާ ހުރިހާ ބާވަތެއް ހަލާކުވެ ނެތިދިޔުން ކަމުގައި ނަދީމާ ފާހަގަކުރެއެވެ. މަދުން ނަމަވެސް މިހެން ދިމާވާކަމަށާއި، ދަނޑުތަކުގައި ފެންބޮޑުވާ މައްސަލަޔަށް މާބޮޑު ހައްލެއް ނުވަތަ ފެން ހިންދާނެ ނުވަތަ ފެނުން ސަލާމަތްވާނެ ސިސްޓަމެއް ގާއިމްވެފައި ނެތުމަކީ، ދަނޑުވެރިކަމުގެ މަސައްކަތަށް އޮތް ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައި ނަދީމާ ދެކެއެވެ. އުންމީދަކީ އަވަސް މުސްތަޤުބަލެއްގައި، ދަނޑުތަކުގައި ފެންބޮޑުވާ މައްސަލަޔަށް ހައްލެއް ލިބިގެން ދިޔުމެވެ.

ރަށުގައި ދިރިއުޅޭ ސްކޫލް ކުދިންގެ ތެރެއިން ގިނައަދަދެއްގެ ކުދިންގެ މައިންބަފައިންނާއި އެކުގައި، ގިނަވަގުތު ދަނޑުގައި، ދަނޑުވެރިކަމުގެ މަސައްކަތުގައި ހޭދަކުރެއެވެ. މިއީ ހޯނޑެއްދޫގެ ދަނޑުވެރިކަމަށް ރަނގަޅު މުސްތަޤުބަލެއް އޮތްކަމުގެ ނިޝާނެކެވެ. ނަދީމާ ޤަބޫލުކުރާގޮތުގައި، ކިޔަވައިގެން ތިބި، ތަޢުލީމީ ޒުވާނުން، ދަނޑުވެރިކަމަށް ނުކުތުމަކީ، ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެކެވެ. ޒަމާނީ ޓެކްނޮލޮޖީ ދަނޑުވެރިކަމުގެ މަސައްކަތުގައި ބޭނުންކުރެވި، ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންކުރާ ތަފާތު ބޭސްތަކާއި، އަލަށް ތަޢާރަފުކުރެވޭ ބޭސްތަށް، ތަޢުލީމީ ޒުވާނުންނަށް ދަނެގަނެވުމީ، ފުޅާދާއިރާއެއްގައި ދަނޑުވެރިކަންކޮށް، އެއިން ލިބޭ ނަފާ އިތުރުވެގެންދާނެ ކަމެކެވެ.

ހޯނޑެއްދޫގެ ޒުވާން ދަނޑުވެރިޔާ ނަދީމާ ދަނޑުގެ މަންޒަރެއް- ހުވަދޫ ފޮޓޯ: އަޚްތަރު

ހޯނޑެއްދޫގައި ކުރިޔަށް ގެންދެވުނު، ދަނޑުވެރިކަމުގެ ޕްރޮގްރާމެއްގައިވެސް ނަދީމާ ވަނީ ބައިވެރިވެ، އެޕްރޮގްރާމް ފުރިހަމަކޮށްފައެވެ.  ނަދީމާ ފާހަގަކޮށްފައިވާގޮތުގައި، އެނގިގެން ދަނޑުވެރިކަން ކުރުމާއި، ނޭނގި ދަނޑުވެރިކަން ކުރުމުގައި ވަރަށްބޮޑު ތަފާތެއް ވާކަން މިތަމްރީން ޕްރޮގްރާމުން އެކަނިވެސް ފާހަގަ ކުރެވިގެން ދިޔަކަމުގައެވެ. ދަނޑުވެރިކަމުގެ ޕްރޮގްރާމުން، ކުރިން ދަނޑުގައި ގަސްހައްދަމުން އަންނަ ގޮތް ރަނގަޅު ނޫންކަން އެނގިގެން ދިޔައެވެ. މިގޮތުން، ގަސް ރުވަންޖެހޭ ގޮތާއި، ފެންދޭން ޖެހޭ ގޮތާއި، ގަސްކާނާ ބޭނުންކުރަންޖެހޭ ގޮތް ޕްރޮގްރާމުން އެނގިފައިވާ ކަމުގައެވެ. ދަނޑުން އެކަށީގެންވާ ނަތިއްޖާ ނުނުކުންނަ ސަބަބަކީ މިފަދަ ކަންކަން ކުރިން ނޭނގުން ކަން ނަދީމާ ފާހަގަކުރެއެވެ. އެތަމްރީނުން، ގަހަށްޖެހޭ ތަފާތު ބަލިތަކާއި، ގަހުން ފެންނަ ނިޝާންތަކުން، އެބަލި ދެނެގަންނާނެ ގޮތް އެނގިފައިވާކަން ނަދީމާ ވަނީ ހާމަކޮށްފައެވެ.

ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދެވުނު ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހިންގުނު ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ނަދީމާ ދެކެއެވެ. އަދި އެފަދަ ފުރުޞަތެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވީތީ ދަނޑުވެރިންގެ ނަމުގައި ކައުންސިލަށް ވަރަށް ޚާއްސަ ޝުކުރެއް ނަދީމާ ވަނީ އަދާކޮށްފައެވެ. މިޕްރޮގްރާމްގައި، އަލަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކާއި، މިހާރު ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މިޕްރޮގްރާމްގައި ދަނޑުވެރިކަމުގެ ތަފާތު މަޢުލޫމާތު ދިނުމުގެ އިތުރުން، ޒަމާނީ ދަނޑުވެރިކަން ކުރާ ދަނޑެއް ކައުންސިލުގެ އެހީތެރިކަމާއިއެކު ވަނީ ތައްޔާރުކުރެވިފައެވެ.

ދަނޑުވެރިކަމުގެ ޕްރޮގްރާމުން ދަސްވެގެންދިޔަ އިތުރުކަމެއްގެ ގޮތުގައި ނަދީމާ ފާހަގަކޮށްފައިވަނީ، ތަފާތު ޒަމާނީ އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރެވިދާނެ ކަމެވެ. މިގޮތުން، ގޮވާމުގެ ބާވަތްތަށް ބިމުގައި ހެދުމުގެ ބަދަލުގައި، ހައިޑްރޯޕޯނިކްސް، އޮޓޯޕޮޓް ސިސްޓަމް ފަދަ ތަފާތު ގޮތްގޮތަށް ދަނޑުވެރިކަން ކުރެވެއެވެ. މިއީ އޭގެ ސަބަބުން، ރަނގަޅު ފެންވަރެއްގެ ދަނޑުވެރިކަމުގެ ބާވަތްތައް، ކޮންޓްރޯލް މާހައުލެއްގައި، ބަލިތަކުން ދުރުވެ ހެއްދިދާނެ ގޮތެއްކަން އެނގިގެން ދިޔައެވެ.

ޒުވާން ކުދިންނަށް ނަދީމާ ދޭން ބޭނުންވާ މެސެޖަކީ، ހުސްވަގުތުގައި ކުރާނޭކަމެއް ނެތިގެން ގޭގައި ތިބުމުގެ ބަދަލުގައި، ދަނޑުވެރިކަން ކުރުމަކީ ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. ހުސްވަގުތުގައި، ކުރާނޭކަމެއް ނެތިގެން ނިދުމުގެ ބަދަލުގައި ދަނޑު ހައްދައިފި ނަމަ، އޭގެ ސަބަބުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ލިބިގެން ދާނެއެވެ. މީގެ އިތުރުންވެސް، އިތުރު މަސައްކަތެއް ދަސްވެ، އެހެން މީހުންގެ ތެރޭގައި އުޅެން ދަސްވެ، ރަނގަޅު އާމްދަނީއެއް ލިބި، ފައިދާ ހުރި ތަފާތު އެތަށްކަމެއް، ދަނޑުވެރިކަމުން ހާޞިލްވެގެން ދާނެ ކަމުގައި ނަދީމާ ދެކެއެވެ. މިއީ، ޒުވާނުން ތަޖުރިބާ ކޮށްލަން، ރަނގަޅު މަސައްކަތެއް ކަމާއި، ދަނޑުވެރި ކަމުގެ މަސައްކަތުން، ރަނގަޅު ފުދުންތެރި، ދިރިއުޅުމެއް އުޅެވި، އާއިލާއަށް، ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް ނަދީމާ ޤަބޫލުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!