ޚަބަރު
ބަންގީގެ އަޑަށް ކުރި އަސަރުން އަންހެނަކު އިސްލާމް ދީން ޤަބޫލުކޮށްފި

މިހިނގާ ރަމަޟާންމަހު ފިރިމީހާއާ އެކީ ތުރުކީއަށް ކުރި ދަތުރެއްގައި ބަންގީގެ އަޑު އިވި އަންހެނަކު އިސްލާމް ދީން ޤަބޫލުކޮށްފިއެވެ.

ބޭރުގެ މީޑީޔާއެއް ކަމަށްވާ “ޑެއިލީ ސަބާ” ނޫހުން ބުނާގޮތުގައި ޔުކްރެއިންގެ އަންހެނެއް ކަމަށްވާ ޑަރިއާ ޔޮރޮޝެންކޯ ތުރުކީގެ ރެސްޓޯރެންޓެއްގައި  ކާން އިންދާ ބަންގީގެ އަޑު އިވުމުން ހިތަށް ވަރަށް އަސަރުކުރިއެވެ. ޑަރިއާ އާ ހަވާލާދީ މީޑީޔާ ރިޕީޓްތައް ބުނާ ގޮތުގައި މިއީ އޭނައަށް ބަންގީގެ އަޑު އިވުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ފިރިމީހާ އެކީގައި ބަންގި ގޮވި މިސްކިތް ކައިރިޔަށް ގޮސް މިސްކިތުގެ އިމާމާއި ޑަރިޔާ ބައްދަލުކުރިއެވެ.

އިމާމު މީހާ ބަންގި ގޮވިލެއް ފުރިހަމަ ކަމުން ޑަރިޔާ ވަނީ އޭނައަށް ތައުރީފްކޮށްފައެވެ. އަދި ބަންގީގެ އަޑު އިވުމުން އޭނަގެ ގައިން ހީބިހި ނަގައިގެން ދިޔަކަމަށާއި އޭގެ ފަހުގައި ކީރިތި ޤުރުއާން ދިރާސާ ކުރުމުން އިސްލާމްދީނަށް އޭނަ ޝައުޤުވެރިވާ ވާހަކަ އިމާމު މީހާ ކައިރީ ބުންޏެވެ.

ޔޫކްރެއިންއަށް ނިސްބަތްވާ މި އަންހެން މީހާ ވަނީ އިސްލާމްދީން ގަބޫލު ކުރުމަށްފަހު، އޭނާގެ ނަން ދަރްޔާއަށް ބަދަލުކޮށްފައެވެ. އަދި މިހާރު އޭނާ ދިރިއުޅެމުންދަނީ ތުރުކީގެ ހުޅަނގު އުތުރުގެ ޔަލޯވާ ސިޓީގައެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި، އާއިލާގެ އެހެން މެމްބަރުންގެ ހާލަތާމެދުގައި ކަންބޮޑުވާ ކަމަށް އޭނާ ވަނީ މީޑީޔާއަށް މައުލޫމާތުުދީފައެވެ. އަދި ހަނގުރާމަ ނިމުމުން، އެނބުރި ގައުމަށް ދިޔުމަކީ އޭނާގެ އުއްމީދެވެ.

މިފަދަ ގޮތަކަށް އަންހެނަކު އިސްލާމްވުމުން މީޑީޔާގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.މިދިޔަ ފެބްރުއަރީ 24 ވަނަ ދުުވަހު ރަޝިޔާއިން ޔުކްރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާނުލާ އަދިވެސް ކުރިޔަށް އެބަ ގެންދެއެވެ. މި ހަނގުރާމައާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގެރޭސިވިލާތް އަދި އެހެން ބައެއް ގައުމުތަކުންވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ. މި ހަނގުރާމައިގައި ޔޫކްރެއިންގެ އާންމު ރައްޔިތުންގެ ތެރެއިން 1،480 މީހުން މަރުވެފައިވާ ކަމަށް ޔޫއެންއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!