ޚަބަރު
ގައްދޫގައި ގޭދޮށު މަސްފެކްޓްރީއެއް އަޅަން ސަރުކާރުން ފުރުސަތު ދީފައިނުވާ ސަބަބު އޮޅުން ފިލުވަން ބޭނުން: ޒާހިރު

ގދ. ގައްދޫގައި ގޭދޮށު މަސްފެކްޓްރީއެއް އަޅަން ސަރުކާރުން ފުރުސަތުދީފައިނުވާ ސަބަބު އޮޅުން ފިލުވަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވައިފިއެވެ.

މީސްމީޑިޔާގައި ޒާހިރު ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައްދޫގައި ގޭދޮށު މަސްފެކްޓްރީއެއް ހަދަން ހުއްދަ ނުދިންކަމަށް ބުނެ އެކަމުގެ ސަބަބު އޮޅުން ފިލުވަން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އަރިހުން ލިޔުމުން ޖަވާބު ހޯދަން، ބޭނުންވާ ކަމަށާއި ގޭދޮށު މަސް ފެކްޓްރީއެއް ހަދާ ހިންގުމަކީ ވަޒީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ވައުދުނާމާގައި ހިމެނޭ ކަމަކަށް ވެފައި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނި ބަލައިގަނެވިފައިވާ ކަމެއް ކަމަށާއި ނަމަވެސް ގައްދޫ ކައުންސިލަށް ބޭރުގެ ފަރާތަކުން ހުށަހަޅާފައިވާ ބިޑާއި އެއްގޮތަށް ގޭދޮށު މަސްފެކްޓްރީ ހެދުމަށް ސަރުކާރުން ފުރުސަތު ދީފައިނުވާ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.

މިނިސްޓަރ އަމީރުއަށް އަމާޒު ކުރެއްވި ސުވާލުގައި ޒާހިރު ވިދާޅުވެފައިވަނީ “ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ގައްދޫ ކައުންސިލާއިއެކު ގޭދޮށު މަސްފެކްޓްރީއެއް ހިންގަން ތައްޔާރުވެތިބި ކަމަށް އެ ފަރާތުން ބުނުމާއިއެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓާ ސަބަބު ސާފުކޮށްދެއްވަފާނަންތޯ! އަދި މި ސިޔާސަތު ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރައްވަންތޯ؟” އެވެ.
ޒާހިރު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ސުވާލުތަކުގެ ޖަވާބު ލިޔުމުން ހޯދުމަށެވެ.

ގޭދޮށު މަސްފެކްޓްރީ އެޅުމުގެ އެއްވެސް ވާހަކައެއް ނުއިވި ގިނަ ދުވަސްތަކެއް ދިޔުމަށްފަހު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ގޭދޮށު މަސްފެކްޓްރީ އެޅުމަށް ގޮވާލާފައެވެ. އަދި މަސްވެރިކަން ކުރިއަރާނީ އެމަގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒު ކުރައްވާ ނެރުއްވި ލިޔުމެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!