މަޢުލޫމާތު
ދުނިޔޭގެ އެންމެ ރީތި އަދި އެންމެ ބޮޑު މަލުގެ ބަގީޗާ – ދުބާއީގެ މިރެކަލް ގާޑެން، ހީނާ ޚާންގެ ތަޖުރިބާއިން

ހިންދީ ސީރީސްތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ތަރި ހީނާ ޚާން އާމާޒު ހުއްޓިގެން ގޮސްފައިވަނީ ދުނީޔޭގެ އެނެމެ ރީތި އަދު އެންމެ ބޮޑު މަލުގެ ބަގީޗާ ކަމުގައިވާ ދުބާޢީގެ މިރެކަލް ގާޑެން އަށެވެ. މިރެކަލް ގާޑެންގެ ތަފާތު ރީތި ފޮޓޯތަކުން ހީނާގެ އިންސްޓަގްރަމް ފުރާލާފައިވާއިރު، މިހިތްގައިމު ބަގީޗާ އާއި ގުޅޭ ތަފާތު މަޢުލޫމާތު އަދި މިބަގީޗާގައި ހީނާ ޚާންގެ ތަޖުރިބާ މިލިޔުމުގައި ހިމަނާލަމެވެ.

ހީނާ ޚާން އަކީ އެކި ތަންތަނަށް ދަތުރު ކުރުމަށް ލޯބިކުރާ، އާ މަންޒިލްތައް ބަލައި ތަޖުރިބާކުރުމަށް ލޯބިކުރާ، އަދި އޭނާގެ ޓްރެވަލް ޑައިރީތަކާ އެކު ފޭނުން އަޕްޑޭޓްވެސް ކުރާ މީހެކެވެ. އެގޮތުން ހީނާ ޚާން މިހާރު އާއިލާއާއެކު ދުބާއީގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ހިނާ އަންނަނީ، ގިނަފޭނުންތަކެއް ފޮށިތަންމަތި ބަންދުކޮށް މެދުއިރުމަތީގެ ސިޓީއަށް ދާން ބޭނުންވާ ގޮތް ހަދަމުންނެވެ.

ހީނާގެ ދުބާއީ މި ދަތުރުގައި ހީނާ ވަނީ ދުނިޔޭގެ އެންމެ ބޮޑު ޤުދުރަތީ މާބަގީޗާ ކަމުގައިވާ މިރަކަލް ގާޑަން އެކްސްޕްލޯ ކޮށްފައެވެ. ފާއިތުވިދިޔަ އަހަރު ހީނާގެ ބައްޕަ ނިޔާވެފައި ވާއިރު، ހިނާ ބުނެފައިވާގޮތުން އޭނާ މިބަގީޗާއަށް ޒިޔާރަތްކުރީ ބައްޕަގެ ހަނދާނުގައެވެ.

“މިރަކަލް ގާޑަން ދުބާއީގައި އަޅުގަނޑުގެ ފުރަތަމަ. އަޅުގަނޑުގެ ޑެޑީ މިތަން ދެކެ ވަރަށް ލޯބިވޭ، އެހެންވެ މިތަނަށް އައީ،” 34 އަހަރުގެ ޒުވާން ހީނާ ލިޔެފައިވެ އެވެ.

ހީނާ ޚާން މިރެކަލް ގާޑެންގައި- ފޮޓޯ: ރިއަލް ހީނާ އިންސްޓަގްރަމް

ތާޒާ އަދި ގުދުރަތީ ގޮތުން ފޮޅޭ ތަފާތު ކުލަ ކުލައިގެ މާތަކުގެ މީރުވަހުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ތިބާ ގެ ޝައުގުވެރިކަން ހުންނަނަމަ އަދި ތިބާ މި ޖާދުވީ ބަގީޗާ ދެކިލަން ބޭނުން ނަމަ، މި ބަގީޗާއާ ގުޅޭ ގޮތުން އެނގެން ޖެހޭ ގިނަ މަޢުލޫމާތުތަކެއް މިލިޔުމުގައި ހިމަނާލަމެވެ.

މިރަކަލް ގާޑަން އަކީ ދުބާއީގައިވާ މާބަގީޗާއެކެވެ. މި ބަގީޗާއެންމެ ފުރަތަމަ ހުޅުވީ 2013 ވަނަ އަހަރުގެ 14 ފެބްރުއަރީ ވެލެންޓައިންސް ޑޭ ގައެވެ. 72،000 އަކަމީޓަރުގެ ސަރަހައްދަކަށް މިބަގީޗާގައި ހުންނައިރު، މި ބަގީޗާގައި 150 މިލިއަނަށް ވުރެ ގިނަ ތާޒާ މާތަށް އަބަދުވެސް ފޮޅިފައި ހުރެއެވެ. މިސަރަޙައްދުގައި އެންމެ ގިނަ ފޮޓޯ ނަގާފައިވާ ތަނަކަށް މިރަކަލް ގާޑަން ވުމުގެ އިތުރުން ތާޒާ މާތަކުގެ އެންމެ ހިތްގައިމު މީރުވަސް ތަޖުރިބާ ކޮށްލެވޭނެ އެއްތަނަށް މިރަކަލް ގާޑެން ވެގެން ދެއެވެ.

މިރަކަލް ގާޑެން އަށް 2015 ވަނަ އަހރުގެ އޭޕްރިލް މަހުގައި ގާޑެން ޓުއަރިސަމް އެވޯޑެއް ކަމުގައިވާ “މޮސެލީ އެވާރޑް ފޯ ނިއު ގާޑެން އެކްސްޕީރިއެންސް އޮފް ދަ ޔެއަރ” ލިބިފައި ވެއެވެ. މީގެ އިތުރުންވެސް މިރަކަލް ގާޑެންއަކީ ދުނިޔޭގެ އެންމެ ބޮޑު މާމެލީގެ ބަގީޗާގެ ގޮތުގައި ލިސްޓްކުރެވިގެން ދިޔައިރު، 250 މިލިޔަން ވައްތަރުގެ މާގަސްތައް މިބަގީޗާގައި އެކުލެވެއެވެ.

މިރަކަލް ގާޑެންގެ އޮފިޝަލް ވެބްސައިޓް ބުނާގޮތުބް، މިރެކަލް ގާޑެން ހުޅުވިފައި ހުންނަނީ ފިނި މޫސުމަށް އެޅުމުންނެވެ. މެއި މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ދާތީ، މިމުއްދަތުގައި މިބަގީޗާ ހުންނަނީ ބަންދުކުރެވިފައެވެ.

މިރެކަލް ގާޑެންގެ ފޯޓޯއެއް- ފޮޓޯ: މިިރެކަލް ގާޑެން އިންސްޓަގްރަމް

މިރަކަލް ގާޑެންގެ ބަޓަރފްލައި ގާޑެން ނުވަތަ ކޮކާލުގެ ބަގީޗާ އަކީވެސް ފާހަގަކޮށްލެވޭ ތަނެކެވެ. މިރެކަލް ގާޑެން އާއި ޖެހިގެން ކޮކާލުގެ ބަގީޗާ އޮންނައިރު، ދިހަ ބަޔަށް ދާޖަހައި މިބަގީޗާ ބަހާލާފައި ވެއެވެ. މިއިން ކޮންމެ ބައެއްގައިވެސް އެތަކެއް ހާސް އުދުހޭ ކޮކާ ދިރިއުޅެއެވެ. ކޮކާލުގެ ބަގީޗާގައި 15،000 އަށް ވުރެ ގިނަ އުދުހޭ ކޮކާ ހިމެނޭއިރު، މިބަގީޗާގައިވެސް 50 ވައްތަރެއްގެ އުދުހޭ ކޮކާ ދިރިއުޅެއެވެ.

ދުބާއީގެ މިރެކަލް ގާޑެންއަށް ތިން ޖިނެސް ވޯރލްޑް ރެކޯޑް ލިބިފައި ވެއެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ވާޓިކަލް ގާޑެންގެ ރެކޯޑް 2013، މިބަގީޗާގައިވާ މާގަހުން ހަދާފައިވާ އެއަރބަސް A380 ފްލައިޓަކީ، މިގޮތަށް ހެދިފައިވާ އެންމެ ބޮޑު މަލުގެ ފްލައިޓަށް ވުމުގެ އިތުރުން، މާގަސްތަކުން ހަދާފައިވާ މިކީ މައުސްގެ ރަމްޒަކީވެސް މިގޮތަށް ދުނިޔޭގައި ހެދިފައިވާ އެންމެ އުސް އެންމެ ބޮޑު މަލުގެ ނިޝާނަށް ވެގެން ދެއެވެ.

ފޮޓޯ: މިރެކަލް ގާޑެން އޮފިޝިއަލް ޕޭޖް

ފޮޓޯ: މިރެކަލް ގާޑެން އޮފިޝިއަލް ޕޭޖް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!