ޚަބަރު
ތިނަދޫ ހުޅުވާލައި މޮނިޓަރިންގ ނަގާލަނީ

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގް އަށް ލާފައިވާ ގދ ތިނަދޫއިން، 200 ރޭންޑަމް ސާމްޕަލް ނަގައި ނަތީއްޖާއަށް ބަލައި، ތިނަދޫ ހުޅުވާލައި މޮނިޓަރިންގ ނަގާލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވާފައި ވެއެވެ.

ތިނަދޫ މިސްކިތަކަށް ޢީދު ނަމާދަށް ގޮސްފައިވާ މީހަކު ކޮވިޑް19 އަށް ފައްސިވެ، އެމިސްކިތަށް ޢީދުނަމާދަށް ގޮސްފައިވާ ހުރިހާ ފާރާތެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފައި ވާ މިދަނޑިވަޅުގައި، ކައުންސިލްގެ ރައީސް، ސައުދު އަލީ ފާހަގަކުރައްވާ ގޮތުގައި، މިސްކިތުގައި ނަމާދުކޮށްފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު، ގައިދުރުކަމާއެކު ކަމަށް ވުމުން، މާބޮޑު ނުރައްކަލެއް އޮތްކަމުގައި ޤަބޫލުނުކުރެއްވެއެވެ.

ރަށުތެރެއިން ނޭގޭ 200 ރޭންޑަމް ސާމްޕަލްގެ ނަތީއްޖާއަށް ބިނާކޮށް ތިނަދޫ ހުޅުވާލުމުގެ މަޝްވަރާތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ކުރެވެމުން އަންނަކަމުގައި ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ ވިދާޅުވެފައެވެ. އަދި މިއަދު މެންދުރު 2 ޖަހާ އިރުން ފެށިގެން ރަށު ތެރެއިން ނަގާ ރެންޑަމް 200 ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށެވެ.

Comment

  1. ބޮޑު ޖޯކަރެއް މޮޔަހައްދަން ކިޔާ އެއްޗިސް