ޚަބަރު
ރާއްޖޭގައި ބޭނި“ބްލެކް ސްނޫކް”އެއް، ދުނިޔޭގެ ރެކޯޑު ފޮތަށް

ރާއްޖޭގައި ފަތުރުވެރިއަކު ބްލެކް ސްނޫކް” މަހެއް ބާނައިފިއެވެ.

މިމަސް ބާނާފައި ވަނީ ޓްރިސްޓަން ތެރަރޯޓުއާ ނަމަކަށް ކިޔާ  އެމެރިކާ ރައްޔިތެކެވެ. ރާއްޖެއިން ބޭނި ބްލެކް ސްނޫކް މަހުގައި 14.06 ކިލޯގްރާމް ހުރިއިރު އެމަހުގެ ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

ޓްރިސްޓަން ބޭރުގެ މީޑިއާތަކަށް ދީފައިވާ އިންޓަރވިއުތަކުގައި ބުނީ އޭނާ އައްޑޫ ސްޕޯޓްސް ފިޝިންގެ ގައިޑެއް ކަމަށްވާ އަބްދުﷲ އާނިފްއާއެކު މަހަށްގޮސް ނަނު ކަނޑަށް ދޫކޮށްލުމަށްފަހު މަސް ނަނުގައި ގަންނަން ނެގީ 30 ވަރަކަށް ސިކުންތު ކަމަށެވެ.

މިމަހުގެ ފޮޓޯ ވީޑިއޯ އަދި މަސްކިރާ މިންއެޅި ހުރިހާ އެއްޗެއް އައިޖީއެފަށް މިހާރު ވަނީ ހުށައަޅާފައެވެ.

މީގެކުރިން ބާނާފައިވާ އެންމެ ބޮޑު ބްލޭކް ސްނޫކްގައި 12:50 ކިލޯ ހުރިއިރު، ރާއްޖެއިން ބޭނި 14.06 ކިލޯގެ މިމަސް ދުނިޔޭގެ ރެކޯޑަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އައިޖީއެފުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!