ޚަބަރު
އެޑަޕްޓް ކުރި ކުއްޖަކު ގޮވައިގެން ނޫނީ ޔުކުރެއިނުން ނުދިއުމަށް އެމެރިކާގެ އަންހެނަކު ދެކޮޅު ހަދައިފި

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ފިލަން މަޖުބޫރުވި ނަމަވެސް އެމެރިކާގެ ކެންޓަކީއަށް ނިސްބަތްވާ މަންމައެއްގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށެވެ. އޭނާ ފޮށިތަންމަތި ބަންދު ކޮށް މިސްރާބު ޖަހާފައިވަނީ، ހަނގުރާމައިގެ މައިދާނާ ދިމާ އަށެވެ. އޭނާގެ މިޝަން އަކަށް ވެފައިވަނީ އާއިލާއަށް އިތުރުވި އާމެމްބަރާއި އެކު ނޫނީ އަބުރާ އަމިއްލަ ވަޒަނަށް ނުދިޔުމެވެ.

ކޮލީން ތޮމްސަން ކިޔާ އެމެރިކާގެ އަންހެނަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެނާ ޔުކްރެއިންގެ ހަނގުރާމަ ހިގާ ސަރަޙައްދުން ނުދިޔުމަށް ނިންމީ ޑޮނޭޓްސްކް އިން ލިވިވް އަށް އިވެކުއޭޓް ކޮށްފައިވާ، އޭނާ އެޑަޕްޓްކޮށްފައިވާ ޔޫކްރެއިން އަންހެން ދަރިޔަކު އެޑަޕްޓްކުރުމަށް ނިންމަންޖެހޭ ކޯޓް މަރުހަލާތައް ނިމުމުގެ އިންތިޒާރުގައެވެ.

ހަމަލާތައް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އުމުރުން 18 އަހަރު ފުރިފައިވާ ތޮމްސަންގެ އަންހެން ދަރިފުޅު މައުރޭ އަކީ ޔޫކްރެއިން އަށް ރަޝިޔާއިން ހަމަލާ ދިނުމުގެ ކުރިން އެމެރިކާ މީހުން އެޑޮޕްޓް ކުރުމުގެ މަރުހަލާގައި ތިބި 300 އަށް ވުރެ ގިނަ ޔަތީމު ކުދިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް އދ އިން ބުނެ އެވެ.

ތޮމްސަން އިތުރަށް ބުނީ އެމެރިކާގައި ގޭގައި ތިބި އޭނާގެ އެހެން ކުދިންނަށް އަލްވަދާއު ކިޔަން ވެސް އުނދަގޫ ނިންމުމެއް ނިންމީ ޔޫކްރެއިންގެ އެހެން ޔަތީމު ކުދިންނަށް އެހީތެރިވެވޭނެ ގޮތަށް ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ތޮމްސަން އާއި އެހެން އެޑޮޕްޓްކުރާ އާއިލާތަކަށް އެމީހުންގެ ދަރިން އެމެރިކާއަށް ގެނައުމަށް ބޭނުންވާ ލިޔެކިޔުންތައް ފައިނަލް ނުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ. ރަޝިޔާއިން ހަމަލާދެމުން ގެންދާއިރު ޔަތީމުޚާނާތަކުން މީހުން ހުސްކުރަމުން ގެންދާ ކަމަށާއި އެހެންކަމުން ކުޑަކުދިން ދިރިއުޅެމުން ދަނީ ކޮންތަނެއްގައިކަން ވެސް ބަލަހައްޓަން ދަތިކަމަށް އދގެ ކުޑަކުދިންގެ ފަންޑުން ބުނެއެވެ.

“ޔަތީމުޚާނާއިން ގްރެޖުއޭޓްވި ކުދިންނާއި، ޢުމުރުން ދުވަސްވީ ކުދިން، ޔަތީމުޚާނާއިން ނެރުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުގެ ވަރަށްގިނަ އިދާރާތަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ. ހަނގުރާމައިގެ ކުރީކޮޅު އެމީހުން ހުސްކުރުމަށް އަޅުގަނޑުމެން ދިޔައީ އެހީތެރިވަމުން،” ތޮމްސަން ބުނެއެވެ.

ޕިއްޒާ، ގޭމް، ޓިއުޝަން، އަދި އެކަނިވެރިކަން ފިލުވުމަށް ތަފާތު ގޮތްތަށް ބޭނުންކޮށްގެން ތޮމްސަން ވަނީ އަލަށް އާއިލާތަކާ ބައްދަލުކުރެވެންދެން އެޑަޕްޓް ކުރާ ކުދިންނަށް އަމިއްލަ ގޭގެ އިހްސާސް ކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.

މާޗް މަހުގެ 3 ވަނަ ދުވަހު ތޮމްސަން ޔޫކްރެއިންއަށް އައިސްފައި ވާއިރު، އޭނާ އުންމީދު ކުރީ އޭނާގެ އަންހެން ދަރިފުޅު މައުރޭ އާއި އެޑޮޕްޓް ކުރުމުގެ އިންތިޒާރުގައި ތިބި އެހެން ކުދިން އެމެރިކާއަށް ގެންދިއުމަށެވެ. އެކަމަކު މިހާރު، މަހަކަށް ވުރެ ގިނަ ދުވަސްވީ އިރުވެސް، އަދިވެސް އެމީހުން ތިބެންޖެހެނީ ލިވީވްގައި ތާށިވެފައިއެވެ. ތޮމްސަން ބުނެފައިވާގޮތުން އޭނާގެ އަންހެން ދަރިފުޅާއެކު ހުރުމުން ވަރަށް އުފާވާ ކަމަށާއި ނަމަވެސް އޭނާ ބުނަނީ އެމީހުން ތިބީ ރައްކާތެރި ނޫން ހާލަތެއްގައި ކަމަށެވެ. ޑޮނޭޓްސްކް އިން މައުރީއާއެކު ލިވިވް އަށް ދަތުރުކުރި އިތުރު 43 ކުދިންނާއެކު އެމީހުން ތިބީ ރައްކާތެރި ނޫން ހާލަތެއްގައި ކަމުގައި ތޮމްސަން ބުނެއެވެ.

އެ ކުދިންނަށް އަވަށްޓެރި ގައުމުތަކަށް ދަތުރު ކުރެވޭނެ ކަމަށް ބެލެވުނު ނަމަވެސް، ތޮމްސަން ބުނެފައިވަނީ، އެޑޮޕްޓް ކުރުމުގެ މަރުހަލާ ނިމުމަކަށް އަންނަންދެން އެމެރިކާގައި އެކުދިން އެޑަޕްޓްކުރާ އާއިލާތަކަށް އެކުދިންނަށް، ނުދެވޭނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ވެބްސައިޓްގައި ވާގޮތުން، އެންމެ ފަހުގެ އެޑޮޕްޝަން ނުވަތަ ބެލެނިވެރިކަމުގެ އަމުރެއް ނެތް ކުއްޖަކަށް ވިސާ ލިބުމުގެ ޝަރުތު ހަމައެއް ނުވެއެވެ. އެމެރިކާގެ އިމިގްރޭޝަން ގާނޫނުގައި ވިސާއަށް ޝަރުތު ހަމަވާ މިންވަރު ކަނޑައަޅާއިރު، އެ ޑިޕާޓްމަންޓްގެ ވެބްސައިޓްގައިވާ ގޮތުން، އޮފިޝަލުންނަށް ބޭނުންވާ ޑޮކިއުމަންޓް ނެތި، އަމިއްލަޔަށް ވިސްނޭގޮތަށް ބުރަވެ، ވިސާ ހެދުމުގެ ބާރެއް ނެތެވެ.

މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު، ގާނޫނު ހަދާ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ގްރޫޕަކުން ވަނީ، އެމެރިކާގެ މައިންބަފައިން، ޔޫކްރެއިންގެ ކުދިންނާ އެއްބައިވަންތަ ކުރުވުމަށް ސްޓޭޓް ޑިޕާޓްމަންޓަށް ގޮވާލާ، އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ސިޓީއެއް ފޮނުވާފައެވެ. ތޮމްސަން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ޔޫކްރެއިންގެ ކުދިންގެ ސްޓޭޓް ޑިޕާޓްމަންޓާއި ބެލެނިވެރިންނާ އެކު އެ މީހުންނަށް ކޯލެއް އައި ކަމަށާއި، ފުރަތަމަ ފައިނަލް ކުރަން ޖެހޭ އެޑޮޕްޝަން ޕްރޮސެސް އަށް އަނެއްކާވެސް އެންގި ކަމަށެވެ.

“ހީވަނީ ވަރަށް އާދައިގެ ސުވާލެއް ހެން،” “މި އެމެރިކާގެ އާއިލާތައް ޗެކްކޮށް، ބެކްގްރައުންޑް ޗެކްކޮށް، ތަމްރީނުދީ، މި ކުދިންނާ އެކު ބޮންޑްކޮށްފައި އެބަހުރި. އެމީހުން އެޑޮޕްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. ޔޫކްރެއިންގައި ތިބުމަކީ ރައްކާތެރި ކަމެއް ނޫން އިރު މި ކުދިންނަށް ތިބެވޭނެ ތަނެއް ހުރުމަކީ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ އަދި އެންމެ ރައްކާތެރި ގޮތް.” ތޮމްސަން ބުނެފައި ވެއެވެ.

ޔޫކްރެއިންގެ ޖަމްޢިއްޔާތަކާއި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީސްމެންބަރުން، މިކުދިން އެމެރިކާއަށް ގެނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، ތޮމްސަން ވިދާޅުވީ، އެކުދިންގެ ދިރިއުޅުމުގައި ތަފާތު ކަމެއް ކުރުމަށް އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. ދެމައިން އެކުގައި އެމެރިކާގެ ކެންޓަކީއަށް ދެވެންދެން މައުރީނާއެކު މަޑުކުރުމުގެ ވިސްނުން ތޮމްސަން ގެންގުޅެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!