ޚަބަރު
ކޫއްޑޫ ފަޅުގައި ތިބި މަސްދޯނިތަކުން ބޭނި ހުރިހާ މަހެއް ލިމިޓެއްނެތި ކިރަން ފަށައިފި

ކޫއްޑޫ ފަޅުގައި ތިބި ދޯނިތަކުން ބޭނި ހުރިހާ މަހެއް ލިމިޓެއްނެތި ކިރޭނެގޮތް ސަރުކާރުން ހަމަޖައްސައި ދިނުމުން މަސްދޯނިތަކުގައި ހުރި މަސްތައް ކިރަން ފަށައިފިއެވެ.

ސަރުކާރުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށާއި މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެ ޕްލޭނެއް ހަދާފައިވާ ކަމަށެވެ.

މީގެއިތުރުން މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް މިހާރުވަނީ ހަމަޖައްސައިދީފައެވެ. މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށާއި މިވަގުތު ކޫއްޑޫ ފަޅުގައި ހުރި ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވެ މިދިޔަ ހަފްތާގައި ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނާފައިވާތީ މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ. އެހެންކަމުން މަސްވެރިން މެދުކެނޑުމެއްނެތި ކޫއްޑޫގައި އިހުތިޖާޖް ކުރަމުން ދިޔުމުގެ ސަބަބުން ކޫއްޑޫގެ އޮޕަރޭޝަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މަސްވެރިން ބާނާ މަސް ތާޒާކޮށް ހުއްޓާ ގަތުމަށްފަހު ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރ ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ސަރުކާރުން ވަނީ މިހާރު ރާއްޖެ ގެނެސްފައެވެ. އަދި މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ ގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖް 500 މެޓްރިކް ޓަނަށް ބަދަލުކޮށްފައިވާ ކަމަށާ އަދި މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ކެޕޭސިޓީ 8 ގުނަ އިތުރުވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެ ގޮތުން 4،000 މެޓްރިކް ޓަނަށް އާ ކޯލްޑް ސްޓޭރޭޖް ބަދަލުވެ، ކޫއްޑޫގައި މިހާރު ގާއިމުކޮށްފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރެވިގެންދާނެއެވެ. އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ގދ ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަދި މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންގާފައެވެ.

  1. ޓަނޑާ

    ތިބިި ކިޔަންްް އެއީީ ދޫނިތަކެއްތަަ؟