ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކޮށްފިއެވެ.
އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ އިތުބާރުނެތްކަމުގެ ވޯޓެެއް ނަގައިގެންނެވެ. އެގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގަިއ ކުރިއަށްދިޔަ އިތުބާރު ނެތްކަމުގެ ވޯޓުގައި އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް 174 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އިމްރާން ޚާން މަގާމުން ވަކިކުރުމަށް, ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު, އިމްރާން ޚާންގެ އިތުބާރު އޮތް ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
އުމުރުފުޅުން 69 އަހަރުގެ އިމްރާން ޚާން ވެރިކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. އޭރު އޭނާ ވެރިކަމަށް އައިސްފައިވަނީ އެގައުމުގެ އަސްކަރިއްޔާގެ ތާއިދާއެކުއެވެ. އެގައުމުގެ އަސްކަރިއްޔާއަށް ބަލާއިރު، އަސްކަރިއްޔާގައި ބަގާވާތް ކުރުމުގެ ތާރީހެއް އޮވެއެވެ.
މިއީ ޕާކިސްޔާންގެ ތާރީހުގައިވެސް އިތުބާރު ނެތް ކަމަށް ފާސްކޮށް ބޮޑުވަޒީރަކު މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.