ޚަބަރު
ދެމަފިރިޔަކު ހުއްޓުވައި އިޒްރާއީލް ސިފައިން ފިރިމީހާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް އާންމުވެއްޖެ

ޔާސިރު ދުއިކަޓް އާއި އޭނާގެ އަންހެނުން ގެއިން ނުކުތީ ނާބުލުސް ގައި ތިބޭ އެމީހުންގެ އާއިލާ މީހުންނާއެކު ރޯދަ ވީއްލައި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ.

އެހެން ނަމަވެސް, ނާބުލުސް ކައިރީ ހުންނަ އިޒްރާއީލުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓަކުން ވަނީ އެދެމަފިރިން މަޑުކޮށް ފިރިހެން މީހާ ހައްޔަރުކުރުމަށްފަހު އަންހެން މީހާ އެތަނަށް ދޫކޮށްލާފަ ގޮސްފައެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި, އިސްރާއީލުގެ ސިފައިން ފިރިހެން މީހާ ހައްޔަރު ކުރުމުން އަންހެން މީހާ ގޮސް އޭނާ ގައިގަ ބައްދާލާ މަންޒަރު ފެނެއެވެ.

އޭގެ ފަހުގައި ހަތިޔާރާއެކު ތިބި އިސްރާއީލުގެ ސިފައިން ވަނީ ފިރިހެން މީހާ ކަނުބަދެ އޭނާ ގޮވައިގެން ގޮސްފައެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރިކަން ދުވަހެއް ދުވަހަށް އިތުރުވަމުންދާއިރު, ކޮންމެ ރޯދަމަހަކާއި ދިމާކޮށް މުސްލިމުންނަށް ދެމުންގެންދާ އަނިޔާތައް އިތުރަށް ވަރުގަދަކޮށް މުސްލިމުން އަޅުކަން ކުރުމަށްވެސް ހުރަސް އަޅައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!