ޚަބަރު
މުޒާހަރާއަށްފަހު ލަންކާގެ ޒުވާނުންތަކެއް މަގުމަތި ސާފުކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަބައެއްގެ ސަމާލުކަން 

އެކުވެރި ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެގައުމުގެ ސަރުކާރަށް ނުކުޅެދިފައިވުމާއި, އެގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ދެވޭނެ ގޮތެެއް ނެތުމުން އެކަމާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ގެންދަނީ ކޮންމެ ދުވަހަކުވެސް މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ތެރެއިން މިފަހަރު ލަންކާގެ ޒުވާނުން މިވަނީ ރީތި ނަމޫނާއެއް ދައްކާލާފައެވެ.

އެގޮތުން މުޒާހަރާކޮށް ނިމުނު ފަހުން, ޒުވާނުންތަކެއް އެސަރަހައްދުގައި ހުރި ކުނިބުނި ނަގައި މަގުމަތި ސާފުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު ގެންދަނީ އެޒުވާނުންނަށް ތައުރީފު ކުރަމުންނެވެ.

ވީޑިއޯއިން ފެންނަ ޒުވާނުން ފިހިގަނޑެއް ބޭނުންކޮށްގެން މަގުމައްޗަށް އެޅިފައި ހުރި ކުނި ކަހާ ސާފުކުރަމުންދިޔައިރުވެސް އެސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ކޮންމެވެސް ވަރަކަށް ހަރަކާތްތެެރިވަމުންދާ މަންޒަރުވެސް ފެނެއެވެ.

ލަންކާގައި މެދުކެނޑުމެއްނެތި އެގައުމުގެ ރައްޔިތުން މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ކެބިނެޓް އެއްކޮށް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެން ނަމަވެސް ކެބިނެޓް އިސްތިއުފާ ދެއްވި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެން ނުދާ ކަމަށްބުނެ އަދިވެސް އެގައުމުގައި މުޒާހަރާތައް ކުރިއަށް ގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!