ބޭނުންވާ ތަކެތި
- 1 ޖޯޑު ގަބުޅި ހުނި
- 1/2 ފުށް
- 1/2 ބައިޖޯޑު ގަބުޅި ފެން
- 1/2 ހަކުރު
- 1 ބިސް
- އެސެންސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބައިޖޯޑު ގަބުޅި ހުނި މިކްސަރުން ހިމުންކޮށްލާށެވެ. ދެން އޭގެ ތެރެއަށް ހަކުރު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ބިހާއި، ފުށާއި، ގަބުޅި ފެން އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ފޮޅި ފިހެވޭވަރަށް ފުށްގަނޑު ބެހެއްޓުމަށްފަހު އެސެންސް އެޅައި ރަހަގަނޑު ހެޔޮވަރުކޮށްލާށެވެ. އެއަށްފަހު ތަވާގައި ތެޔޮފޮދެއް ހާކާލާފައި ފޮޅި ފިހެލާށެވެ.