ޚަބަރު
ވަގުތީގޮތުން ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްކިރޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ގޮވާލާ ގަރާރެއް

ހޮރައިޒަން ފިޝަރީޒް އިން ގދ.ހޯޑެއްދޫގައި ހަދަން ފަށާފައިވާ ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ނިމި އެތަނުގެ ިޚިދުމަތް ވަގުތީގޮތުން ހުވަދޫ މަސްވެރިންނަށް ފޯރުކޮށްދިނުމަށް ގޮވާލައި ހޯޑެއްދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ހޯޑެއްދޫ ކައުންސިލުން ނެރުނު އެ ގަރާރުގައި ބުނެފައިވަނީ އެރަށަކީ ޒަމާނުއްސުރެ އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް ބާނަމުންދާ އަދި މިހާރުވެސް ރާއްޖޭގެ ރިކޯޑު ދަމަހައްޓަމުން އަންނަ އަތޮޅަށް ވީހިނދު އެއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ މަސް ނުކިރުމުގެ މައްސަލައާއި، މަސްވެރިންނަށްވީ ނުފުއްދި ލަސްވަމުންދާކަމީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަމައެހެންމެ ހުވަދު އަތޮޅުގައި މަސްވެރިކަން ތިޔާގިވެމަސްވެރިން ބާނާ މަސްކޮޅު ނުކިރި އުކައިލާ ހިސާބަށްގޮސް މަސްވެރިން އިހުތިޖާޖު ކުރަމުންދާ މިދަނޑިވަޅުގައި، މި ސަރަޙައްދުގައި ގާއިމްކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނުނިމި 16 އަހަރުވެފައިވާ ކަމަށާއި، އެކަމަކީ މިއަދު އަނެއްކާވެސް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއްކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

އަދި ހޮރައިޒަން ފިޝަރީޒް އިން ހޯޑެއްދޫގައި ހަދަން ފަށާފައިވާ ހުވަދޫ ފިޝަރީޒް ކޮމްލްޕެކްސްގެ ކޯލްޑް ސްޓޯރޭޖް ނިމި އެތަނުގެ ޚިދުމަތް މަސްވެރިންނަށް ފޯރުކޮށްދެވިއްޖެ ނަމަ މިއަދު ދިމާވެފައިވާ ހާލަތުން އަރައިގަނެވޭނެ ކަމަށްވެސް އެކައުންސިލުން ނެރުނު ގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން މިހާރު މިއޮތް ހާލަތަށް ރިއާޔަތްކޮށް ވަގުތީގޮތުން ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްކިރޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެކައުންސިލުން ވަނީ ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!