ޚަބަރު
އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއުތައް ނުނިންމާ ކުންފުނިތައް ބްލެކް ލިސްޓް ކުރަނީ

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރާ ކުންފުނިތަކުގެ ތެރެއިން އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކް ލިސްޓްކުރާނެ އުސޫލެއް އެކުލަވާލައިފިއެވެ. އެފަދަ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާކަން ހާމަކުރެއްވީ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވަނީ އެދާއިރާގެ އިންނަމާދޫގައި ނަރުދަމާ އަޅަން ހަވާލުކުރި ކުންފުނިން އެ މަސައްކަތް ކުރިއަށްގެންދާތާ 4 އަހަރު ވެފައިވީނަމަވެސް މަސައްކަތް ނުނިމޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން އެފަދަ މަޝްރޫޢުތައް މުއްދަތަށް ނުނިންމާ ކުންފުނިތަކާމެދު އަމަލުކުރާ އުސޫލެއް އޮވޭތޯ މެންބަރު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އިނގުރައިދޫގެ ނަރުދަމާގެ މަޝްރޫއު ލަސްވާ މައްސަލަައިގައި އެތައް ފަަހަރަކު ވާހަކަ ދައްކައިގެންވެސް އެކަން ހައްލުވެފައި ނުވާކަމަށެވެ.

އެފަދަ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނީ ޓެންޑާ މަރުހަލާގައިކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، ރަނގަޅަށް ޕާފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިޚުތިޔާރު އޮންނަނީ ޓެންޑާ މަރުހަލާގައިކަމަށެވެ. އެހެންކަމުން އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ ނިޒާމެއް ފިނޭންސް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕާފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިޚުތިޔާރު އޮންނަނީ ޓެންޑާގަ. އެހެންވީމާ މިނިސްޓްރީ އޮފް ފައިނޭންސުން އެކަން ކުރައްވާފައިވާކަމަށް އެބަ ވިދާޅުވޭ އަޅުގަނޑު ގާތުގަ. – ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތު ފަހަނަ އަޅާދާއިރުވެސް ބައެއް މަޝްރޫޢުތައް ނުނިންމާ މައްސަލައަކީ ވަރަށް ކުރިންފެށިގެންވެސް ދިމާވާ މައްސަލައެކެވެ.

ރަނގަޅަށް ޕާރފޯމް ނުކުރާ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ އުސޫލެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި ނަމަވެސް، ފިނޭންސް މިނިސްޓްރީން އެ އުސޫލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!