ޚަބަރު
އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ މަޤާމުން ވަކިކުރަން ނިންމައިފި

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަޤާމުން ވަކިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޝުޖާއު މަޤާމުުން ވަކިކޮށްލުމަށް ކައުންސިލްގެ 5 މެމްބަރުންގެ ސޮޔާއެކު ކުއްލި މައްސަލައެއް ވަނީ ކައުންސިލަށް ހުށަހަޅާފައެވެ. މިމައްސަލަ ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރުއެވެ. ޝުޖާއުއަށް އިތުބާރު ނެތތްކަމަށް 6 މެމްބަރުުން ވޯޓު ދީފައިވާއިރު 5 މެމްބަރަކު ވަނީ ޝުޖާއު އާއި އެއްކޮޅަށް ވޯޓު ދީފައެވެ.

ނަމަވެސް އޭނާ މަޤާމުން ވަކިކުރަން ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ. އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީކަމުގެ މަގާމަށް ޝުޖާއު އައްޔަން ކުރިތާ 4 މަސް ދުވަސް ނުވަނީސް އިތުބާރު ނެތްކަމަށް ވޯޓުން ފާސްވެ އޭނާ މަޤާމުުން ވަކިކޮށްލަން މިވަނީ ފާސްވެފައެވެ. ޝުޖާއު އެސްޖީއަކަށް އައްޔަން ކުރެވުނީ މިދިޔަ އަހަރު ޑިސެމްބަރ މަހު 8 ވަނަ ދުވަހުގައެވެ.

ޝުޖާ ވަކިކުރަން ކައުންސިލުން ނިންމުމުން ދެން އެ މައްސަލަ ހުށައަޅަންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ. އަދި ގާނޫނު އޮތްގޮތުން އޭނާ މަގާމުން ރަސްމީކޮށް ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!