ޚަބަރު
ހިޔާ ފްލެޓްގެ ކުލި އިތުރު ތިންމަހަށް ފަސްކޮށްދިނުމަށް އެދިއްޖެ

ހުޅުމާޅޭ ހިޔާ ފްލެޓްތަކުން ނަގާ ކުލި އިތުރު ތިންމަހަށް ފަސްކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރަމަޝާންމަހާއި ދިމާކޮށް ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ.

މިމައްސަލައިގައި ބުނާގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށްޓެވި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރެވިފައިވާ ހިޔާ ފްލެޓްތައް މި ސަރުކާރުން މީހުންނާ ޙަވާލުކުރިއިރު އެންގިގޮތަށް 3 މަސް ދުވަހުގެތެރޭގައި އެތަންތަނުގައި ދިރިއުޅެން ފެށޭތޯ ފްލެޓްތައް ލިބުނު މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ފްލެޓްތައް ޙަވާލުކުރިއިރު ފިނިޝިންގ ނުނިންމާ ހުރުމުގެ ސަބަބުން އެ ތަންތަން ލިބުނު ގިނަ ފަރާތްތަކުން ވަނީ ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައި، އެ ދަރަނިތައް ބޮލުގައި އަޅަންޖެހިފައިކަމަށްވާތީއާއި، އެ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ޤާއިމުކުރެވިފައިނުވާއިރު، އެހެން ލޯނެއް ލިބޭނެ އިންތިޒާމެއް އެފަރާތްތަކަށް ހަމަޖައްސައިދެވިފައި ނެތްކަމަށް އެމައްސަލައިގައި ފާހަނގަކޮށްފައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވި އިޤްތިސާދީ ދަތިތަކާއި ތަދުމަޑުކަމަށްފަހު ރައްޔިތުންނަށް އަދިވެސް މާލީގޮތުން އަރައިނުގަނެވެއެވެ. އެހެންކަމުން ރަމަޟާންމަހާއި ދިމާކޮށް ހިޔާ ފްލެޓްގެ ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކު ދަނީ ދަތިތަކާއި ކުރިމަތިލަމުންކަމަށް އާދަމް ޝަރީފް ފާހަނގަކުރެއްވިއެވެ. އަދި ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން އެޗްޑީސީން ނިންމުމަކީ އިތުރު ތަކުލީފުތަކެއް ކުއް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ކަމަކަށްވާތީވެ، ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު 3 މަހަށް ފަސްކޮށްދިނުމަށް ވަނީ މިމައްސަލާގައި ގޮވާލާފައެވެ.

ހިޔާ ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!