ޚަބަރު
ކަންބޮޑުވާ ވަރަށް ތެލުގެ ދަތިކަމެއް އަދި ނެތް، ކޮންޓްރޯލް ކުރީ ތެލުގެ ޑިމާންޑް ބޮޑުވުމުން: އަމްރު

ކަންބޮޑުވާންޖެހޭ މިންވަރަކަށް ތެލުގެ ދަތިކަމެއް އަދި ނެތް ކަމަށާއި، ތެލުގެ ޑިމާންޑް ޑިމާންޑް ބޮޑުވުމުން ކޮންޓްރޯލް ކުރެވުނީ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ތެލުގެ ދަތިކަން އަދި ނެތް ކަމަށާއި ތެޔޮ ދޫކުރުން ކޮންޓްރޯލް ކުރެވިފައިވަނީ ކުއްލިއަކަށް ތެލުގެ ޑިމާންޑް ބޮޑުވުމުން ކަމަށެވެ. އަމްރު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެކަންތައް ހައްލުވެގެން ދާނެ ކަމަށެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ ތެލުގެ ޑިމާންޑް ކުއްލިއަކަށް ބޮޑުވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑު ކުރިނަމަވެސް އެސްޓީއޯއިން ތެޔޮ އަގުބޮޑު ނުކުރުމުން ކަމަށެވެ. އެހެންކަމުން ފިއުލް ސަޕްލައި މޯލްޑިވްސްއިން ދުވާލު ވިއްކަން ކުރިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 30 ޕަސެންޓް އިތުރަށް މިހާރު ވިއްކަމުން އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ.

ދުބާއީ ބަނދަރުން އެސްޓީއޯގެ ބޯޓަށް ތެޔޮ ބަރުކުރަން ލަސްވެގެން ދިޔުމުން ދަތިތަކާއި ކުރިމަތިލާންޖެހުނުކަން ހާމަކުރަމުން އަމްރު ވިދާޅުވަނީ އެ ބޯޓަށް ތެޔޮ ބަރުކޮށްގެން މި މަހުގެ 9 ގައި މާލޭގައި ބަނދަރުކުރާނެ ކަމަށެވެ. އަދި އިތުރު ދެބޯޓު މިމަހު 11 ގައި މާލެ އަންނާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

މިދެބޯޓް މާލެ އައުމުން މުޅި ރާއްޖެއަށް ތެލުގެ އެއްވެސް ދަތިކަމެއް ނުވާނެ ކަމުގެ ޔަޤީންކަން އަމްރުވަނީ ދީފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއެކު އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މަހު 5 ގަ އެވެ. އެ ފަހަރު ތެލުގެ އަގަށް ގެނައި ބަދަލާއެކު މިހާރު ވެސް ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށް ކަމަށެވެ. ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!