ޚަބަރު
ފިޝަރީޒް މިނިސްޓަރ ޑްރާމާ ކުޅުއްވުން ހުއްޓަވާލައްވައި އިސްތިއުފާ ދެއްވުމަށް ގޮވާލަން – ކެޔޮޅު

މިނިސްޓަރ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ޙަސަން, ޑްރާމާ ކުޅުއްވުން ހުއްޓަވާލައްވައި އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށް މަޝްހޫރު ކެޔޮޅު އަދި މިހާރު ތިނަދޫ ޕަބްލިކް ވޯރކްސްގެ ސީނިއަރ އެކްޒެކްޓިވް ޑިރެކްޓަރ މުހައްމަދު ހަސަން  ވިދާޅުވެއްޖެއެވެ.

މުހައްމަދު ޙަސަން މިހެން ވިދާޅުވީ, މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތުމުގެ ސަބަބުން މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ފިޝަރީޒް މިނިސްޓަރ މިހާރު ކޫއްޑޫއަށް ވަޑައިގެން އުޅުއްވާތީއެވެ. އެގޮތުން މުހައްމަދު ހަސަން ވިދާޅުވީ, މަގާމުގައި އެއް އަހަރު ވެގެން ދިޔައިރު މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ނުކޮށް މިނިސްޓަރ ކުރައްވަނީ ކޮންކަމެއްތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ޓެގް ކުރައްވައި މުހައްމަދު ހަސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ބޭނުންވަނީ މޮޅުވާހަކަ ނުދައްކަވައި, ހައްލު ކަމުގައެވެ. އަދި އެކަމަކަށް ވަގުތެއް ނެތް ކަމަށެވެ.

ދެކުނަށް މަސްކިރާގޮތް ބައްލަވައިލެއްވުމަށް ފިޝަރީޒް މިނިސްޓަރ ކޫއްޑޫއަށް

މުހައްމަދު ހަސަން މިހެން ވިދާޅުވެފައިވާއިރު, މިނިސްޓަރ މިއަދު ވަނީ, ރާއްޖޭގެ ދެކުނަށް މަސްކިރާގޮތް ބަލައި މަސްވެރިންގެ ޝަކުވާ އަޑުއެހުމަށް ކޫއްޑޫގައި ކަމަށްބުނެ, މަސްވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ޓުވީޓެއް ކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ ގިނަ އަދަދަކަށް މަސްކިރުމަށް ދޯނި އަންނަމުންދާތީ މިފްކޯއިން ވަނީ ކޮންމެ ދޯންޏަކުން 5 ޓަނު މަސް ނަގާގޮތަށް ހަދައި, މަސްގަތުން ކޮންޓްރޯލް ކޮށްފައެވެ.

  1. ފައިސަލް

    ކިތަންމެ މޮޅު ވެރިޔަކު އަޔަސް ބާނާ މަސްކޮޅު އުކަން ނުޖެހޭނެ ޒަމާނެއް ނާންނާނެ ކެޔޮޅާ!!!
    މަސްބާނާނެ ކަމަށް ހާހުން މުވައްޒަފުން އިތުރެއްވެސް ނުކުރެވޭނެ… ކެޕޭސިޓީ އެއްވެސް ނުގެނެވޭނެ…
    މަސްނުބާނާ އެބަދޭ ތިން ހަތަރުމަސްވެސް ބައެއްފަހަރު އެދުވަސްވަރު މީހުންގެ މުސާރަޔާ އެހެނިހެން ހަރަދު ބަލަހެއްޓޭނެ ގޮތެއްނޯންނާނެ!!!

  2. ގެ ގަނެވޭނެ ކޮއްކޯ!