ޚަބަރު
ހުވަދޫ މަސްވެރިންގެ މައްސަލަތައް ހައްލުކުރުމަށް ހޮރައިޒަން ފިޝަރީޒް އޮޕަރޭޝަނަށް ގެންނަން ޖެހޭ – ފިރުޝާން

ހުވަދު އަތޮޅުގެ މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ހައްލު ކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހޯނޑެއްދޫ ގައި ހުންނަ ހޮރައިޒަން ފިޝަރީޒް އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މީގެ ކުޑަދުވަސްކޮޅެއް ކުރިން މަޖިލީހުގެ ސަމާލުކަމަށް ގެނައި މަސްވެރިންގެ މައްސަލަ އެދުވަހު ވީ މިސަރުކާރަށް ޖެއްސުން ކުރުން ކަމަށާއި, ބައެއް އެމްޑީޕީ މެމްބަރުންގެ ބަސްމަގު ހުރީ އެގޮތަށް ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވީ, 800 އަށްވުރެ ގިނަ ޓަނުގެ މަހާއެކު މަސްވެރިން ކޫއްޑޫގައި މަސްކިރޭނެ ގޮތެއް ނެތިގެން ތިބި ކަމަށާއި, މަސްވެރިންގެ ޝަކުވާތައް އަޑު އަހައި އެކަންތައްތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށެވެ.

އަދި ހުވަދު އަތޮޅުގެ މަސްވެރިންގެ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހޮރައިޒަން ފިޝަރީޒް އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށާއި ސަރުކާރުން އަންގާ ގޮތަކަށް ހޮރައިޒަން ފިޝަރީޒް އިންވެސް އަމަލުކުރަން ޖެހޭ ކަމަށެވެ.

ފިރުޝާން މިހެން ބުނެފައިވާއިރު, މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައާއި މަހަށް ހަމަ އަގު ނުލިބޭ މައްސަލައަކީ ގިނަ މަސްވެރިންގެ ކަންބޮޑުވުމެކެވެ. މިސަރުކާރު ވެރިކަމަށް އަންނަން އިންތިޚާބު ތެރޭގައި ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް މިސަރުކާރުގެ 3 އަހަރު ނިމިގެންދިޔަ އިރުވެސް އަދި މިހާތަނަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދެވިފައިނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!