ޚަބަރު
ބާޒާރުގައި މިރުހުގެ އަގު ދަށަށް!

ބާޒާރުގައި މިރުސް ތިޔާގިވެ، ބާޒާރުގައި މިރުހުގެ އަގު ދަށަށް ހިނގައްޖެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު 100 ގްރާމް މިރުސް ހުރީ 65 ރުފިޔާއާއި 45 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް ދެތިން ދުވަސްކުރިން ބާޒާރުގައި 100 ގްރާމް މިރުސް ހުރީ 85 ރުފިޔާއާއި 55 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ މިދުވަސްކޮޅު ތ. ކަނޑޫދޫ އިންވެސް ގިނަ އަދަދަކަށް މިރުސް ލިބެމުންދާ ކަމަށެވެ. އަދި ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގުތައް ދަށަށް ދާނެކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ.

ބާޒާރަށް ބަލާލާއިރު، އަދިވެސް އަގު ދަށަށް ނުދާ އެއް ބާވަތަކީ ލުނބޯއެވެ. މިއަދުވެސް ދަތުރުވެރިންގެ މާރުކޭޓުގައި ލުންބޯ ކިލޯއެއްގެ އަގު ހުރީ 90 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ލުނބޯގެ އަގު ދަށަށް ނުދަނީ ޑިމާންޑާއި އެއްވަރަށް ބާޒާރަށް ލުނބޯ ނުލިބޭތީކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!