ޚަބަރު
ބޮޑު ޚިޔާނާތުން މަންފާވި މީހުންގެ މައްސަލައާއި , ރަށްތަކުގެ ހަމަ އަގު ހޯދުމުގެ މައްސަލަ ކުރިއަށް ގެންދާނީ އެކުއެކީގައި – އޭސީސީ

ރާއްޖޭގައި ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލަ އަވަސްކުރުމަށް، އެ ޚިޔާނާތުން މަންފާވި ކަމަށް ބުނާ މީހުންގެ މައްސަލައާއި، ނުއަގުގައި ދޫކުރި ރަށްތަކުގެ ހަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުއެކީ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން މިކަން ހާމަކުރެއްވީ އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މެންބަރުން ފުރަތަމަ ފަހަރަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުކުރެއްވުމުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރިން އޭސީސީގައި ތިއްބެވި މެންބަރުންނާމެދު މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިއޮތީ އޭސީސީގެ މަސައްކަތްތައް ލަސްވެ ނަތީޖާ ނުނެރެވުމެވެ. މިއާއެކު އެ މެންބަރުން ވަކިކޮށް އައު މެންބަރުން އޭސީސީއަށް ލެއްވުމުގެ މަސައްކަތް މަޖިލީހުން އޭރު ފެށިއެވެ. އަދި މިހާރު އަލަށް އޭސީސީއަށް އައްޔަންކުރެއްވި މެންބަރުންނާއެކު ފުރަތަމަފަހަރަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ ގިނަ ސުވާލުތަކެއް އަމާޒުކުރެއްވީ އެމްއެމްޕީއާރުސީގެ މައްސަލައަށެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ރައީސް އިބްރާހިމް ޝާމިލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އެހެން އިދާރާތަކާވެސް ގުޅިގެން ކުރިއަށްގެންދާ މައްސަލައެއްކަމުން އެ އިދާރާތަކާއިވެސް މަޝްވަރާކޮށްގެން އަވަސްކުރެވޭނެ ހުރިހާމަގެއް ބަލަމުން އަންނަކަމަށް އޭސީސީގެ އައު ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއާއި ގުޅޭ މި ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި ހުރިހާ އިދާރާތަކެއް އެއްކޮށް އަޅުގަނޑުމެންނަށް ބައްދަލުކުރެވިއްޖެ. އަޅުގަނޑުމެންވާނީ ކުރިއަށްދާނެ ޕްލޭނެއް އެކުލަވާލުމަށާއި، މިހާރު އޮތް އެމްއޯޔޫ ރިވައިސްކޮށް އަލުން މަސައްކަތްތައް ބައްޓަންކުރާނެގޮތަކަށް އެއްބަސްވެވިފަ. އެހެންވީމަ މިހާރު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާއެކު އެކޮމިޝަންގައި ހުރި ހުރިހާ ވަސީލަތްތަކާ އެތާގަހުރި އެވިޑެންސްއާ އެތާގަހުރި އެހެނިހެން ކަންކަމާ ކިހިނެއްތޯ ޓްރާންސްފަރކުރާނީ އެމަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ވާހަކަ ދެކެވި އެއްބަސްވެވި މާދަމާ އަޅުގަނޑުމެން ޓްރާސްފާކުރުމުގެ މަސައްކަތް ފަށާނަން. – އޭސީސީގެ ރައީސް ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ، އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ ހަމައަގު އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެކޮމިޝަންގެ ތަހުގީގްތައް އެންމެ ބޮޑަށް އަމާޒުކުރައްވާނެ އެއްދިމާލަކީ އެ ރަށްތަކުގެ ހަމަ އަގު ދައުލަތަށް ހޯދުންކަމަށެވެ.

ރަށްތަކާއި ގުޅޭގޮތުން އަޅުގަނޑުމެން ބަލާލިއިރު އޮޑިޓްރިޕޯޓުންވެސް ރަށްތަކާއި ގުޅިގެންވެސް ހަމަ އަގު ކަނޑައަޅާފައިއެބައިން. އެހެންވީމަ އަޅުގަނޑުމެންގެ ތަހުގީގްތައް ބައްޓަން އެންމެ ބޮޑަށް ކުރާނެ އެއް ދިމާލަކީ އަސްލު މި ރަށްތަކާއި ގުޅޭ ބައިގަވެސް ދައުލަތަށް ހަމައަގު ކުރެވޭނީ ކޮންގޮތަކަށްތޯ ބަލައި އެ ރިކަވާކުރެވޭނެ ދިމާލެއް ވަރަށް ބޮޑަށް ބަލާނަން. – އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފަށް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ހަމައަގު ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް އޭސީސީން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ ރަށްތަކުން ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ވެފައިވާކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެއެވެ.

އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހާ އެސެޓް ރިކަވަރީ ކޮމިޝަނުން ހިއްސާކުރި ލިސްޓްގައިވެއެވެ. އޭސީސގެ ރައީސް ވިދާޅުވީ، އެއް ލިސްޓަށް ވުރެ ގިނަ ލިސްޓު އުޅޭކަމަށާއި، ވިސްނުން ހުރީ އެސެޓް ރިކަވަރީ އާއި މަޖިލީހުން އާއްމުކުރި ލިސްޓު އެހެން ގޮތަކަށް ކިރާލަން ޖެހޭތޯ ބެލުންކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!