ޚަބަރު
މަޝްހޫރު ކައްޗާ ބަދާމު ލަވައިގެ ރޯދަމަހަށް ޚާއްސަ އާ ކަވާރއެއް – މަޤްބޫލުކަން ކައްޗާ ބަދާމަށް ދޫނުކުރޭ

ޔޫޓިއުބުގައި ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ ހިންދީ ލަވަ “ކައްޗާ ބަދާމް”ގެ މުޅިން އާކަވަރ އެއް މިވަނީ ޔޫޓިއުބަށް ނެރެފައެވެ. މިލަވަ އަކީ ޕާކިސްތާނުގެ ޔޫޓިއުބް ލަވަކިއުންތެރިއެއް ކަމުގައިވާ ޔާސިރު ސޮހަރްވަރްދީ މުސްލިމުންނަށް އެންމެ މުޤައްދިސް އަޅުކަމުގެ މައްސަރު ކަމުގައިވާ ރަމަޟާން މަހަށް ޚާއްސަކޮށްގެން، ރަމަޟާން މަހުގެ މާތްކަމާއި މަތިވެރިކަން ކިޔައިދޭ ޅެމެއްގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ވީޑިއޯ ލަވައެކެވެ.

ތަފާތު ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ވައިރަލްވެ، އިންޓަރނެޓް ބޭނުންކުރާ ގިނަ އަދަދެއްގެ މީހުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދި ހިންދީ ލަވަ “ކައްޗާ ބަދާމް”، މިލަވައިގެ އަޑު މަޑުމަޑުން ފަޑުވާން ފަށާފައިވަނިކޮށް، މިލަވައިގެ ރާގަށް ރަމަޟާން މަހާއި ގުޅުވައިގެން ޕާކިސްތާނުގެ މަޝްހޫރު ޔޫޓިއުބު ލަވަކިޔުންތެރިޔަކު ކިޔާފައިވާ ކަވާރ އަކަށް ބޮޑު މަޤްބޫލުކަމެއް އަންނަނީ ލިބެމުންނެވެ.

އިންސްޓަގްރަމް ނުވަތަ ފޭސްބުކް މިއަދުވެސް ސްކްރޯލް ކޮށްފިނަމަ، އިންޓަރނެޓް ބޭނުންކުރާ ތަފާތު މީހުން، އިންޑިޔާގެ މަގުމަތީގައި ޕީނަޓް ވިއްކާ މީހެއް ކަމުގައިވާ ބޫބާބް ބަޑަޔަކަރުގެ ކައްޗާ ބަދާމް ލަވަޔަށް ތަފާތު ޑާންސްތައްކޮށް ލާފައިވާ ތަފާތު ވީޑިއޯތަށް ޕޮޕްއަޕް ވާމަންޒަރު ފެނިގެން ދާނެއެވެ. ކައްޗާ ބަދާމް ލަވައިގެ މަޝްހޫރުކަން ފޯރާފައިވާ ހިސާބަށް ބަލާއިރު، ކޮރެޔާ އަދި އެމެރިކާގެ އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުގެ ތަފާތު ވައިރަލް ޑާންސްތަކުން ކައްޗާ ބަދާމް ލަވަ ބޭނުންކުރެއެވެ.

މިހާރު ޕާކިސްތާނުގެ މަޝްހޫރު ޔޫޓިއުބް ލަވަކިޔުންތެރިއެއް ކަމުގައިވާ ޔާސިރު ސޮހަރްވާދީ ވަނީ ކަޗާ ބަދާމްގެ މަގުބޫލު ޓިއުން އަށް ބިނާކޮށް މިއުޒިކް ވީޑިއޯއެއް ހަދައި އެވީޑިއޯ ޔޫޓިއުބްގައި ހިއްސާކޮށްފަ އެވެ. “ރޯޒާ ރަޚޫންގާ”ގެ ނަމުން ނަންދީފައިވާ މި ލަވައަކީ ރަމަޟާން މަހު ރޯދަ ހިފުމުގެ ގޮތުން ކިޔާފައިވާ ލަވައެކެވެ. އެ ލަވައިގައި ޔާސިރު ފެންނަނީ ދޫންޏަކާއި ބުޅަލެއް ހިފަހައްޓައިގެން ހުރެ، ހުރިހާ އެންމެން ރަމަޟާން މަހުގައި ރޯދަ ހިފަންޖެހޭ ގޮތް ކިޔައިދޭ ޅެމެއްގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ލަވަ ކިޔާ މަންޒަރެވެ.

މި ވީޑިއޯ 110،000 އަށް ވުރެ ގިނަ ވިއުސް އާއެކު ވައިރަލް ވެފައިވާއިރު މި އަދަދުތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މި ވީޑިއޯ ޓްވިޓާގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ. އެއްބަޔަކު މި ލަވައަށް އުފާވެރިކަމުގެ ޝުޢޫރު ފާޅުކޮށްފައި ވުމުގެ އިތުރުން، މިއުޒިކްގެ ސަބަބުން ގައުމުތަކުގެ މެދުގައި އޮތް ފަރަގު ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ލިޔެފައިވެއެވެ. އަނެއް ބަޔަކު ޓްރެކާ ބެހޭ ގޮތުން ހިއްސާކުރަން ތަފާތު ހެއްވާ މަޖާ ވާހަކަތައް ހިއްސާކޮށްފައި ވެއެވެ.

މި ލަވަ ކަޗާ ބަދާމް ކިޔާފައިވަނީ ވެސްޓް ބެންގާލްގެ ޕީނަޓް ވިއްކާ ބުބާން ބަދްޔާކަރް އެވެ. އެތައް މިލިއަން ވިއުސްއަކާއެކު މި ލަވަ ވައިރަލްވެފައިވާއިރު ބަދްޔާކަރް ސެލެބްރިޓީއަކަށް ވެގެން ގޮސް ތަފާތު އިވެންޓްތަކުގައި އޭނާގެ ޕާފޯމަންސް ފެނިގެން ގޮސްފައިވެއެވެ. ގިނަ އަދަދެއްގެ މީހުން ސޯޝަލް މީޑިޔާގައި ކައްޗާ ބަދާމް، މިލަވަޔަށް ތަފާތު ހެއްވާ މަޖާ ޑާންސްކޮށް، ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!