ޚަބަރު
މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މަސްވެރިންގެ އަތުން ވީހާވެސް ގިނައިން މަސްގަތުމަށް – ސީއީއޯ

މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންގެ އަތުން ވީހާވެސް ގިނަ އަދަދަކަށް މަސް ގަތުމަށް ކަމަށާއި, އެގޮތުން މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 300 މިލިއަން ރުފިޔާގެ މަސް ގަނެވިފައިވާ ކަމަށެވެ.

މިފްކޯގެ ސީއީއޯ ފައުޒީ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ, މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 19,000 ޓަނުގެ މަސް ގަނެވިފައިވާ ކަމަށެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވެ، އެއްފަހަރާއި ގިނަ އަދަދެއްގެ ދޯނިތައް މަސް ކިރުވަން އަންނަމުންދާތީ، މިފްކޯގެ ދެކުނުގެ ސެންޓަރުތަކަށް މަސް ކިރާ މިންވަރު ދާދިފަހުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އެ ކުންފުނީގެ މެކްސިމަމް ކެޕޭސިޓީގައި އަބަދުވެސް މަސްވެރިންގެ އަތުން މަސް ގަންނަނަމުންދާކަމަށެވެ.

“އާންމުކޮށް އޭޕްރީލްމަހު މިދިޔަ އަހަރުގަވެސް ވަރަށް ރަނގަޅަށް މަސްވެރިކަން ހުރީ. މިއަހަރުގެ މިހިސާބަށް އާދެވުނު އިރުގައި ގާތްގަނޑަކަށް 19000 ވަރަކަށް ޓަނު އަޅުގަނޑުމެންނަށް ގަނެވިއްޖެ. އަދި މަސްވެރިންނަށް 300 ވަރަކަށް މިލިއަން ރުފިޔާ ފައިސާގެ ގޮތުގައި ދެވިއްޖެ. އެހެންވީމަ މިދިޔަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް ބަލާކަމަށްވަންޏާ ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް އެއްވަރަކަށް އެބަ ހިފެހެއްޓޭ” އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 4 ވަނަ ދުވަހުގައި 770 ޓަނު މަސް އަދި 5 ވަނަ ދުވަހު 620 ޓަނު މަސް ކިރުވުމަށް ސެންޓަރުތަކަށް މަސްދޯނި އައިސްފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް ދޯންޏަކުން 12 ޓަނުގެ މަސް ބާނަމުން ދާއިރު ބޮޑެތި ދޯނިފަހަރުތަކުން 25 ޓަނާއި 60 ޓަނާއި ދޭތެރޭގެ ޢަދަދުތަކުން މަސްބާނާފައިހުރިކަމަށް މިފްކޯއިން ހާމަކުރެއެވެ.

ފައުޒީ ވިދާޅުވީ، ދެކުނުގެ މަސް ގަންނަ ފްލީޓާއި ގުޅުމަށް ދުވާލަކު 100 ޓަނުގެ މަސްގަނެވޭ، ޖަޒީރާ 102 ދެކުނުން ގަނެގެންދިޔަ މަސް ފެލިވަރަށް ހުސްކުރުމަށްފަހު ފުރައިގެން މިމަހުގެ 7 ވަނަ ދުވަހަށް ކޫއްޑޫ ބަނދަރަށް ދެވޭނެ ކަމަށެވެ. އެއިރުން ކިޔޫގައި ހުރި ދޯނިފަހަރު ކްލިއަރކުރުމަށްފަހު ކޮންޓްރޯލް ދޫކޮށްލެވޭނެކަމަށެވެ.

“އަޅުގަނޑުމެން ފަހުން މިގެނައި “ޖަޒީރާ 101″ ބްރައިން ޕްރީޒިން ވެސަލް ފެލިވަރަށް މަސް ހިފައިގެން ގޮސް ހުސްކޮށްފައި އެނބުރި އައިސް 120 ވަރަކަށް ފްރީޒިން ކެޕޭސިޓީ ލިބޭނެ. އެހެންވީމަ މަސްވެރިންނަށް އަނެއްކާވެސް އިތުރު 100 ޓަނުގެ ޖާގަ ފްރީޒިން ކެޕޭޗިޓީއަށް ލިބޭނެ. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ މިހާރު ކިޔޫގައި ހުރި ހުރިހައި ދޯނިފަހަރުގެ ކިޔޫ އަޅުގަނޑުމެންނަށް ކްލިއަރކޮށްފައި އަނެއްކާ އަޅުގަނޑުމެންނަށް ކިޔޫ މަސްވެރިކަމަށް ބަލާފައި ކޮންޓްރޯލް ދޫކޮށްލަން އަޅުގަނޑުމެން މި ވިސްނަނީ” ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން އެންމެ ގިނައިން މަސް ގަންނަނީ ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށެވެ. އެއަށްފަހު ދެން އެންމެ ގިނައިން މަސް ގަންނަނީ އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މަސްވެރިންނަށް ފަހި ގޮތްތައް ހަމަޖެއްސުމަށްޓަކައި މިފްކޯއިން ދަނީ މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، އިތުރު އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިފްކޯއިން އަތޮޅުތެރޭގައި މިހާރު ހިންގަމުންދާ 20 އައިސްޕްލާންޓުން 825 ޓަނުގެ އައިސް ދުވާލަކަށް އުފެއްދުމުގެ ޤާބިލްކަން ހުރިއިރު، މިފްކޯގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައްވެސް ދަނީ ހިންގަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!