ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވުމަށްފަހު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަބުރާ މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އެނބުރި މާލެ ވަޑައިގަންވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސާއާވެސް ބައްދަލުކުރައްވާފައި ވެއެވެ.
ދެ ރައީސުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުޞްތަޤްބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ދެކަނބަލުންގެ ސްރީލަންކާގެ ދަތުރުފުޅު ފައްޓަވާފައި ވަނީ ޖުލައި 20 ވަނަ ދުވަހުއެވެ.