ސިވިލް ސާރވެންޓުންގެ ފެންވަރު ވަގުތުން ބެލޭނެ މޮޑިއުލެއް ސިވިލް ސަރވިސްއިން ތައާރަފްކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މިއީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަަސައްކަތުގެ ދަށުން ތައާރަފްކުރި މޮޑިއުލްއެއް ކަމަށާއި މުވައްޒަފުންގެ ވަޒީފާއާބެހޭ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސީއެސްވިއުގަ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރު ތައާރަފު ކުރި “އީ ޕާފޯމަންސް މެނޭޖްމަންޓް” މޮޑިއުލެއް ކަމަށެވެ.
ގިނަ ބަދަލުތަކެއް ގެނެސް މިދިޔަ މަހުތެރޭގައި މިމޮޑިއުލް ބޭނުންކުރަން ވަނީި ފަށާފައެވެ. މި ނިޒާމުގެ ތެރެއިން މުވައްޒަފުންނަށް ހަވާލުކުރެވޭ މަސައްކަތްތަކާއި، އަމާޒުތަކާއި، މަސައްކަތް އިވެލުއޭޓްކޮށް އަދި މަސައްކަތް ނިންމާފައިވާ ގޮތްތައް ވަގުތުން ބަލާލެވޭނެއެވެ.
މިމޮޑިއުލް ބޭނުންކޮށްގެން މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި، އިރުޝާދުދެވުމުން މުވައްޒަފުންގެ މަސައްކަތަށް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރުވެސް މިކަމުގެ ސަަބަބުން ރަނގަޅުވެގެންދާނެކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އެންމެ ފުރަތަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމެއް ތައާރަފްކުރީ 2009 ވަނަ އަހަރުއެވެ.
ފުރަތަމަ ޙުދުމުހުތާރު ކަން ޓެސްޓް ކުރެވޭ ކަހަލަ ސިސްޓަމެ ހަދަންވީނުން