ޚަބަރު
ކޫއްޑޫގައި މަސްވެރިން ކުރަމުން ގެންދާ އިހުތިޖާޖްއަށް ހިތްވަރުދޭ ކަހަލަ ޕޯސްޓެއް ރައީސް ނަޝީދު ކުރައްވައިފި

ގއ.ކޫއްޑޫގައި މަސްވެރިން ހިންގަމުންދާ އިހުތިޖާޖަށް ހިތްވަރު ލިބޭ ކަހަލަ ޕޯސްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރައްވައިފިއެވެ.

ބޮޑުބެރު ލަވައެއް ޝެއަރކުރައްވަމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮޔޮޅާ ވައިހުރި ކޮޅަކަށް ދުއްވާށޭ މަސްކިރޭނެ ގޮތް ހޯދޭނެ ކަމަށެވެ. މިޓްވީޓާއެކު ހިތްވަރުގަދަކަން ދެއްކުމަށް، މުލައްދަނޑީގެ ބާރު ދައްކައިދޭ އެމޯޖީ އެއް ވެސް އެމަނިކުފާނުގެ ޓްވީޓްގައި ބޭނުންކުރައްވާފައިވެއެވެ.

އެހެންކަމުން މިފަދަ ޓްވީޓަކީ ކޫއްޑޫ ބަނދަރުގައި އިހުތިޖާޖް ކުރަމުުންދާ މަސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކޮށްފައިވާ ޓްވީޓެއް ކަމުގައި ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ހިޔާލު ފާޅުކުރަމުންނެވެ.

މިފްކޯއިން ހިންގާ ކޫއްޑޫގައި މަސްވެރިން އިހުތިޖާޖުކޮށް، އެތަނުުގެ އޮޕަރޭޝަންތައް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ރައީސް ނަޝީދު ހިއްސާކޮށްފައިވާ ލަވައަކީ ވެސް މަސްވެރިންގެ މަސައްކަތްތައް ފާހަގަކޮށް މަސްވެރިންނަށް ހިތްވަރު ދިނުމުގެ ޖޯޝާއި ރޫހުގައި ހަދާފައިވާ ޅެމަކަށް ރާޅުގަނޑު ބޮޑުބޭރު ގުރޫޕުން ތައްޔާރުކޮށްފައިވާ ފޯރިގަދަ ބޮޑުބެރު ލަވަ އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!