ޚަބަރު
އައިއޭމް ފޯ ސްރީ ލަންކާ” ގެ ނަމުގައި ޔޮހާނީގެ ކެމްޕޭނެއް#

އަވަށްޓެރި ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ މާލީ އަދި އިގުތިސާދީ ދަތިތަކާ ކުރިމަތިވެފައިވާއިރު، އެ ގައުމަށް އެހީވުމުގެ ގޮތުން ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ފައިސާ އެއްކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.

“#އައިއޭމް ފޯ ސްރީ ލަންކާ” ގެ ނަމުގައި ޔޮހާނީ ފަށާފައިވާ ފައިސާ އެއްކުރުުމުގެ މި ކެމްޕޭންގެ އަމާޒަކީ މަދުވެގެން 25 މިލިއަން ޑޮލަރު އެއްކުރުމެވެ.

“މަނިކެ މަގޭ ހިތޭ” ލަވަކިޔައިގެން މަޝްހޫރުވި ޔޮހާނީ ބުނީ އޭނާ އެފަދަ މަސައްކަތެއް ފަށަން ނިންމީ ގައުމު ވެއްޓިފައި އޮތް އަނދަވަޅާ ހެދި ކަމަށާއި، ގައުމުގެ ބޭރު ދަރަނި ބޮޑުވެ، މުޅި ގައުމު އޮތީ ދަތި ހާލަތެއްގައި ކަމަށެވެ. އަދި މީގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ އުދާސްތައް ވެސް ކޮޅުން ލާފައިވާ ކަމަށް ޔޮހާނީ ބުންޏެވެ. އެއަށް މިހާތާނަށް 4،000 ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ވަނީ ލިބިފައެވެ.

ޔޮހާނީ ކުރިއަށްގެންދާ މި ކެމްޕޭނާ ގުޅުވައިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު،، އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރިއަށްގެންދާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް މިއީ ސިޔާސީ ބަޔަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!