ޚަބަރު
އަންނަ އަހަރު އަލަށް ހިންގަން ބަޖެޓް ކުރާ މަޝްރޫޢުތަކުގެ މައުލޫމާތު ދިނުމަށް އަންގައިފި

ސަރުކާރުގެ މުވައްސަސާތަކުން އަންނަ އަހަރު މުޅިން އަލަށް ހިންގަން ބަޖެޓް ކުރަން ބޭނުންވާ މަޝްރޫޢުތަކުގެ މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި އޮތީ 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން ގެންދާތީ ސަރުކާރު އޮފީސްތަކުން އަލަށް ކުރަން ކަނޑައަޅާ ކަންތައްތައް އަދި މަޝްރޫއުތަކުގެ މައުލޫމާތު އެނގެން ބޭނުންވާ ކަމަށާއި އެމައުލޫމާތު މިނިސްޓްރީއަށް ދިނުމަށެވެ.

ސާކިއުލާގައި ބުނެފައިވަނީ 2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެސްއޭޕީ / އެންއާރްއާރް) ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. މިބަޖެޓް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އޮފީސްތަކުން އަލަށް ބަޖެޓްކުރަން ބޭޏުންވާ މަޝްރޫޢުތަކުގެ މައުލޫމާތު މިނިސްޓްރީން ބޭނުންވާނެއެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެ ގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާން ޖެހޭނެ ކަމަށާއި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) ގޯލްތަކާއި ހުރި ގުޅުން ބަޔާންކުރަންވާނެ ކަމަށް ސާކިއުލާގައި އަންގާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އަންގަނީ 30 މެއި 2022 ގެ ކުރިން އެމައުލޫމާތުތައް މިނިސްޓްރީއާއި ހިއްސާކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!