ޚަބަރު
އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ދޫކުރަމުން ގެންދާ “އެސްއެމްއީ” ލޯނުތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަލުން ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ވިދާޅުވީ މިއަދުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރަމުން ގެންދި އެސްއެމްއީ ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި އަންނަ މެއި މަހުން ފެށިގެން އެހެނިހެން ލޯންތަކަށްވެސް ހުޅުވާލާނެ ކަމަށެވެ.

ދަނޑުވެރިކަމަށް ދޫކުރާ “ދަނޑުވެރި ނަފާ” ލޯނާއި “ވިޔަފާރި އެހީ” ލޯނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެސްޑީއެފްސީން ދޫކުރާ ދަނޑުވެރި ނަފާގެ ލޯނަކީ އެކުންފުންޏާއި ފިޝަރީސް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނެކެވެ. ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތިތަކާ ނުލައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ދެވޭ ލޯނެކެވެ.

2020 ވަނަ އަހަރު ޑިސެމްބަރ މަހު 25 ވަނަ ދުވަހުން ފެށިގެން އެސްޑީއެފްސީން ދޫކުރަމުން އައި ލޯންތައް ވަނީ މެދުކަނޑާލެވިފައެވެ. އޭރު އެކޯޕަރޭޝަނުން ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން ލޯން ދޫކުރުމުގެ ޚިދުމަތް މެދުކަނޑާލެވުނު ކަމަށެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!