ޚަބަރު
ފިޔޯރީ އައިސްޕުލާންޓްގެ ޚިދުމަތް މެދުކަނޑިފައެއް ނުވޭ، ހުއްޓާލީ ހަމައެކަނި ހުކުރުވަގުތަށް- އައިސްޕްލާންޓް މެނޭޖަރ

މަސްދޯނިތަކެއް ކިޔޫގައި ތިއްބާ ފިޔޯރީ އައިސްޕުލާންޓްގެ ޚިދުމަތް މެދުކަނޑާލައިފިކަމަށް ބުނެ ކައުންސިލްގެ ރައީސް މީޑިއާއަށް ދީފައިވަނީ ދޮގު މައުލޫމާތެއްކަމުގައި، ފިޔޯރީ އައިސްޕްލާންޓް މެނޭޖަރ އަލީ މުމްތާޒް ބުނެއެވެ.

ރައްޔިތުންނާއި ގުޅުންހުރި، މިފަދަ މަޢުލޫމާތު ރައްޔިތުންނަށް ހަޤީގަތް އޮޅޭހެން ތަފާތު ސިޔާސީ މަޤްސަދުތައް ހާޞިލްކުރުމަށް ފެތުރުމަކީ ޒިންމާދާރު ކަން ކުޑަ އަމަލެއްގެ ގޮތުގައި އައިސްޕްލާންޓް މެނޭޖަރ މުމްތާޒް ފާހަގަކުރައްވާފައި ވެއެވެ.

ފިޔޯރީ އައިސްޕްލާންޓް މެނޭޖަރ މުމްތާޒް ހުވަދޫ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ، އައިސްޕްލާންޓުން އައިސް ވިއްކުން މެދުކަނޑާލެވުނީ ހަމައެކަނި ހުކުރު ވަގުތަށް ކަމުގައެވެ. އަދި މިހާރުވެސް ދޯނިފަހަރަށް އައިސްއެޅުމުގެ ކަންތައް ކުރިޔަށްދާކަމުގައި މުމްތާޒް ފާހަގަކުރެއެވެ.

މަސްދޯނިތަކެއް ކިޔޫގައި ތިއްބާ ފިޔޯރީ އައިސްޕުލާންޓްގެ ޚިދުމަތް މެދުކަނޑާލައިފި

ފިޔޯރީ އައިސްޕުލާންޓަކީ ހުވަދު އަތޮޅުގެ މަސްވެރިންނަށް ވަރަށް މުހިންމު އަދި ގިނަ އަދަދެއްގެ ދޯނިތަކުން އައިސް ފޯރުކޮށްދޭ އައިސް ޕްލާންޓެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ހުވަދު އަތޮޅަށް މަސްވެރިކަން ރަނގަޅުވެފައިވާ މިފަދަ ދަނޑިވަޅުގައި، އައިސްޕްލާންޓުގެ ޚިދުމަތް ހޯދާ ދޯނިފަހަރުގެ އަދަދު އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!