ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓިއުޝަން ޓީޗަރެއްގެ މައްސަލަ ބަލަނީ

ހުޅުމާލޭގެ ގެއެއްގައި ޓީއުޝަން ޓީޗަރެއް 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ, ހުޅުމާލެ ގެއެއްގައި ޓިއުޝަން ޓީޗަރެއް 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާި, އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަަތައް މިފަހަކަށް އައިސް ރާއްޖޭގައި މިވަނީ އިތުރުވެފައެވެ. އަދި މިފަދަ މައްސަލަތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ގިނަ މީހުން ދޫކޮށްލެވިފައިވާ މައްސަލަތަކަކީވެސް ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!