ވިއްސާރަވެ ވައިގަދަ ވެ، އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލާފިއެވެ.
އެމްއެންޑިއެފް އިން ހާމަކޮށްފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާއި ގުޅިގެން ސިފައިން އެހީތެރިވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އަދި ދެކުނުގެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 23 މޭލު ބާރުމިނަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.