މަޢުލޫމާތު
ދިހަ އަހަރުގެ ތުއްތު އަންހެން ކުއްޖަކު، އޭނާ ބަލަހައްޓަމުން އަންނަ ތުއްތު ކުއްޖަކު ގޮވައިގެން ސްކޫލަށް

އިންޑިއާގެ މަނިޕޫރު ސްޓޭޓަށް އުފަން 10 އަހަރުގެ އަންހެން ކުއްޖަކު ސްކޫލަށް ހާޒިރުވެ ކްލާހުގައި ބައިވެރިވީ، އޭނާ ބަލަހައްޓަމުން އަންނަ އުމުރުން ހަނގު ކޮއްކޮ އުރާލައިގެންނެވެ.

ކުދިންގެ ކިބައިގައި ޅައުމުރުން ފެށިގެން، ގާތް އެކުވެރި އަދި ދަންނަ އެހެން އިންސާނުންނަށް، އޯގާތެރިކަމާއި، ހަމްދަރުދީ ވުމުގެ ރީތި އާދަ ހަރުލެވިއްޖެނަމަ، އެކުދިންނަށް ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ހާލަތެއްގެ، މި ރީތި ސިފަތަށް ބޭނުންކުރާ މަންޒަރު ފެނިގެން ދާނެއެވެ. މިގޮތުން ދިހަ އަހަރުގެ މިކުޑަ އަންހެން ކުއްޖާގެ ފޮޓޯ އަކީ އޭގެ ހެއްކެކެވެ.

ކުޑަ އަންހެން ކުއްޖަކު، އޭނާ ބަލަހައްޓަމުންދާ އޭނާގެ ކުޑަ ކުޑަ ކޮއްކޮ ގޮވައިގެން ކްލާހުގައި ކިޔަވަން އިންނަ ފޮޓޯއަކަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓި، މިފޮޓޯ އިންޓަނެޓްގައި ވައިރަލްވެ، އިންޓަރނެޓް މެދުވެރިކޮށް، މިފޮޓޯ ބެލި ގިނައަދަދެއްގެ މީހުންނަށް ފުންއަސަރު ކުރުވައި އިމޯޝަނަލް ކުރުވައިފިއެވެ. މި ވައިރަލް ފޮޓޯ މަނިޕޫރުގެ ޕަވަރ އެންޑް ފޮރެސްޓް މިނިސްޓަރ ބިސްވަޖީތު ތޮންގަމް ވެސް ވަނީ ޓްވިޓަރ ގައި ހިއްސާކުރައްވާފައެވެ.

މިހާރު ވައިރަލްވެފައިވާ މި ފޮޓޯގައި މަނިޕޫރުގެ ޓަމިންލޮންގް އަށް ނިސްބަތްވާ މިނިންގްސިންލިއު ޕަމީ ނަމަކަށް ކިޔާ ދިހަ އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ތުއްތު ދަރިފުޅު ގޮވައިގެން ސްކޫލަށް ގޮސް އުޅޭ މަންޒަރު ވަނީ އާންމުވެފައެވެ. މިތުއްތު ކުއްޖާގެ މައިންބަފައިންނަކީ ދަނޑުވެރިކަން ކުރާ ބަޔަކަށް ވުމުން، ކޮއްކޮ ބަލަހައްޓާނެ އިތުރު މީހަކު ގޭގައި އެވަގުތު ނެތުމުން، މިކުޑަ އަންހެން ކުއްޖާ ނިންމީ، ސްކޫލްވެސް ދޫނުކޮށް، ކޮއްކޮ ބެލެހެއްޓުމުގެ ޒިންމާވެސް ދޫނުކޮށް، ކްލާހުގައި ކޮއްކޮ ގޮވައިގެން ބައިވެރި ވުމަށެވެ. މިނިންގްސިންލިއު އޭނާގެ ކްލާހުގައި ކޮއްކޮ ގޮވައިގެން ބައިވެރިވެފައިވާއިރު އޭނާގެ ތުއްތު ކޮއްކޮ އޮތީ އޭނާގެ އަތްދަނޑި މަތީގައި ބޯއަޅާލައިގެން ނިދާފައެވެ. މިކުޑަ އަންހެން ކުއްޖާގެ ހިތްވަރުގަދަކަން އެހެން މީހުންނަށް ހާމަކުރުމުގެ ގޮތުން އެ ސްޓޭޓުގެ ޕަވަރ އެންޑް ފޮރެސްޓް މިނިސްޓަރ މި ކުޑަ އަންހެން ކުއްޖާ ހިތްވަރު ގަދަކަން އެހެން މީހުންނަށް ދެއްކުމަށް، މިނިސްޓަރ ވަނީ ވަނީ އޭނާގެ ރަސްމީ ޓްވިޓާ ހޭންޑްލް އިން އެ ފޮޓޯ ޝެއާކޮށްފަ އެވެ.

އެ ފޮޓޯއަށް ބަލާލުމަށް ފަހު އިންޓަނެޓް މެދުވެރިކޮށް ގިނަ އަދަދެއްގެ މީހުން ހީވެސް ނުކުރާހާ އަސަރުން ފުރިގެންވާ އިމޯޝަނަލް ގިނަ އަދަދެއްގެ ކޮމެންޓްސް ކޮމެންޓް ސެކްޝަނުގައި ލިޔެ އެމީހުންގެ ހިޔާލުތަކާއި ފިކުރު ބަންޑުންކޮށްލިއެވެ.

ބައެއް ކޮމެންޓްތަކުގައި، މިކުއްޖާއަށް ލިބިފައިވަނީ ކޮންކަހަލަ ތަޢުލީމަކާއި، ތަރުބިއްޔަތެއްކަން ވަރަށް ސާފުކޮށް ފޮޓޯއިން ދައްކުވައިދޭ ކަމުގައި ބައެއް ކޮމެންޓްތައް ކޮށްފައިވާއިރު، ބައެއް ބޭފުޅުން، މިއީ އެތަކެއް ހާސް ބަހުގެ އަގުހުރި މެސެޖް ރަމްޒުކޮށްދޭ ފޮޓެއްކަމުގައި ވަނީ ބުނެފައެވެ.

އެ ސްޓޭޓުގެ ޕަވަރ އެންޑް ފޮރެސްޓް މިނިސްޓަރ، ބިސްވަޖީތު ތޮންގަމް ވެސް މައުލޫމާތު ދިން ގޮތުގައި، މިކުއްޖާގެ އާއިލާއަށް ގުޅައިގެން އޭނާއަށް ގުޅައި، މިނިންސިންލިއު އޭނާގެ އޮފީހަށް ގެނައުމަށް އެދިފައި ވާނޭކަމަށެވެ. އަދި މިއަންހެންކުއްޖާގެ ރަސްމީ ތަޢުލީމު ނިމި، ގްރެޖުއޭޓް ވުމާ ހަމައަށް ވެސް އެ ކުޑަ އަންހެން ކުއްޖާގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް އޭނާ އަމިއްލަޔަށް ބަލަހައްޓާނެ ކަމަށް ވެސް މިނިސްޓަރ ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!