ޚަބަރު
130 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި އިސް ދެމީހުން ދޫކޮށްލައިފި

ރާއްޖެ އެތެރެކުރި 130 ކިލޯ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ, 2020 ވަނަ އަހަރުގެ ފަހުކޮޅު ކަންނެލި ދޯންޏެއްގައި އެތެރެކުރި މަސްތުވާތަކެތީގެ މައްސަލައިގައެެވެ. އެގޮތުން އެމައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ދެމީހުން ކަމަށްވާ ޕީއެންސީގެ ކައުންސިލް މެމްބަރު ގއ ވިލިނގިލި, ލައިޓްހައުސް ޝަހީބް އިބްރާހިމްއާއި, ހއ ހޯރަފުށި ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން އަމުރުކުރީ ބޭސްފަރުވާއަށްޓަކައެވެ.

ކޯޓުން އެދެމީހުން ދޫކޮށްފައިވަނީ, މާލެއިން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމުގެ އިތުރުން ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.

ޝަހީބާއި މޫސަގެ ބަންދު ދަމަހައްޓަން ދައުލަތުން އެދުނު ނަމަވެސް, އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ބޭސްފަރުވާއާ ގުޅިގެން އެ ދެ މީހުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު އަދި ފަރުވާގެ ކަންކަމަށް ދައުލަތަށް ކުރިން ފުރުސަތު ދެވިފައިވާތީ އެކަމަށް ވެސް ބެލުމަށްފަހު ދޫކޮށްލުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!