ޚަބަރު
މަސްވެރިން ބާނާ މަސް ގަތުން ކޮންޓްރޯލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން – ސައުދު

ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުން ކޮންޓްރޯލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ, ދެކުނުގެ އަތޮޅުތަކަަށް މަސްވެރިކަން ރަނގަޅު ވެފައިވާ ދުވަސްވަރެއްގައި މަސްވެރިން ބާނާ މަސް ކިރުވޭނެ ކެޕޭސިޓީއެއް ނެތި މިފްކޯއިން މިއަދު މަސް ގަންނަ އަދަކު ކޮންޓްރޯލް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ސައުދު ވިދާޅުވީ, މަސްވެރިން ބާނާ މަސް ގަތުން ކޮންޓްރޯލް ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

އަދި ކޫއްޑޫއަށް އަންނަން ޖެހޭ ތަރައްގީ އާއި ކެޕޭސިޓީ އިތުރު ކުރުމަށް ކުރަން ޖެހޭ ބޮޑެތި މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށާއި, ކޫއްޑޫގަ ކޭނިންގ ފެސިލިޓީ ގާއިމް ކުރަން މިސަރުކާރުން ފަސްޖެހިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓެގް ކޮށް މެމްބަރު ސައުދު ކުރެއްވި ޓުވީޓުގައި ވަނީ, އެކަންތައް ކުރުން ލަސްވެފައި ވަނީ ކިހިނެއްވެގެންތޯ ބުނެ ސުވާލުކުރައްވާފައެވެ.

ސައުދު މިހެން ވިދާޅުވެފައިވާއިރު, މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދެކުނުގެ އަތޮޅުތަކުން މަސްވެރިންގެ އަތުން މަސްގަތުން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި, ކޮންމެ ދޯންޏަކުން ނަގާނީ 5 ޓަނުގެ މަސް ކަމަށެވެ.

މިފްކޯއިން މަސްކިރުން ކޮންޓްރޯލް ކޮށްފި, ދޯންނަކުން ދެން ކިރާނީ 5 ޓަނުގެ މަސް

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5 ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައި ހުރި ކަމަށް މިފްކޯއިން ހާމަކުރެއެެވެ.

މިފްކޯއިން ބުނީ މިމަހުގެ 4 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ހުރިހާ ދޯންޏެއްގެ މަސް މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކިރައި ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 6 ވަނަ ދުވަސް ފެށުނު އިރު ކިޔުގައި 510 ޓަނުގެ މަސް ހުރި ކަމަށާއި، މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓއަކީ ދުވާލަކަށް 420 ޓަނުގެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!