ޚަބަރު
ލައިސަންސް ނެގުމުގެ ކުރިން ވަކި ވަގުތެއް ވަންދެން މިހާރު ދުއްވާކަށް ނުޖެހޭނެ

އެއްގަމު އުޅަދުގެ ލައިސަންސް ނެގުމުގެ ކުރިން ވަކިވަކުތެއް ވަންދެން ދުއްވަން ޖެހޭ ގޮތަށް އޮތް މާއްދާ ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ.

މިދިޔަ ޖަނަވަރީމަހު އާއްމު ކުރި ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވައިދު ބުނާ ގޮތުން އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމުގެ ގޮތުން އުޅަނދު ދުއްވުމުގެ ޢަމަލީ ތަމްރީނުގައި، ކޮންމެ ބާވަތެއްގެ އުޅަނދެއް ދުއްވަން ވެސް ވަކި ވަގުތެއްގެ ތަމްރީނެއް ހަދަން ޖެހެއެވެ. އެތަމްރީން ފުރިހަމަ ކުރަން ޖެހެނީ ވެސް ޓްރޭނިން ސްކޫލެއްގައެވެ.

އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިވަނީ އެޤަވައިދުގައިވާ ވަކިވަގުތަކަށް ދުއްވަން ޖެހޭ މާއްދާ އުވާލާފައެވެ.

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް، ކޮންމެ ޑްރައިވިންގ އިންސްޓްރަކްޓަރަކު ފުރިހަމަކުރަންވާނެ ކަމަށް އޮތް މާއްދާއަށް އަމަލު ކުރުން ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ.

މީގެއިތުރުން އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ ތަންތަނުގައި މަސައްކަތް ކުރާ އިންސްޓްރަކްޓަރުން ފުރިހަމަ ކުރަން ޖެހޭ ތަމްރީންތަކާއި، އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި، މަދުވެގެން ހަ ގަޑިއިރު ހޭދަކުރަންވާނެ ކަމަށާއި ޑްރައިވިންގ އިންސްޓްރަކްޓަރުން އިމްތިޙާނު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި، ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓެއް ހިމަނަންވާނެ ކަމަށް އޮންނަ މާއްދާ އަށް އަމަލު ކުރުން ވެސް މިހާރު ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ.

  1. ކިރަން

    މަނީމަނީ
    ބޯކޮއް