މަޢުލޫމާތު
އިމޯޝަނަލް އެޑިކްޝަނާ ކުރިމަތިލާނީ ކިހިނެއް؟ ތަޖުރިބާކާރުންގެ ޚިޔާލު

އަމިއްލަ ހަށިގަނޑަށް ރައްކާތެރިކަން އިހުސާސް ކުރެވުމާއި އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެން އަހަރަމެން ދަސްކުރަން ޖެހެއެވެ. ޚާއްސަކޮށް ނާރުގެ ނިޒާމުގެ ތަފާތު ބަލިތައް ތަޙައްމަލުކުރަމުންދާ މީހުން މިއީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް، ހަމަހިމޭން ވަގުތުކޮޅެއް ހޯދައި، އަމިއްލަ ނަފުސަށް ހަމަހިމޭންކަން އިޙްސާސް ކުރާށެވެ. ކޮންމެ ދުވަހެއްގައިވެސް، ކުޑަ ވަގުތުކޮޅެއް ހޯދައި، ބޭރަށްގޮސް، ހަމަޖެހިގެން ފުން ނޭވާލައި، އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވައި، ކުޑަ ވަގުތުކޮޅަކަށްވެސް، ދިރިއުޅުމުގައި ނުވެ، ނިންމަންޖެހިފައިވާ އެތަކެއް ކަމަކާއި، ކްރައިސިސްތައް މަތިން ހަނދާން ނައްތާލައި އަމިއްލަ ވަގުތުކޮޅެއް ހޭދަކޮށްލަންޖެހެއެވެ.

އަހަރަމެންގެ ތެރެއިން ބައެއް މީހުންނަކީ، އަހަރަމެން އުންމީދުކުރާ ގޮތަކަށް ޅަފަތުގައި ތަރުބިއްޔަތުކުރެވިފައިވާ ބައެއް ނޫނެވެ. އަހަރަމެންގެ ވަރަށްގިނަ ގެތައް ވަނީ ނަފްސާނީ ހަމަނުޖެހުމާއި، ކަންބޮޑުވުމާއި، ކަންބޮޑުވުމުގެ ސާލެއްގައި އޮޅި ލާމެހިފައެވެ. އެފަދަ ގެތަށް ވެފައިވަނީ ތާއަބަދު ހިތްދަތިކަމާއި، ނުރައްކަލުން ފުރިގެންވާ މާހައުލުތަކަށެވެ. އެފަދަ މާހައުލުތަކުން އަހަރަމެންނަށް ދަސްވެފައި ވަނީ، ތާއަބަދު ހުރިހާ އުފަލަކުން މަހުރޫމްވެ އުޅުމެވެ. އަދި އެފަދަ މާހައުލު އަހަރަމެންނަށް ދަސްކޮށްދިނީ، އެނޫންގޮތެއް އަހަރަމެންނަށް ނެތްކަމުގައެވެ. މިގޮތުން އަހަރަމެންގެ ސިކުނޑިތަކާއި، އަހަރަމެންގެ އުޅުމާއި ގުޅުން ބައްޓަންވެފައި ވަނީ، އަހަރަމެން އުޅެ ބޮޑުވި މާޙައުލުން ދަސްވި އެއްޗަކަށް ބިނާކޮށެވެ. އަދި އަހަރަމެންނަށް ދަސްވެގެންދަނީ، ކޮންމެ ދުވަހަކު، ހިތްދަތިކަމާއި، ހާސްކަން ކުރިމަތިލާންޖެހޭނެކަމަށައި، އެއީ އާންމު ހާލަތު ކަމުގައި އަހަރަމެންނަށް ވަކިހިސާބަކުން ޤަބޫލުކުރެވެއެވެ. ހާސްކަމާއި، ހިތްހަމަ ނުޖެހުން ނޫން ގޮތެއް ދިރިއުޅުމުގައި ކުރިމަތި ނުވާނޭކަމަށް ވަކިހިސާބުން އަހަރަމެންނަށް ވިސްނެއެވެ.

އަހަރަމެންނަށް ކުރިމަތިވާ މިފަދަ ހާލަތުން އެއީ އިމޯޝަނަލް އެޑިކްޝަންއަށް ވެގެންދެއެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އެޑިކްޓްވާން މެދުވެރިވެއެވެ. އަހަރަމެން، ވިސްނާފިކުރުކޮށް، އަޅުގަނޑުމެން ތަރުބިއްޔަތުވެ، އެންމެ ބޮޑަށް ގުޅުން ހުރި ކަންކަމާ ދޭތެރޭގައި، އަޅުގަނޑުމެން ނަށް ނަފްސާނީ ގޮތުން ކަންބޮޑުވުމާއި ހިތާމައިގެ ޝިކާރައަކަށް ވެ، އެ ޑިކްޓްވެގެން ދަނީއެވެ. އެހެންކަމުން، އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއްނެތް މާޙައުލަކަށް އަހަރަމެން ދޫކޮށްލުމުންވެސް، މިއެޑިކްޝަންގެ ސަބަބުން އަޅުގަނޑުމެންނަށް ބިރުވެރިކަން އުފެދި، ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ތަފާތު ހުރަސްތަކެއް ކުރިމަތިވެގެންދެއެވެ.

މި އިމޯޝަނަލް އެޑިކްޝަނަށް ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟ ސައިކޮލޮޖިސްޓް ނިކޯލް ލެޕެރާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އިމޯޝަނަލް އެޑިކްޝަންގެ މައްސަލައަށް ހައްލެއް ހޯދުމަށް ބިހޭވިއަރަލް ޕެޓާން، ބަޔޯކެމިކަލް ރިއެކްޝަންސް އަދި ކަންބޮޑުވުން އިހްސާސްކުރުން ހުއްޓުވިދާނެ ގޮތްތައް ހިއްސާކޮށްފައި ވެއެވެ.

ނިކޯލް ބުނި ގޮތުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުން އަހަރެމެންގެ އިމޯޝަނަލް ތަރުބިއްޔަތުގެ ބޭސްލައިން ގެ ގޮތުގައި ކަންބޮޑުވުމާއި ޓްރޯމާ އަށް މިހާ ބޮޑަށް އާދަވެފައި ހުންނަ ބައެއް ކަމަށާއި، އެކަނި މާއެކަނި ނުވަތަ ކަންބޮޑުނުވާ މާހައުލެއްގައި އުޅޭއިރު، ގޭގައި އިހްސާސް ކުރެވޭ ހޯމޯންތައް ގެއްލިގެން ދާން ފަށާ ކަމަށެވެ. މިގޮތުން އަމިއްލަ ގުޅުންތައް ހަލަބޮލިކޮށް، ނުވަތަ ދިރިއުޅުމުގައި ކަންބޮޑުވުމާއި ހިތާމަ އުފެއްދުމަށް ޓަކައި ފިޔަވަޅު ތަކެއް އަޅަން އަބަދުވެސް މަސައްކަތް ކުރެވެއެވެ. އަދި އުޅެ ބޮޑުވެފައިވާ މާހައުލެއްގައި އެންމެ ބޮޑަށް އިހްސާސް ކުރެވޭ އިމޯޝަނަލް ހާލަތަށް ރުޖޫއަވުމަށް އަބަދުވެސް މަސައްކަތް ކުރެވެއެވެ.

ނިކޯލް ބުނެފައިވާގޮތުން ހަށިގަނޑަށް އަމާންކަން ދޭން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ދަތުރެއް ކަމުގައެވެ. ކޮންމެ ދުވަހެއްގައިވެސް ކުޑަވަގުތުކޮޅެއް ހމަހިމޭންކަން މަތީ ދެމިހުރުމަކީ މުހިންމު ކަމެއް ކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދޭށެވެ. ކްރައިސިސްއެއްގައި ނުވަތަ، ދިރިއުޅުމުމުގައި ކުރަންޖެހިފައިވާ ކަންކަން ނުނިމިގެން އެކަންކަމާއި އަބަދު ވިސްނައި ފިކުރު ކުރުން މަދުކޮށްލާށެވެ. ނުހުރުމާއި ނަފްސާނީ ގޮތުން ރުޅިވެރިކަން އުފެދޭ މާހައުލުތަކުން ކުޑަވަގުތުކޮޅަކަށް ނަމަވެސް ދުރުހެލިވުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ހައްލެކެވެ. ދިރިއުޅުމުގައި، ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރުމާއި އެކު، ދިރިއުޅުމުގައި ހާޞިލްވެފައިވާ އުފާތައް މަތިން ހަނދާންކޮށް ވިސްނާލުމަށް ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ހިތްހަމަޖެހޭ ނުވަތަ ރަނގަޅު ކަމެއް މީހެއްގެ ފަރާތުން ކުރިމަތިވުމުންޝުކުރު އަދާކުރަން ދަސްކުރާށެވެ. ހަމަނުޖެހުމެއްގެ ތެރޭގައި ތަރުބިއްޔަތު ވެފައިވުމުން، ހަމަޖެހުން ނޭނގި، ބިރުވެރިކަމެއްގެ ތެރެއަށް އަމިއްލަ ދިރިއުޅުން ވައްޓާ ނުލާށެވެ. އަމިއްލަ ނަފްސަށް ކެތްތެރިވެ އޯގާތެރިވާން ދަސްކުރާށެވެ. ނިކޯލް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

މީގެ އިތުރުންވެސް އަހަރަމެންނަކީ، ވަކި ފަރާތަކުން ހައްދަވާފައިވާ، ވަކި މަޤްސަދެއްގައި މިދުނިޔެއަށް ފުނުވިފައިވާ ބައެއްކަން ހަނދާން ނެތިކޮށްލެވެކަމީ، ދިރިއުޅުން ބަނަވެ، އެމީހެއްގެ ދިރިއުޅުން ހިތާމަޔާއި، ނުތަނަވަސްކަމުގެ ސާލަކުން އޮޅިގެންދާ އެއްސަބަބު ކަމުގައި ޤަބޫލުކުރެވެއެވެ. ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރާ ހާލު، އެހެން މީހުންނަށް ހެޔޮގޮތް ވުމަށް އެދޭށެވެ. އަނެކާއަށް ހިތް ސާފުކުރާށެވެ. ހެއްދެވިފަރާތާއި އޮންނަ ގުޅުން ބަދަހި ކުރާށެވެ. ހެޔޮ ޢަމަލުތައް ގިނަކުރުމާއިއެކު، ދިރިއުޅުން ބާއްޖަވެރިވެ، ދުނިޔެއާއި އާޚިރަތުގެ ދަރުމައާއި ސަވާބަށް އެދި މަސައްކަތް ކުރާށެވެ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުން، އިމޯޝަނަލް އެޑިކްޝަން ފަދަ ތަފާތު ހިތްދަތިކަމާއި ނުތަނަވަސްކަމުން، އަރައިގަތުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!