މަޢުލޫމާތު
ރަމަޟާން މަހުގައި، ބަރުދަން ލުއިކުރެވޭނީ ކިހިނެއް؟

ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުން ރޯދަ ހިފަނީ އިރުއަރާ ވަގުތުން ފެށިގެން އިރު އޮއްސުމާ ހަމައަށެވެ. ދުވާލު އެއްކޮށް ނުކައި ރޯދަޔަށް ހުރެފައި، ރޯދަ ވީއްލުމަށްފަހު އަހަރަމެން ކާ ތަފާތު ކާއެއްޗެހީގެ ސަބަބުން، ރަމަޟާން މަސް ނިމޭއިރު، ބަރުދަން އިތުރުވެ، އޯވާވެއިޓްވާތަން ގިނަފަހަރު އާދެއެވެ. މިގޮތުން ސިއްހީ ގިނަ ސަބަބުތަކާ ހުރެ ރޯދަ ވީއްލަން ހައި ފެޓް ފުޑްސް އާ ދުރުވުމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ލަފާދެ އެވެ. ދުވާލު ގަޑީގައި ރޯދަޔަށް ހުރުމަށްފަހު، ރޯދަ ވިއްލުމަށްފަހު، ކެއުމަށް ގެނެވޭ ކުޑަކުޑަ ބަދަލުން ފަސޭހައިން ބަރުދަން ލުއިކޮށް، ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިޔަކަށް އަމިއްލަޔަށް ބަދަލުވެވިދާނެ އެވެ. މިގޮތުން ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރމަށް ކެއުމަށް ގެނެވިދާނެ ބައެއް ބަދަލުތައް ތިރީގައި ހިމަނާލަމެވެ.

ހަކުރު އެކުލެވޭ ކާއެއްޗެހި މަދުކުރުން

މުޅި ދުވަހު ކާބޯތަކެއްޗާއި ފެނާއި ދުރުހެލިވެ ހުރުމަކީ ވަރުބަލިކަމާއި ބަލިކަށިކަން އިހުސާސް ކުރެވޭނެ ކަމެކެވެ. ރޯދަ ވީއްލާއިރު ހަކުރު އެކުލެވޭ ބާވަތެއް ނުވަތަ ފޮނި އެއްޗެއް ބޭނުންކުރުމަކީ ވަގުތުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެ ކަމެކެވެ. ނަމަވެސް ހަކުރު އެކުލޭ ގިނަ ކާއެއްޗެހި އެވަގުތުގައި މާގިނައިން ބޭނުން ކުރުމުގެ ބަދަލުގައި ކުޑަ އިރުކޮޅަކަށް މަޑުކޮށްލެވިދާނެއެވެ. ހަށިގަނޑުގައި ހަކުރު އިތުރުވެ، ކެލޮރީސް ގިނަވުމަކީ، މާ ބޮޑަށް ފަލަވެ ބަރުދަން އިތުރުވެދާނެ ކަމެކެވެ. އެހެންކަމުން ރޯދަ ވީއްލާ ވަގުތުގައިވެސް، އަދި އެހެނިހެން ވަގުތުތަކުގައިވެސް، ހަކުރު އެކުލެވޭ ކާއެއްޗެހި ބޭނުންކުރުން މަދުކޮށްލާށެވެ.

ބެލެންސް ޑައެޓެއް ނެގުން

ހަކުރު އެކުލެވޭ ކެއުންތަކާއި ތެލުލާފައި ހުންނަ ގިނައިން ތެޔޮ އެކުލެވޭ ހެދިކާގެ ބަދަލުގައި ކެއުމުގައި މިހާރަށް ވުރެ ބެލެންސް ކާނާއެއް އިހްތިޔާރު ކުރާށެވެ. ތަރުކާރީ، މޭވާ އަދި ކޮމްޕްލެކްސް ކާބްސް ފަދަ ފައިބަރުން މުއްސަނދިވެފައިވާ ކާނާގެ ބާވަތްތަކުގެ ސަބަބުން ގިނަ އިރު ވަންދެން ބަނޑުހައި ނުވެ، ބަނޑު ފުލްކޮށް ބެހެއްޓިދާނެ އެވެ. އޭގެ ތެރެއިން ގިނައިރު، ބަނޑުހައި ނުވެ ދެމިހުރުމަށާއި، މާގިނައިން ކެއުން ހުއްޓުވުމަށް ޓަކައި ކެއުމުގައި ގިނައިން ތަރުކާރީ އާއި މޭވާ ބޭނުންކުރުން ގިނަކޮށްލާށެވެ. ސިއްހަތަށް ފައިދާހުރި ކާނާއަކީ ކެލޮރީސް މަދު އަދި ހަށިގަނޑުގެ ބަރުދަން ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.

ލަސްލަހުން މަދުން ކާއެއްޗެހި ބޭނުންކުރުން

އިރު އޮއްސޭވަގުތު ރޯދަވީއްލާއިރު، އަވަސް އަރުވާލައިގެން ތެޅި ފޮޅިގެން ކާއެއްޗެހި ނުކާށެވެ. ކާއެއްޗެހި ކުދި އެތިކޮޅުން އަނގަޔަށްލައި، ރަގަނޅަށް ހަފައިގެން، މީރުކޮށް ކެއުމަށް ސަމާލުކަން ދޭށެވެ. މާއަވަސް އަވަހަށް ކެއުމުން، ބަނޑު ފުރުނަސް އެކަން ސިކުނޑިއަށް ނަގައިގަންނަން އުދަނގޫވެއެވެ. ލަސްލަހުން މަދުން ކެއުމަކީ، ހަޖަމުކުރުމަށް ފަސޭހަވެ، ބަނޑުފުރުމުން ފަސޭހައިން ދެނެގަނެވޭނެ، އަދި މާގިނައިން ކެއުމުން ދިމާވާ ތަފާތު ތަކުލީފުތައް ދުރުކޮށްދޭ ކަމެކެވެ.

ކެއުން ތަފާތު ބައިބަޔަށް ބަހާލައި، މަދު އެތިކޮޅުން ކެއުން

ރޯދަ ހިފުމަށްފަހު ރޯދަ ވީއްލާ ވަގުތު ހުރިހާ ކާއެއްޗެއް އެއްފަހަރާ ނުކާށެވެ. ރޯދަ ވީއްލާއިރު ކުޑަ ކާއެއްޗެއް ކާލާށެވެ. އެއަށްފަހު އޭގެ އެއް ގަޑިއިރު ނުވަތަ ދެގަޑިއިރު ފަހުން ރޭގަނޑުގެ ކެއުން ކާށެވެ. އެއްފަހަރާ ހުރިހާ އެއްޗެއް ކާނަމަ އާންމުކޮށް ހަށިގަނޑަށް ބޭނުންވާ ކެލޮރީސްއަށް ވުރެ ގިނައިން ކެލޮރީސް ބޭނުންކުރެވޭނެއެވެ. ތިބާގެ ރޭގަނޑުގެ ކެއުން ރަނގަޅަށް ބެލެންސް ކުރެވޭތޯ ބަލައި، ފެޓް، ކާބްސް، ޕްރޮޓީން އަދި ތަރުކާރީ ބޭނުން ކުރެވޭތޯ ބަލާށެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިން

ރޯދަޔަށް 12 ގަޑިއިރު ހުންނައިރު، ހަށިގަނޑުން މަދުވާ ފެން ރޯދަ ވީއްލުމަށްފަހު ބުއިމަށް މަސައްކަތް ކުރާށެވެ. ކޮންމެ އިންސާނަކަށްވެސް ދުވާލަކަށް މަދުވެގެން 2 ނުވަތަ 3 ލީޓަރު ފެން ބޭނުންވެއެވެ. ރޯދަ ނުހިފާ ވަގުތުތަކުގައި، އެއަދަދަށް ފެން ބުއިމަށް އާދަކުރާށެވެ. ހަށިގަނޑުން ފެންމަދުވުމަކީ ހަށިގަނޑުގައި ހައިހޫނުކަން އުފައްދައި، ބަލިކަށިކޮށްލާ ކަމެކެވެ. ފެނަކީ ހަށިގަނޑުގެ އުފެދޭ ތަފާތު ވިހަތަށް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ބޮޑަށް ހެލިފެލިވެ އުޅުން

ރޯދަ ވީއްލުމަށްފަހު ނުވަތަ ރޭގަނޑު ކައިގެން މަޑުނުވެ، ސޯފާގައި އަރާމުކޮށް ނުވަތަ އެދުގައި ނިދުން ރަނގަޅެއް ނޫނެވެ. ކެއުމަށްފަހު، ކުޑަކޮށް ހެލިފެލިވެ އުޅެ ކެލޮރީސް އަންދާލެވޭނެ ކުޑަ ކަސްރަތެއް ނުވަތަ ހިނގާލުން މުހިންމެވެ. ކައިގެން ކުޑަކޮށް ހެލިފެލިވެ އުޅުމުން، ކާއެއްޗެހި ފަސޭހައިން ހަޖަމުވުމުގެ އިތުރުން ބަރުދަން އިތުރުވުން ކުޑަވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!