ޚަބަރު
މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ހައްލު ނުކޮށް ތިބެނީ މަސްވެރިން ނިކަމެކޮށް ސަރުކާރަށް ސަލާންޖެހުމަށް މަގުފަހި ކުރަން – ސެމްބެ

މަސްވެރިން ބާނާ މަސް ގަތުމުގައި ދިމާވާ މައްސަލަތަކަކީ ތަކުރާރުކޮށް ދިމާވާ ކަމެއްކަން އެެނގިތިބެ އެމައްސަލަ ހައްލުނުކޮށް ތިބެނީ މަސްވެރިން ނިކަމެތި ކޮށް މަސްވެރިން ލައްވާ ސަރުކާރުގައި ސަލާން ޖެހުމަށް މަގުފަހި ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ, ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ މަސްވެރިން ބާނާ މަހުގެ އަދަދު އިތުރުވެ, އެއްފަހަރާއި ގިނަ އަދަދެއްގެ މަސްކިރުވަން އަންނަމުންދާތީ, މިފްކޯގެ ދެކުނުގެ ސެންޓަރުތަކަށް މަސްކިރާ މިންވަރު ކޮންޓްރޯލްކޮށްފައިވާތީއެވެ.

އެގޮތުން ސެމްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު މިމައްސަލަ ދިމާވާކަން ސަރުކާރަށް އެނގިތިބެ ހައްލު ހޯދައި ނުދެނީ މަސްވެރިން ނިކަމެތިކޮށް ސަރުކާރަށް ސަލާންޖެހުމަށް މަގުފަހި ކުރުމަށް ކަމަށެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް 3 އަހަރު މަދެއް ނޫން. މިހާރުން މިހާރަށް މިމައްސަލަ ހައްލުކުރުމަށް ގޮވާލަން – ސެމްބެ ވިދާޅުވިއެވެ.

ސެމްބެ މިހެން ވިދާޅުވެފައިވާއިރު, މިފްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަނގަޅުވެ އެއްފަހަރާ ގިނަދޯނިފަހަރުތަކެއް ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

މިފްކޯއިން ހަމަކޮށްފައިވާ ގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5 ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައި ހުރި ކަމަށް މިފްކޯއިން ހާމަކުރެއެެވެ.

މިފްކޯއިން ބުނީ މިމަހުގެ 4 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ހުރިހާ ދޯންޏެއްގެ މަސް މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކިރައި ނިމިފައިވާ ކަމަށެވެ. އަދި މިމަހުގެ 6 ވަނަ ދުވަސް ފެށުނު އިރު ކިޔުގައި 510 ޓަނުގެ މަސް ހުރި ކަމަށާއި، މިފްކޯގެ ދެކުނުގެ ފްރީޒިން ކެޕޭސިޓއަކީ ދުވާލަކަށް 420 ޓަނުގެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!