ޚަބަރު
މަސްގަތުމަށް ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން – މިނިސްޓަރ

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ މިފްކޯއިން މަސް ރައްކާކުރެވޭ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރުވެފައިވާތީ އެމައްސަލަ ހައްލުކުރުމުގެ ގޮތުން މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ, ދެކުނުގެ މަސްވެރިކަން ރަނގަޅުވެ, މަސްވެރިން ބާނާ މަސް ނުކިރިގެން މަސްވެރިން އެކަމުގެ ކަނބޮޑުވުން ފާޅުކުރަމުންދާތީ, މަސްވެރިންނާއި ބައްދަލުކޮށް މަސްވެރިންގެ ޝަކުވާތައް އަޑުއަހައި ދެކުނަށް މަސްކިރާގޮތް ބެލުމަށް ކޫއްޑޫއަށް ވަޑައިގެން ހުންނަވައިގެން މިއަދު އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ, ރޯދަމަސް ފެށުނީއްސުރެ ދެނުކުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި މާންދޫ އަށް (120 ޓަނު) އާއި ކޫއްޑޫ އިން (240 ޓަނު) އާއި ޖަޒީރާ 102 އިން (120 ޓަނު) އަދި މަހާކަލަމިންޖާ އިން (75 ޓަނު) ގެ އިތުރުން ހުޅުމީދޫ އިން (60 ޓަނު) ގެ ފްރީޒިންގ ކެޕޭސިޓީ ބޭނުންކޮށްގެން މަސްގަނެވޭނެ އެންމެ ގިނަ އަދަދަށް އެތަންތަނަށް މަސްގަންނަމުންދާ ކަމަށެވެ.

އެހެން ނަމަވެސް, މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު 24 ގަޑިއިރެއްގެތެރޭ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރުވަމުންދާތީއާއި ކޮންމެ ދޯންޏަކުން މަސްކިރާ ފަހަރަކު މަސްގަންނަ މިންވަރު ލިމިޓު ކުރަންޖެހިފައިވާތީ, މަސްވެރިން މަސްނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާ ކަމުގެ ހައްގު ޝަކުވާ މަސްވެރިން ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް މާންދޫއާއި ކޫއްޑޫ އަދި ހުޅުމީދޫއިން ދަނީ ކިޔުތަރުތީބުން މަސްގަނެ ދޯނިތައް ހުސްކުރަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން ކަމުން މަސްވެރިން ބާނައިގެން ގެންނަ ހުރިހާމަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނީ މަސް ފްރީޒްކުރާ ކެޕޭސިޓީ ދެކުނުގައި މިހާރަށްވުރެ އިތުރަށް ގާއިމުކުރެވިގެން ކަމަށާއި, ވަގުުތީގޮތުން އެކަން ހައްލުކުރުމަށް މަސްގަނެ ފްރީޒްކުރާ ބޮޑު އުޅަނދެއް ފެލިވަރުން ކޫއްޑޫއަށް މިހާރުވެސް ގެނެސްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ, މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭ މިންވަރު އިތުރުކުރުމަށް މަސްގަންނަ ބާޖެއްވެސް މާންދޫގައި މިހާރު ބޭނުން ކުރަމުންދާ ކަމަށާއި, މަސްގަތުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމަށްވެސް މިފްކޯއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!