މަޢުލޫމާތު
އިން ވިޓްރޯ ފާޓިލައިޒޭޝަން: އައިވީއެފް އާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި އޭގެ ހަޤީޤަތް

އައިވީއެފް ގެ ސަބަބުން ގިނަ ކުދިން ލިބުމަށް މަގުފަހިވޭތަ؟ އައިވީއެފް އެއް ފެއިލްވުމުން ކާމިޔާބީގެ ފުރުސަތު ގެއްލޭ ހެއްޔެވެ؟ އައިވީއެފް އަކީ 100 ޕަސަންޓް ކާމިޔާބު އަދި ފާޓިލިޓީގެ ހުރިހާ މައްސަލަތަކެއް ހައްލުކުރެވޭނެ ގޮތެއްތަ؟. މިފަދަ ތަފާތު ވާހަކަތައް އައިވީއެފް އާއި ގުޅޭގޮތުން ދެކެވެއެވެ.

އިން ވިޓްރޯ ފާޓިލައިޒޭޝަން ނުވަތަ އައިވީއެފް ހަދަނީ، އަންހެން މިހާ އަދި ފިރިހެން މީހާގެ ދަރިފަނި ނަގައި، ހަށިގަނޑުން ބޭރުގައި ލެބޯޓްރީއެއްގައި އެއްކޮށްގެންނެވެ. އައިވީ އެފް އަކީ، އެސިސްޓެޑް ރީޕްރޮޑަކްޓިވް ޓެކްނޮލޮޖީގެ އެންމެ އާންމު ވައްތަރެވެ. މިއީ ދަރިމައިވުމުން މަހްރޫމްވެފައިވާ މީހުން، ދަރިން ހޯދުމަށް ބޭނުންކުރާ ގޮތެކެވެ. މަޝްހޫރު ފިލްމީ ތަރިންނާއި، ތަފާތު ނުފޫޒު ގަދަ ސިޔާސީ ފަރާތްތަކާއި، ގިނަ އަދަދެއްގެ މީހުންގެ މެދުގައި އައިވީއެފް، މަޝްހޫރުވެ، ދެޖިންސުގެ ދަރިފަނި ނަގައި ފްރީޒް ކުރުން އިހްތިޔާރުކޮށް، ގިނަ ބަޔަކު ވަނީ އައިވީއެފް ޕްރެކްޓިކަލީ ގޭތެރޭގެ ބަހެއްގެ ގޮތުގައި ހަދާފައެވެ.

ދަރިމައިނުވާ ދެމަފިރިންނަށް، ދެމަފިރިންކުރެ އެއްވެސް މީހަކީ ކެރިއަރއެއް ނުވަތަ ވަކި ޚާއްސަ ސިއްޙީ މައްސަލައެއް ހުރި މީހެއް ކަމުގައި ވާނަމަ، ވާރުތަވާ ޖެނެޓިކް ޑިސްއޯޑާތަކުން ސަލާމަތްވުމަށް އޮތް ފަރުވާއެއް ކަމުގައި އައިވީއެފް ވީ ނަމަވެސް، ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި، ދުޅަހެޔޮ ސިއްހަތު ރަނގަޅު ދަރިޔަކު ހޯދުމަށް އެންމެ އެކަށީގެންވާ ގޮތަކީ އައިވީއެފް އެވެ. އެޗްޓީ ލައިފްސްޓައިލް އަށް ދެއްވި ބަސްދީގަތުމެއްގައި ބިރްލާ ފާޓިލިޓީ އެންޑް އައިވީއެފްގެ ކޮންސަލްޓަންޓް ޑޮކްޓަރ މީނޫ ވަޝިޝްތު އަހޫޖާ ވަނީ އައިވީއެފް އާއި ދޭތެރޭ ތުންތުން މަތިން ދެކެވޭ ވާހަކަތަކާއިއޭގެ ހަޤީޤަތް ހިއްސާ ކޮށްދީފައެވެ.

އައިވީއެފުން ގިނަކުދިން ލިބުމުގެ ފުރުޞަތު އޮވޭ

ގައިޑްލައިންތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އައިވީއެފް ހެދިއްޖެނަމަ، ބަދަލުކުރެވޭ އެމްބްރިޔޯތަކުގެ އަދަދު ހިފަހައްޓަންޖެހޭތީ، ގިނަ ފަހަރު މާބަނޑުވުމުގެ ފުރުސަތު އޮންނަނީ އެންމެ 20 ޕަސަންޓް ގަ އެވެ. މާބަނޑު މީހާއަށް، މާބަނޑު ދުވަސްވަރު އެއް އެމްބްރިއޯއަށް ނުވާނަމަ ތަފާތު އުދަނގޫތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އުމުރު މަތި އަންހެނުން ބައެއް ޙާލަތްތަކުގައި ނުވަތަ ތަކުރާރުކޮށް ފެއިލްވުމުގެ ތާރީޚެއް އޮތް ނަމަ، އެއް އެމްބްރިޔޯއަށްވުރެ ގިނަ އެމްބްރިޔޯ ބަދަލުކުރުން އެކަށީގެންވެއެވެ. މިފަދަ ހާލަތްތަކުގައި ޑޮކްޓަރުން އިސްކަންދެނީ އެއް ބްލާސްޓޯސިސްޓް ޓްރާންސްފާއަށެވެ.

އައިވީއެފް ހެދުމުން ކެންސަރަށް މަގުފަހިވޭ

އެއްވެސް ދިރާސާއެއްގައި ނުވަތަ މެޑިކަލް ރިސާޗެއްގައި ކެންސަރު (ހާއްސަކޮށް އުރަމަތީގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި) އާއި އައިވީއެފް އާ ގުޅުމެއްވާކަން ފާހަގަކުރިވިފައި ނެތެވެ. އޯވޭރިއަން ކެންސަރު ފިޔަވައި ކެންސަރުގެ އިތުރު ނުރައްކަލެއް ނެތި އަންހެނުންނަށް ފާޓިލިޓީ ޓްރީޓްމަންޓްތައް އެކަށީގެންވާ އަދަދަކަށް ނެގިދާނެ އެވެ. މިފަދަ ޓރީޓްމަންޓުން ކޮންމެ 10،000 ން 15 ވަރަކަށް މީހުންނަށް އޮވޭރިއަން ކެންސަރ ޖެހުމުގެ ފުރުޞަތު އޮވެއެވެ. މިއީ ނިސްބަތުން ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. އަދި އުފަން ނުވާ ތުއްތު ދަރިފުޅަށް ކެންސަރު ޖެހުމުގެ ފުރުސަތެއްވެސް ނުވުމާއެކު، އެކުދިން ބޮޑެތި ވުމުންވެސް ކެންސަރަށް މަގުފަހިވާ އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތި ނުވެއެވެ.

އައިވީއެފް އަކީ ވޭންބޮޑު ފަރުވާއެއް

ކުރީގެ ގޮތްތަކަށް ބަލާއިރު. އައިވީއެފް އަކީ ވަރަށް ގިނަ ވޭން އަދި ތަކްލީފް އުފުލަންޖެހޭ ފަރުވާއެކެވެ. ޚާއްޞަކޮށް ފުރަތަމަ ދުވަސްކޮޅު އަންހެން މީހާ ދުވާލަކު އެއްފަހަރު ހޯރމޯން އިންޖެކްޝަން ޖަހަން ޖެހެއެވެ. ނަމަވެސް ބޭސްވެރިކަމުގެ ރޮނގުން ލިބޭ ކުރިއެރުންތަކާއިއެކު، އައިވީއެފްއަކީ އެއްވެސް ވޭނެއް ނުވަތަ ތަކުލީފެއް އުފުލަންޖެހޭ ކަމެއް ނޫނެވެ.

އައިވީއެފް ފަރުވާއިން ހޯދާ ކުދިންގެ އައިބުތައް ހުރޭ

އައިވީއެފް ފަރުވާއިން އުފަންވުމުގައި ހުންނަ އުނިސިފަތަކުގެ ނުރައްކާ އިތުރުވާ ކަމަށް ހީކުރެވުނު ނަމަވެސް މިއީ ހަޤީޤަތެއް ނޫނެވެ. މިއާ ޚިލާފަށް، އައިވީއެފްގެ ޕްރީއިމްޕްލާންޓޭޝަން ޖެނެޓިކް ޓެސްޓިންގ ގެ ސަބަބުން ހައިރިސްކް ކޭސްތަކުގައި ދަރިފުޅަށް ކޮންޖެނިޓަލް އެނޮމަލިޓީސް ނުވަތަ ކްރޮމޮސޯމް ޑިފެކްޓްސް ލިބުމުގެ ފުރުސަތު ހަނިވެގެން ދެއެވެ. އޭގެ ތެރޭގައި އަންހެނާގެ އުމުރުން 35 އަހަރު ފުރިފައިވުން، ނުވަތަ ފިރިހެން މީހާގެ އުމުރުން 50 އަހަރަށްވުރެ މައްޗަށް ދިއުމުން، ނުވަތަ ޖެނެޓިކް ޑިސްއޯޑާސްގެ އާއިލީ ހިސްޓްރީއެއް އޮންނާތީ ކުރިމަތިވާ ސިއްޙީ މައްސަލަތަށް ހިމެނެއެވެ.

އައިވީއެފް ބޭނުންކޮށްގެން މާބަނޑުވުމުން މާބަނޑުމީހާއަށް ތަފާތު މައްސަލަ ކުރިމަތިވޭ

އަންހެނަކު ދަރިމައިވުމަށް އެންމެ އެކަށީގެންވާ އުމުރަކީ، އެމީހެއްގެ އުމުރުން 33 އަހަރަށްވުރެ ހަނގު އުމުރުގައެވެ. އަންހެނާގެ އުމުރުން 37 އަހަރަށްވުރެ މަތިވުމުން، މަރިމައިވުމުގެ ޤާބިލުކަން ވަރަށް ބާރަށް ދަށްވެ، އަދި މާބަނޑު ދުވަސްވަރު މައިމީހާ އާއި ތުއްތު ދަރިފުޅަށް ކުރިމަތިވާ ތަފާތު ކޮމްޕްލިކޭޝަންސް އިތުރުވުމުގެ ފުރުސަތު ބޮޑުވެއެވެ. އައިވީއެފް ޕްރޮސެސްގެ ސަބަބުން މި ކޮމްޕްލިކޭޝަންތައް އިތުރުވެ، އުމުރު ގެ ސަބަބުން ކުރިމަތިވާ ކޮމްޕްލިކޭޝަންތައް އިތުރުވެގެން ނުދެއެވެ. އެކަމަކު ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން، ހަނގު އުމުރުގައި ދަރިން ހޯދުން ބުއްދިވެރި އެވެ. ޒުވާން އުމުރުގައި އައިވީއެފްގެ ކާމިޔާބީ ވެސް މާ ބޮޑެވެ.

އައިވީ އެފް އަކީ ސަތޭކަ އިންސައްތަ ކާމިޔާބު ވެފައި ދަރިމައިވުމުގެ ހުރިހާ މައްސަލައެއް ހައްލުކޮށްދޭ

މިއީ ހަގީގަތެއް ނޫނެވެ. އައިވީއެފްގެ ކާމިޔާބީގެ ރޭޓަކީ 35 އަހަރުން ދަށުގެ ދެމަފިރިންގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސެންޓެވެ. މީގެ އިތުރުން އައިވީއެފްގެ ކާމިޔާބީގެ ރޭޓް ބިނާވެފައި އޮންނަނީ އުމުރުން ދުވަސްވުމާއި، ފާޓިލިޓީ ގެ ސަބަބުތަކާއި، ބަޔޮލޮޖިކަލް އަދި ހޯމޯނަލް ހާލަތްތައް ފަދަ އެތައް ކަމެއްގެ މައްޗަށެވެ. ބޭސް، އިންޓްރޮޑަކްޓް އިންސެމިނޭޝަން (އައި.ޔޫ.އައި) ފަދަ ބޭސްތަކާއެކު ވަރަށް ގިނަ އެސިސްޓެޑް ރީޕްރޮޑަކްޓިވް ޕްރޮސީޖަރތައް ހުރެއެވެ. މީގެ ސަބަބުން ދެމަފިރިންނަށް ވިހެއުމަށް އެހީތެރިވެދެއެވެ. އައިވީއެފް އަކީ އޭގެ ތެރެއިން އެއް ވައްތަރެވެ.

މި ލިސްޓަށް އިތުރުކުރަމުން، ގުރޫގްރާމްގެ މަނިޕާލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ގައިނަކޮލޮޖިސްޓް ޑޮކްޓަރ ވިނީތާ ދިވާކަރް ވަނީ، އޭގެ ތެރޭގައި ހިމެނޭ ބައެއް ވާހަކަތަކުގެ ތެރޭގައި،

އައިވީއެފް ގެ ސަބަބުން އައިބު ހުންނަ ކުދިން ލިބޭ ވާހަކައަށް ރައްދު ދެއްވަމުން ބުނެފައިވަނީ، އެމްބްރިއޯ މައިމީހާގެ ބަޑަށް ލައްވަނީ ޖެނެޓިކް ޓެސްޓުތަކެއް ހަދައި ނޯމަލްކަމުގައި ވާނަމައެވެ. އެހެން ކަމުން އައިބު ހުންނަ ކުދިން ލިބުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

އައިވީއެފްގެ ސަބަބުން ފަހުން ހޯމޯންގެ ތަފާތު މައްސަލަތައް ދިމާވާ ކަމަށް ބުނާ ބުނުމަށް އިޝާރަތްކޮށް ވިނީތާ ބުނަނީ، ހުރިހާ ބޭސްތަކެއް ވެސް ދެނީ ބޭނުންވާ ގޮތަށް އެހެންވެ އައިވީއެފްގެ ސަބަބުން ފަހުންވެސް އެފަދަ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

އައިވީއެފް ހަދާނަމަ، ދާންޖެހޭނީ ސިޒޭރިއަންއަކަށް ކަމަށް ބައެއް މީހުން ބުނެއެވެ. ވިނީތާ ބުނެފައިވާ ގޮތުން، އައިވީއެފް ހަދާ ކޮންމެ ޕޭޝަންޓެއް ސިޒޭރިއަން އަކަށް ދާކަށް ނުޖެހެއެވެ. ސިޒޭރިއަން އަކަށް ދަނީ ދަރިފުޅުގެ ހެދިބޮޑުވުމާއި، ހާލަތަށް ބަލައިގެންނެވެ. އައިވީއެފް އިން މާބަނޑުވުމުން، އިތުރު ތަފާތު ބޭސްތަށް ބޭނުންކުރަންޖެހޭ ވާހަކަ މީހުން ބުނެއެވެ. ނަމަވެސް މިއީ ހަޤީޤަތެއް ނޫނެވެ. ބޭސް އިތުރުވުން ބިނާވެފައިވަނީ، ދަރިފުޅުގެ ހެދި ބޮޑުވުމާއި، މައިމީހާގެ ސިއްޙަތާއި ހާލަތަށް ބެލުމަށްފަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!