ސްރީލަންކާގެ ރައީސްއާއި އޭނާގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި އާންމުން ކުރަމުންދާ މުޒާހަރާތަކާ ސްރީލަންކާގެ 89 އަހަރުގެ ރައްޔިތަކު މިވަނީ ގުޅިފައެވެ. ސްރީލަންކާގެ މިއަންހެން މީހާ ވަނީ އެގައުމުގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސިޔާސީ ވެރިންނަށް ނުރުހުމުގެ ބަސްތަކެއް ރައްދުކޮށްފައެެވެ. އެގޮތުން އެގައުމުގައި މިހާރު ހިގަމުންދާ އިގުތިސޯދީ ކާރިސާގެ ޒިންމާ ނަގަންޖެހޭނީ ކޮރަޕްޝަން ހިންގާ އެގައުމުގެ ސިޔާސީ ވެރިން ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
“އަހަރެންގެ އުމުރަކީ 89 އަހަރު. ރޭގަނޑުގެ ކޮންމެ ވަގުތަކުވެސް ކަރަންޓުދާ ގަޑިތަކުގައި އަހަންނަށް ރޮވޭ. ގޭހާއި ކިރު ހޯދަން މަސައްކަތް ކުރަމުން މުސްކުޅި އުމުރުގައި ކިޔޫގައި މަޑުކޮށްލައިގެން ހުރިން. މީގެ މާނައަކީ ކޮބާ؟ އަހަންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ الله ލަންކާ ސަލާމަތް ކުރައްވާ،” އިސް ރައްޔިތު މީހާ ބުނެފައިވެ އެވެ.
"I am 89 years old, every time in the night when the light goes of I cry, I am standing in queues in my old age trying get gas and milk, what's the meaning of this, what wrong we did, God save Sri Lanka" Grand mother joins protest #SriLankaCrisis
📸 Sachintha Devanararana pic.twitter.com/2YgxnK2KKH
— Azzam Ameen (@AzzamAmeen) April 6, 2022
ސްރީލަންކާގެ އިގްތިސޯދީ ހާލަތު ދަށަށްގޮސް އެގައުމަށް ކޮންމެހެން ބޭނުންވާ ބައެއް ޚިދުމަތްތައް ދިނުމަށް ސަރުކާރަށް ނުކުޅެދިފައިވުމާއެކު އެގައުމުގެ ރައްޔިތުން މިހާރު ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިމުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ކެބިނެޓް އެއްކޮށް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެހެން ނަމަވެސް އަދިވެސް ރައްޔިތުން ބޭނުންވާ ކަންތަކަށް ހައްލު ނުލިބޭ ކަމަށާއި, ގައުމު ހަމަ މަގަށް އަޅުވާފައި ނޫނީ ގެއަށް ނުދާނެ ކަމަށް ބުނެ ރައްޔިތުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގުމަށްފަހު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.
އެހެން ނަމަވެސް ބޭސްފަރުވާއަށް ބޭނުންވާ ބޭސް ލިބުން ދަތިވެ މިހާރު އެގައުމުގައި ވަނީ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.