އީދު ނަމާދުގެ ޚުޠުބާ ކުރިޔަށް ދަނިކޮށް މިސްކިތަށް އަރައި ވައްތަރު ޖައްސާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފައެވެ.
ހުވަދޫ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ތިނަދޫގައި ފާއިތުވީ ޢީދު ދުވަހު މަސްޖިދުލް މަރްޔަމްގައި ޢީދު ނަމާދުގެ ޚުޠުބާ ކިޔަމުން ދިޔަ ވަގުތުގައި ހިގާފައިވާ ހާދިސާއެކެވެ. މިވީޑިއޯގައި ފެންނަގޮތުން އަންހެނަކު ކުޑަ އަންހެން ކުއްޖެއް ގޮވައިގެން މިސްކިތަށްވަދެ އަޑުގަދަކޮށް ޚުޠުބާ ކިޔަން ހުރި ފަރާތާއި ހަމަޔަށް ދާ މަންޒަރުވެސް ފެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑް19 އަށް ފައްސިވެފައިވަނީ، މިއަންމީހާއާއި އެއްކޮށް މިސްކިތަށް ގޮސްފައިވާ ކުއްޖާއެވެ.
މިއަންހެން މީހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިހިގި ހާދިސާއާއި ގުޅިގެން އިދު ނަމާދަށް މަސްޖިދުލް މަރިޔަމްއަށް ގޮސްގައިވާ އެންމެން ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ޢިލްތިމާސް ކޮށްފައެވެ.
ޢަމިއްލެ ރަޓު ހިގީ ކަމެކެ ވީވޭލޭ ނޫހަން އަރަންނަން އަދި އަވަސް
ހޭމަނިކާ
މިއީ ހަބަރެއްގެ ގޮތުގައި ކޮންމެހެން ގެންނަންޖެހޭ ހާދިސާއެއްކަމަށް ނުދެކެން… މިވާހަކަ ރަށުތެރޭގައި ނުވަތަ ސޯޝަލް މީޑިޔާގަ ދައްކާނަމަ މި ހަބަރު ގެނެސްދޭއިރު ސުރުހީއަކަށް ” ތިނަދޫގައި އީދުނަމާދުގެ ހުތުބާކިޔަމުންދަނިކޮއް މިސްކިތުގައި އަޑުގަދަކުރި މީހަކީ ހާއްސައެހީއައް ބޭނުންވާ މީހެއް ” ނަމަވެސް މިހާރު ހަބަރުގެ ސުރުހީ ކިޔާލުމުން ހީވަނީ ދީނާހިލާފު ހަރުކަށި ފިކުރުގެ މީހަކު މޫނުބުރުގާ އަޅައިގެން މިސްކިތައްވަދެ މިސްކިތުގެ ހުރުމަތްކަޑާލީހެން
ޢެއްގޮތަކަށްވެސް ހަބަރު ކިޔާނެ ކަމެއް ނެތް
ހުވަދޫނޫހު މީހެންނެ ބަވެއި ރަގަޅެ ކެރަންނަން. މެންޓަލް ހެލްތު ކުދެކޮން ދިރާސާކޮށްލެހެން.