ރިޕޯޓް
ހަޤީޤީ ހާދިސާ: ހުވަދު އަތޮޅު ރަށެއްގައި އަންހެނެއްގެ ދިރިއުޅުމުގެ 10 އަހަރު ބަނަކޮށްލި ސިހުރުގެ ވާހަކަ

އެޑިޓަރުގެ ނޯޓް: ސިހުރުގެ މިހާދިސާއަކީ، ހަޤީޤީ ހާދިސާއަކަށް ވުމުން، މިހާދިސާ ކަވަރުކުރުމުގައި، އެއްވެސް މީހެއްގެ އަސްލު ވަނަވަރެއް، ނިސްބަތްވާ ރަށެއް މިލިޔުމުގައި ގެނެސްދެވިފައި ނުވާނެއެވެ. އަދި މިފަދަ މަޢުލޫމާތެއް ކިޔުންތެރިންނާއި ހަމަޔަށް ގެނައުމުގެ މަޤްސަދުތަކުގެ ތެރޭގައި، އެއްވެސް ބައެއް ބަދުނާމު ކުރުން ނުވަތަ، އެއްވެސް މީހެއްގެ ބޮލުގައި، ތުހުމަތެއް އެޅުވުން ހިމެނިފައި ނުވާކަން، ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ހުވަދު އަތޮޅުގެ ރަށެއްގެ އުމުރުން 53 އަހަރުގެ އަންހެނަކަށް ސިހުރުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކުރިމަތިވި، ކަޅު ވިލާގަނޑެއްގެ އިހްސާސްތައް ހުވަދޫ މީޑިއާ އާއި ވަނީ ހިއްސާކޮށްފައެވެ. މި ހިތްދަތި ވޭނީ، ހާދިސާ، ހުވަދޫ މީޑިއާގެ ކިޔުންތެރިންނާއި ހަމަޔަށް ގެނެސް ދިނުމަށް ހުވަދޫ މީޑިޔާ ނިއުސް ޓީމުން ވަނީ މަސައްކަތްކޮށްފައެވެ.

އެއީ މީގެ 10 އަހަރުގެ ކުރިން ފެއްޓިފައިވާ ސިހުރުގެ ކަންތައްގަޑެކެވެ. ނަމަވެސް، ބޮޑުވަރުވެ އުދަނގޫތަކެއް ވެގެން ދިޔައީ މީގެ ތިން އަހަރު ކުރިންނެވެ. މާތް ﷲ ގެ ރަޙްމަތްފުޅުން، ސިހުރު ބަލިކޮށް، ސިހުރު ހެދި ފަރާތް ފަޟީހަތްކޮށް، ސިހުރުގެ ވަބާއިން ފާތުމާދީ ސަލާމަތްކުރައްވައި، ޝިފާ ވަނީ ލިބިގެން ގޮސްފައެވެ.

މީގެ ތިންއަހަރު ކުރިން ރޯދަމަސް ތެރޭގައިވެސް އެކަމުގެ އަލާމަތްތައް ކޮންމެވެސް ވަރަކަށް ފެނުނު ކަމުގައި ފާތުމާދީ ބުނެއެވެ. ނަމާދަށް ތަރާވީހަށް ހުންނައިރު،  ވަރަށް  ގަދަޔަށް ފައިގައި ރިއްސުން ފަދަ ކަންކަން އޭރުވެސް ފާހަގަ ކުރެވުނެވެ. ރޯދަމަސް ނިމި 6 ރޯދަ ހިފަމުން ދިޔަ ދުވަސްވަރެވެ.

މީގެ ތިންއަހަރު ކުރިއެވެ. ފާތުމާދީ އުޅުނީ ރަށުގެ ޔޫތު ސެންޓަރ ވަޒީފާގައެވެ. ފުރަތަމަ ފާހަގަވީ، ގޮނޑީގައި އިށީދެ އިންނައިރު ކޮންމެވެސް ވަރަކަށް ފައިގެ ފަލަމަސް ގަނޑުން އާދަޔާ ޚިލާފަށް ދިލަ ހޫނެއް އަރާކަމުގެ އިހްސާސް ކުރެވެން ފެށުމެވެ. ނަމަވެސް މިއީ މާބޮޑު ކަމަކަށް ނަހަދައި އެއްވެސް މީހެއްގެ ކައިރީ މިވާހަކަ ފާތުމާދީ ބުނެފައި ނުވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކަކުލު ހުޅު، ފައިތިލައިގެ ހުޅު އަދި އަތުގެ ހުޅުތައް ދުޅަވެ ތަދުވާން ފެށިއެވެ. ދެން ރޯދަމަސް ނިމި ހަދުވަސް ރޯދައިގެ ތެރޭގައި، އަތާއި ފައި އަދި ހަށިގަނޑުގެ ތަފާތު އެކި ތަންތަން ދުޅަވިއެވެ. އަދި ދުޅަވެފައި ހުންނަ ތަންތަން ހަރުވެ، ގަޑުލައި، އަތާ، ފައި ހަރަކާތްކޮށް އުޅެން އުދަނގޫވެގެން ފިޔައެވެ.

ކީއްވެގެން ދިމާވާ މައްސަލައެއްކަން ނޭނގޭތީ، އަދި މާލޭގައި ދިރިއުޅޭ ކޮއްކޮއެއްގެ އިރުޝާދަށް، މާލެގޮސް، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވައިގެން އުޅުނު ދުވަސްވަރު އެތަނަށް ގޮސް ތަފާތު އެކި ޓެސްޓް ހެއްދި ކަމުގައި ފާތުމާދީ ބުނެއެވެ. ނާރު ބަލިތަކުގެ ޚާއްސަ ޑޮކްޓަރަކާއި، ކަށިގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކަށް ދެއްކުމުގެ އިތުރުން އެމްއާރު އައި ސްކޭނެވެސް ހެއްދި ކަމުގައި ފާތުމާދީ ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ރިޕޯޓަކުން، ފާތުމާދީގެ އެއްވެސް ސިއްޙީ މައްސަލައެއް ނުފެނުނެވެ. ހުޅުތައް ދުޅަވެފައި ތަދުވާތީ، ބައެއް ދަންނަ މީހުން ފާތުމާދީ އަށް ކުރިމަތިވީ، ރާއްޖެ ބަލީގެ ވައިގެ މައްސަލައެއް (އަރުތުރައިޓިސް) ކަމުގައި ބުނިއެވެ. އަދި މިމީހުން ދިވެހި ބޭސްވެރިކަމަށް ދިޔުމަށް ލަފާ ދިނެވެ. މިވެސް ވެދާނެ ގޮތެއްކަމަށް ވިސްނި، ކައިރި ރަށެއްގައި ދިރިއުޅޭ ދިވެހި ބޭސްވެރިކަން ކުރާ މީހަކާއި ބައްދަލުކޮށް، ދިވެހި ބޭސްވެރިކަމުގެ އަޖުމަ ބަލަން ފާތުމާދީ ބޭނުންވިއެވެ.

ދިވެހި ބޭސް އެޅުމަށް ކައިރި ރަށަކަށް ގޮސް، ފާތުމާދީ ބޭސްފެއްޓިއެވެ. ބޭސްވެރިޔާ ދިވެހި ބޭސް ތައްޔާރުކޮށް، ފާތުމާދީގެ މުޅިގައިގައި ދިވެހި ބޭސް އެޅިއެވެ. މިގޮތުން އެޅި ބޭހަކީ، ވަރަށް ގަދަޔަށް ގައިގައި ތަތްލައި ހިފާ ބޭހެއްގެ ގޮތުގައި ފާތުމާދީއަށް ފާހަގަކުރެވުނެވެ. އަދި ދިވެހި ރުކުގެ ރުއްކުރީގެ ފެން ތައްޔާރުކޮށް، އެފެނުން ފެންވެރުމަށް  ބޭްވެރިޔާ ބުނެ،ގެން އެކަންވެސް ކުރި ކަމަށާއި، ނަމަވެސް މިއިން އެއްވެސް ކަމަކުން، ފާތުމާދީއަށް ކުރިމަތިވެފައިވީ ތަކުލީފުތަކަށް އެއްވެސް ހައްލެއް ނުލިބުމުގެ ބަދަލުގައި އިތުރަށް އަޅާ ވޭން ބޮޑުވެ، އިތުރަށް ހާލަތު ގޯސްވި ކަމުގައި ފާތުމާދީ ބުނެއެވެ. އަދި ބޭސްވެރިޔާ ބޭނުންކުރި ތެލަކުން، މުޅި ހަށިގަނޑު މަސާޖުކޮށް ހާނައި ހެދުމުންވެސް، ލުޔެއް ނުލިބި އިތުރަށް އުދަނގޫ ބޮޑުވިކަން ފާތުމާދީއަށް ފާހަގަ ކުރެވުނެވެ. ދިވެހި ބޭހުންވެސް މާބޮޑު ކުރިއެރުމެއް ނުލިބުން ދިވެހި ބޭސްވެރިކަން ހުއްޓާލިއެވެ.

ފާތުމާދީ އަށް ކުރިމަތިވެފައިވީ ސިއްޙީ މައްސަލަޔަށް ލުޔެއް ނުލިބި، ދުވަސްވާ ވަރަކަށް ފާތުމާދީގެ ހާލަތު އިތުރަށް ގޯސްވަމުން ގޮސް، އެންމެ ފަހުން ހިގައި ބިގައި ނޫޅެވި، ބަލިއެދުގައި ތަންމަތީގައި އޮންނަން ފާތުމާދީއަށް ޖެހުނެވެ. އަމިއްލަ ބާރުގައި، އޮތް ފަޅިން އަނެއް ފަޅިއަށް ފުރޅިލުމުގެ ބާރެއްވެސް، ފާތުމާދީގެ ހަށިގަނޑުގައި ނެތި، ފާތުމާދީ ބަލިދާނުގައި އޮންނަން މަޖުބޫރު ވިއެވެ.

ފާތުމާދީއަކީ ގިނަ ބަޔަކު ދަންނަ، ދަނޑުވެރިއެއްކަމުން، ފާތުމާދީގެ ބަލިހާލުގެ ވާހަކަ ރަށުތެރޭގައި ދެކެވެއެވެ. މިގޮތުން ރަށުތެރޭގައި ބަޔަކު ދެއްކި ވާހަކަޔަކުން، އެރަށަށް ނިސްބަތްވާ މީހަކު، ފާތުމާދީއާއި ހަސަދަވެރިވެ، ފާތުމާދީ ހައްދާ ދަނޑުން ބޮޑު ނަފާއެއް ހޯދާތީ އެކަމާއި ހިތްހަމަނުޖެހި، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ފާތުމާދީގެ ދަނޑު ހެއްގުމުގެ މަސައްކަތް ހުއްޓުވާނެ ކަމަށް ބަޔަކު ކައިރީ ބުނެފައިވާ ކަމުގެ ވާހަކަ ބުނެފައި ވެއެވެ، އަދި ފަންޑިތަ ހަދައިގެން އެކަން ކުރަންޖެހުނަސް، އެކަންވެސް ކުރާނެކަމަށް އެބަޔަކު ކައިރީ ބުނެފައި ވެއެވެ. ރަށުތެރެއިން ބައެއް މީހުންގެ ތުންތުން މަތިން ދެކެވޭ ވާހަކަތަކުން، ފާތުމާދީއަށް ކުރިމަތިވެގެން އުޅޭ ކަމަކީ، މިކަމުގެ ސަބަބުން، ފަންޑިތަ އަދި ސިހުރަ ހާހޫރައިގެ ކަމެއްގެ ގޮތުގައި ރަށުތެރޭގައި ވާހަކަ ދެކެވެން ފެށިއެވެ. ނަމަވެސް ފާތުމާދީ މިފަދަ އެއްވެސް ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ބަލިހާލަތު ގޯސްވާތީ ދެވަނަ ފަހަރަކަށްވެސް ފާތުމާދީ މާލެ ދިޔައެވެ. އަދި މާލެގޮސް ޑޮކްޓަރަށް ދައްކައި ހެދުމަށްފަހުވެސް، ކޮއްކޮގެ ކިޔާވަރުން، މަޑަވެއްޔަށް ނިސްބަތްވާ ފަންޑިތަވެރިޔަކާއި ބައްދަލުކޮށް މިއީ ރަށުތެރޭގައި ކިޔާފަދައިން، ފަންޑިތަ އާއި ގުޅުން ހުރި ކަމެއްތޯ ބެލިއެވެ. މިގޮތުން ފާތުމާދީ އެނދެއްގައި ބާއްވައި ފަންޑިތަ ހަދާ މީހާ ކިޔެވިއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ވެސް އެއްވެސް ކަމެއް ވީކަމުގެ އިހްސާސް އަހަންނަން ނުކުރުވެއެވެ. ފާތުމާދީއަށް އޮވުނީ ކޮންމެވެސް ގޮތަކަށް ނިދިފައި ކަމުގައި އޭނައަށް ހީވިއެވެ. ކޮއްކި ކައިރީގައި ހުރިކަން އެނގުމުން، ވީ ކިހިނެއްހޭ އެހުމުން ކޮއްކޮ ބުނީ، އަހަރެން އޮތީ ލޯމަރައިގެން ކަމަށާއި، އެއްވެސް ވާހަކައެއް ނުދައްކާ ކަމަށައި، އަދި ދައްތައަށް ކަންތައް ވީގޮތް ދެއްކުމަށް ވީޑިއޯއެއް ނަގާފައިވާނެ ކަމުގައި ކޮއްކޮ ބުންޏެވެ. ފާތުމާދީ ބުނިގޮތުގައި ފާތުމާދީއަށް ފެނިގެން ދިޔައީ އޭނާއަށް ޤަބޫލުކުރަން އުދަނގޫ މަންޒަރެކެވެ. ފަންޑިތަވެރިޔާ ކިޔަވަން ފެއްޓުމާއިއެކު، އިރުކޮޅަކުން ފާތުމާދީގެ ބަނޑު އާދަޔާ ޚިލާފަށް ބޮޑުވެ، ފުއްޕައި، ވިހަން ތައްޔާރުވެފައި އިން އަންހެނެއްގެ ބަޑާއި އެއްވަރަށް ބަނޑު ވޯޑުވާ މަންޒަރު ވީޑިއޯ އިން ފެނިގެން ދެއެވެ. އަދި ކިޔެވުން ހުއްޓުމުން ކުރިން ބަނޑު ހިނދި ކުރިން ހުރި ގޮތަށް ބަދަލުވެއެވެ. މިއީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. އަދި އޭގެ ފަހުންވެސް ދެތިން ފަހަރަކު ފަންޑިތަ ވެރިޔާ ކިޔަވައި ފަންޑިތަ ހެދިއެވެ، ނަމަވެސް، ފާތުމާދީގެ ހާލަތަށް އެއްވެސް ބަދަލެއް ނައެވެ. ފަންޑިތަ ވެރިޔާ ބުނި އަގުވެސް ދިނުމަށްފަހު އަލުން އަނބުރާ ރަށަށް ފާތުމާދީ އައެވެ.

ފާތުމާދީއަށް ކުރިމަތިވެފައިވީ ސިއްޙީ މައްސަލަޔަށް ކުޑަވެސް ހައްލެއް ނުލިމުން، މާބޮޑު އުއްމީދެއް ނެތި އެހާލުގައި އުޅެން ފާތުމާދީއަށް މަޖުބޫރުވިއެވެ. ކުޑަކޮށް ގައިގައި ވަރު ހުންނަ ދުވަސްދުވަހު އެނދުން ތެދުވެ އުޅެވެއެވެ، ގިނަދުވަސް ދުވަހު އެނދުން ހިރިވެސް ނުލެވެއެވެ. ފެންވަރުވައި ހެދުން ލައްވައި ކަންތައް ކުރަނީވެސް ފިރިމީހާ ކަމުގައި ފާތުމާދީ ބުނެއެވެ. ކާންވެސް ދެނީ ފިރިމީހާ އަމިއްލަޔަށް، ތުއްތު ކުއްޖަކަށް ކާންދޭ އުޞޫލުންނެވެ. މިގޮތަށް ވަރަށް ހާލުދެރަކޮށް ބަލިދާނުގައި އޮއްވާ އެއްދުވަހަކު، ވަރަށް ގާތް ތިމާގެ އަންހެނަކު ފާތުމާދީގެ ހާލު ބެލުމަށް ގެއަށް އައެވެ. މިދައްތަ މީހާ ފާތުމާދީގެ ބުރަކަށީގައި އޯގާތެރިކަމާއެކު، ފާތުމާދީގެ ހާލަށް ހަމްދަރުދީ ވާހާލުގައި ފާތުމާދީ ކައިރީގައި ބުންނެއެވެ. ކޮއްކޯއެވެ. ކޮންމެވެސް ހެޔު ދުއާއެއް ރުޤުޔާއެއް ކުރެވޭތޯ ބަލަމާ ހިގާށެވެ. ފަހަރެއްގައި ކޮއްކޮގެ ހާލަތަށް ލުޔެއްވެސް ލިބިދާނެކަން ނޭނގެއެވެ. ޤުރުއާނުގެ ބައެއް އާޔަތްތަކަކީ ވަރަށް ބާރުގަދަ އަދި އެއިން ޝިފާ ލިބިދާނެ އެއްޗެއްކަމުގައި އެދައްތަ ބުނިއެވެ. މިގޮތުން، ފާތުމާދީގެ ބުރިކަށި ފިރުމަމުން، މިދައްތަ ރުޤްޔާއެއް ކުރިއެވެ. ވަކި ހިސާބަކަށް ދައްތަޔަށް ކިޔެވުނުތަނާ، ފާތުމާދީގެ ބަނޑު ފުއްޕައި ބޮޑުވިއެވެ. މިދައްތަޔަކީ ރުޤްޔާގެ ބައެއް އެނގުނު ނަމަވެސް، ރުޤްޔާކޮށް ނުއުޅޭ މީހަކަށްވުމުން، ފާތުމާދީއަށް ވީގޮތް ފެނުމުން ދައްތަވެސް ވަރަށް ބޮޑަށް ބިރުގަތެވެ. އަދި ފާތުމާދީއަށް ދިމާވެގެން އުޅެނީ ބޭސްވެރިކަމާއި ގުޅުންގުރި ކަމެއް ނޫނޭ ބުނަމުން ދައްތަ ނިކުމެގެން ދިޔައެވެ.

ސިހުރުގެ ކަމެއްކަން ޤަބޫލުކުރެވުނީ އެދައްތަ ރުޤްޔާކުރުމުން، ފާތުމާދީގެ ބަނޑު ފުއްޕައި، ބަދަލު އައުމުންނެވެ. މީގެ ކުރިންވެސް ފަންޑިތަ ހަދާމީހަކު ފަންޑިތަ ހެދުމުންވެސް އެގޮތަށް ވީނަމަވެސް، އެކަން ޤަބޫލު ކުރަން އުދަނގޫވި ކަމުގައި ފާތުމާދީ ބުނެއެވެ. ގިނަ މީހުން ބުނާގޮތުގައި ކުރިން ފަންޑިތަ ހެދި މީހާއަކީ، ޖިންނި ހަށިގަނޑަށް ވައްދައިގެން ފަންޑިތަ ހަދާމީހެކެވެ، އެހެންވެ، އޭނަގެ ބަސް ޤަބޫލުކުރަން އުދަނގޫވީ ކަމުގައި ފާތުމާދީ ބުނެއެވެ.

ފާތުމާދީގެ ބަނޑު ކުއްލިގޮތަކަށް މިގޮތަށް ބޮޑުވުމުން، ހަދާނޭ މާބޮޑު ގޮތެއް ނޭނގި، ފާތުމާދީ ގޮވައިގެން ފިރިމީހާ ރަށުގެ ސިއްޙީ މަރުކަޒަށް ދިޔައެވެ. އަދި އެޑްމިޓްކޮށް، އައިވީއެއް ގުޅުމުން، ބަނޑު އިތުރަށް ބޮޑުވެ، ބާރުތަކެއް އަރަން ފެށުމުން، ސިއްޙީ މަރުކަޒުގެ ނަރުހުންނާއި ޑޮކްޓަރުވެސް ބިރުގަނެ، އަނބުރާ ގެއަށް ފުނުވާލި ކަމުގައި ފާތުމާދީ ބުނެއެވެ. އަދި ގެއަށްގޮސް ހަމަޖެހުމުން، ބަނޑު ކުޑަވެ، ކުޑަކޮށް ހަމަޔަކަށް އެޅުނެވެ.

ވަރަށް ހާލުބޮޑުވެފައި ވަނިކޮށް މާލޭގައި ދިރިއުޅޭ އަންހެން ދަރިޔަކު ރަށަށް އައެވެ. އޭރުކޮންމެވެސް ވަރަކަށް މިއީ ސިހުރުގެ ކަމެއްކަން އެގެން ފަށައިފިއެވެ. އަންހެން ދަރިފުޅަށްވެސް ހުވަފެނުގައި ސިހުރު ހެދިކަމަށް ޝައްކުކުރެވޭ މީހުން ފާތުމާދީއަށް ގެއްލުންދޭން އުޅޭތަން ފެނިފައިވެއެވެ. ފާތުމާދީގެ އަންހެން ދަރިފުޅުގެ ފިރިމީހާ ހުސައިން ތަފާތު ރުޤުޔާ ސައިޓްތައް ބަލައި، ކިޔަވަންޖެހޭ ތަންތަނާއި، ރުޤުޔާ ކުރާނެ ތަފާތު ގޮތްތައް އޮޅުންފިލުވައި އަމިއްލަޔަށް ދަސްކުރިއެވެ. ފާތުމާދީއަށް ކުރިމަތިވި، ސިހުރުހާރައިން ސަލާމަތް ވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީވެސް ދަނބިދަރި ހުސޭނެވެ.

ސިހުރު ހެދިކަމަށް އަންހެން ދަރިފުޅު އައިޝާއަށް ހުވަފެނުގައި ފެންނަ އަދި ޝައްކު ކުރެވޭ ފަރާތަކީ، ފިރިމީހާ ހުސައިން އާއި އާއިލީގޮތުން ގުޅުންވާ ފަރާތެއް ކަމުގައި ވުމުން، އެފަދަކަމެއް އާއިލީގޮތުން ގާތް ބަޔަކު ކޮށްފާނެ ކަމަށް ހުސައިނުއަށް ޤަބޫލު ނުކުރެވެއެވެ. އަދި އަންހެނުން އައިޝާ ހީކުރާގޮތް އެއީ ރަނގަޅު ގޮތް ނޫންކަން ސާބިތުކުރުމަށާއި، މައިދަތަ ފާތުމާދީގެ ހާލަތަށް ލުޔެއް ހޯދޭނެ ކޮންމެވެސް ގޮތެއް ހޯދުމަށް ހުސައިން ބޭނުންވިއެވެ. މިގޮތުން ހުސައިން އަކީ ރުޤްޔާ ކުރާ މީހެއް ނޫން ނަމަވެސް، ދަސްކުރިއެއްޗެއްގެ ބޭނުން ހިފައި، އަމިއްލަޔަށް ކިޔަވައި ރުޤްޔާކުރުމުން، ފާތުމާދީއަށް އުދަނގޫ ކުރާ ޖިންނި ރުޅިއައެވެ.

ޖިންނި ބުނިގޮތުން، މައިދައިތައަށް ކުރިމަތިވެފައިވާ ހުރިހާކަމެއް ކުރިމަތިވެގެން އުޅެނީ، ހުސައިނުގެ ސަބަބުންނެވެ. ޖިންނި ބޮޑަށް ރުޅިއައީ، އަމިއްލަޔަށް އެކަން ކުރުމަށްފަހު، އެކަންކުރީ ކާކުތޯ ސުވާލުކުރުމުންނެވެ. ހައިރާންވެ ހުރެ، އެއީ ކިހިނެއް ވީކަމެއްތޯ ބެލުމުން، ސިހުރު ހެދިކަމަށް އަންހެންނަށް ހުވަފެނުގައި ފެންނަ، އަދި ޝައްކުކުރެވޭ ހުސައިނުގެ އާއިލާގެ މީހުން ސިހުރު ހަދައި، ހުސައިންގެ އަތަށްދީ، މައިދަތައަށް ކާންދިނީކަމުގައި، ޖިންނި ބުނިއެވެ. ޖިންނި ބުނިހެން މައިދަތައަށް ކުރިމަތިވި ހުރިހާކަމެއްވެސް ކުރިމަތިވީ ހުސައިނުއަށް ނޭނގި ނަމަވެސް ކުރެވުނު ކަމަކުންނެވެ. މިހިސާބުން، އެއީ ހަޤީގަތުގައިވެސް ވީކަމެއްކަން ހުސައިނުއަށް ޔަޤީންވިއެވެ. މިއީ ހުސައިން ވަރަށް ފިކުރުބޮޑުވެ، ކަންބޮޑުވެގެން ދިޔަ ކަމަކަށް ވެގެންދިޔައެވެ.

މިކަމުންވެސް އެނގިގެން ދިޔައީ، ކިތަންމެ ސިއްރުން ކުރިނަމަވެސް، ކަމެއް ހާމަކުރުމަށް ﷲ ތަޢާލާ، މިންވަރުކުރައްވާނަމަ، ކޮންމެ ވަގުތެއްގައިވެސް އެކަން ހާމަވެގެން ހިގައިދާނެކަމެވެ. ހައްޤުމަގުގައި ތިބި އެއްވެސް ކުށެއް ނެތް ބަޔަކަށް ގެއްލުމެއްދޭން ބޭނުންވިޔަސް، އެކަން ކާމިޔާބު ނުވާނެކަން މިހާދިސާއިންވެސް އެނގިގެން ދެއެވެ. އެހެން ރުޤްޔާކުރާ މީހަކު ގެނެސްގެން ދެން ރުޤްޔާކުރުމުން، އެއްވެސް ގޮތަކަށް ޖިންނި ފާތުމާދީގެ ހަށިގަނޑުން ނެރެވޭގޮތެއް އުޅެ އުޅެ ނުވިއެވެ. ވެގެން އުޅޭ ގޮތެއް ޖިންނި ކައިރިން އެހުމުން، ޖިންނި ބުނީ، ތިމަންނަ ބޭނުންވިޔަސް ނުނުކުމެވޭނެ ކަމުގައެވެ. ކީއްވެގެންތޯ އެހުމުން، ޖިންނި ބުނީ އޭރު އެވަގުތުވެސް، އެމީހުން ސިހުރު ހަދަމުން އަންނަ ކަމުގައެވެ. އަދި ފާތުމާދީގެ ތަފާތު އެކި ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ކުޑަ ބުދެއް އެގޭގައި ވަކިތަނެއްގައި ބާއްވާފައި އެބައޮތްކަމަށާއި، އެބުދަށް، ސިހުރު ހަދައި ޕިނެއް ޖަހާފައިވާ ކަމުގައި ޖިންނި ބުންޏެވެ. ޖިންނިއަށް ފާތުމާދީގެ ހަށިގަނޑުން ނުކުމެވޭނީ، އެބުދަށް ހަރާފައިވާ ޕިން ނެއްޓުމުން ކަމުގައި ޖިންނި ބުންޏެވެ.

ސިހުރުވެރިން ސިހުރު ހަދަން ބޭނުންކުރާ ބުދަކާއި ވައްތަރު ބުދެއްގެ ފޮޓޯއެއް

ފާތުމާދީގެ އަންހެންދަރިފުޅު އައިޝާ، ފުލުހުންނަށް ގުޅައި، މަންމަ މަރަށް ހާޒިރުވެފައިވާކަމަށް ބުނެ، މަންމަގެ ފުރާނަ ދުއްވާލުމަށް ބަޔަކު ސިހުރު ހަދަމުންދާކަމަށް ބުނެ، ސިހުރު ހަދަން މީހުން ތިބިކަމަށް ޖިންނި ބުނާ ގެއަށް ދިޔުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމުން، އެކަހަލަ ކަންކަމުގައި، އެހީތެރިކަން ނުދެވޭނެކަމަށް ބުނުމުން، އެހީތެރިކަން ދިނަސް ނުދިނަސް، މިކަން ހުއްޓުވަން މީހުން ގޮވައިގެން އެގެއަށްގޮސް އެކަން ހުއްޓުވާނެކަމަށް އައިޝާ ބުނެ، އަދި އިތުރު ހަމަނުޖެހުމެއް ހިގައިފި ނަމަ އޭގެ ޒިންމާ ނުނަގާނެކަމަށް އައިޝާ ބުނުމުން، އެގެއަށް އައިޝާމެންނާއެކު ފުލުހުން ދިޔުމަށް އެބަސް ވެ ދިޔައެވެ. ނަމަވެސް އަންނާނެކަމަށް ބުނިތާ 1 ގަޑިއިރު ވީއިރުވެސް އައިސްފައި ނުވުމުން، މާލޭކޮޅުގެ ފުލުހުންގެ އިސް ބޭފުޅަކަށް ގުޅުމަށްފަހު، އަލުން ގުޅައި، އަޔަސް ނަޔަސް އެގެއަށް ދަނީ ކަމަށް ބުނުމުން، އެއްވެސް ހަމަނުޖެހުވުމެއް ނުހިންގަން ބުނެ އެގެއަށް ހަމައެވަގުތު އައުމަށް ނުކުތީކަމުގައި ބުނިއެވެ. ފުލުހުން އައިޝާމެން ގެއަށް އައިސް، ފާތުމާދީގެ ހާލަތު އަމިއްލަ ލޮލުން ބެލުމަށްފަހު، އައިޝާއާއި އެކު، ސިހުރު ހަދަން ތިބި މީހުން ތިބިކަމަށް ލަފާކުރެވޭ ގެއަށް ފުލުހުންނާއިއެކު އައިޝާ ދިޔައެވެ. އައިޝާ އެގެއަށް ވަނީ މޯބައިލް ފޯނު ވީޑިއޯ ރެކޯޑިންގ އަށް ޖައްސައިގެންނެވެ.

އައިޝާ އެގެއަށް ވަތްއިރު، ޖިންނި ބުނިހެން، ސިހުރު ހަދަން އުޅުނު މީހުން އެކަމުގައި އަވަދި ނެތި އުޅުނެވެ. އަދި ޖިންނި ބުނިފަދައިން، ހުދު ކުލައިގެ ފޮތިން ހަދާފައިވާ ބުދެއް އެގޭގެ ތެރެއިން އައިޝާއަށް ފެނުނެވެ. އެބުދުގެ ކަރަށް ހަރާލާފައި ހުރި ޕިން އުފުރާލުމާއެކު، ފާތުމާދީ ހަށިގަނޑުގައި އުޅުނު ޖިންނި ފާތުމާދީ ދޫކޮށް ދިޔައެވެ. އަދި ފާތުމާދީއަށް އަޅަމުންދިޔަ، ވޭނާއި، އިހްސާސްކުރަމުން ދިޔަ ބަލިހާލަތުން ބޮޑު ލުޔެއް ލިބި ޝިފާ ލިބިގެން ދިޔައެވެ.

ސިހުރު ހަދަން ތިބި މީހުން ތިބި ގެއިން ނެގި ސާމާނު ގެއަށް ގެނެސް، ރުޤްޔާ ކުރި މީހާގެ ބެލުމުގެ ދަށުން، 7 ފަހަރު ފެންކިޔަވައި އަޅައި، އޭގައި ހުރި ސިހުރު ބާޠިލު ކުރިކަމުގައި ފާތުމާދީ ބުނެއެވެ.

މިހިސާބުން ފާތުމާދީގެ ބަލިހާލު ރަނގަޅުވެ އެހެން މީހުންނެކޭ އެއްގޮތަކަށް އާންމު ދިރިއުޅުމަށް ރުޖޫޢަ ވެވުނެވެ. ނަމަވެސް ސިހުރު ހަދާމީހުން ތަފާތު ތަންތަނާއި، ތަފާތު އެއްޗިއްސަށް ސިހުރު ހަދާފައި ހުންނާތީ، ހަދާފައި ހުންނަ ހުރިހާ ސިހުރެއް ބާޠިލު ވުމުން ނޫނީ، އެކަމަމުން ޝިފާ އެންމެ ފުރިހަމަޔަށް ލިބިގެން ނުދާނެއެވެ. މިގޮތުން އަދިވެސް ކޮންމެވެސް ވަރަކަށް ދޭތެރެ ދޭތެރއިން ގައިގައި ރިއްސައި ކަންތައް ވާކަމުގައި ފާތުމާދީ ބުނެއެވެ.

މީހުން ބުނާގޮތުގައި ފާތުމާދީއަށް ސިހުރު ހެދި މީހާ ސިހުރު ހަދަނީ، ޖިންނިއެއް އޭނާގެ މުސްކުޅި ތަންމަތިވެފައި އޮންނަ މަންމަގެ ހަށިގަނޑަށް ޖިންނި ވައްދައިގެންނެވެ. ފާތުމާދީއަށް މީހަކު ރުޤުޔާ ކުރަމުން ދިޔައިރުވެސް، އެގޭތެރޭގައި ހިގާ ހުރިހާކަމެއް ސިހުރުވެރިޔާއަށް އޭނާ ގެންގުޅޭ ޖިންނި ކިޔައިދޭ ކަމަށެވެ. ރަށުގެ ބައެއް މީހުން ބުނާގޮތުގައި، ރޭގަނޑު ދަންވަރުވެސް، ސިހުރު ވެރިޔާގެ މަންމަ ރޮއި ހޭރި ހަޅޭލަވާ އަޑު ކިތަންމެ ރެޔަކު އެރަށު މީހުންނަށް އިވިފައި އެބަހުއްޓެވެ.

ރުޤްޔާކުރުމުން އެނގުނު ގޮތުގައި އެރަށު ބޯޅަ ދަނޑުގެ އެއްކޮޅުގައި ހެދިފައި ހުރި ބޮޑު ގަހަކަށްވެސް ސިހުރު ހަދައި ފޮތީގައި އެއްޗެހި ލިޔެ ގަހުގެ މުލުގައި ނުފެންނަ ގޮތަށް ވަޅުލާފައި ހުރިކަމުގައި ވެއެވެ. އެގަސް އެއްކޮށް ކަނޑައި ނަގައި، މުލާއިއެކު ނަގައި އަންދާލާފައިވާކަމުގައި ފާތުމާދީގެ ފިރިމީހާ ބުނެއެވެ. މިއިންޓަވިއު ނެގުމުގެ މަހެއްހާ ދުވަސްކުރިން، އެގަހުގެ ބާކީހުރި ލަކުނޑިކޮޅުތައްވެސް އަންދައި ނައްތާލާފައިވާ ކަމުގައި ފާތުމާދީގެ ފިރިމީހާ ބުނެފައި ވެއެވެ. ލަފާކުރެވޭގޮތުން ގަހަކީ ބޮޑު ގަހަކަށްވެފައި، ގަހުގެ މޫތަކާއި، ގަހުގެ އަސަރު ބިމުގެ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާނެތީ، އެގަހަށް ހަދާފައި ހުރި ސިހުރު އެއްކޮށް ބާޠިލުކުރުމަކީ އުދަނގޫ ކަމެއްގެ ގޮތުގައި ފާތުމާދީ ބުނެއެވެ. އަދި ފަހުންވެސް ގަސް ހުރި ތަނަށް 7 ދުވަސް ވަންދެން ފެން ކިޔަވައި އެޅިކަމުގައި ފާތުމާދީ ބުނެއެވެ. ފާތުމާދީ ބުނިގޮތުގައި އެގަސް ނައްތާލުމުންވެސް، މުޅި ހަށިގަނޑަށް ވަރަށްބޮޑު ލުޔެއް ލިބިގެން ދިޔުމުގެ އިހްސާސު ކުރެވިގެން ދިޔައެވެ.

ސިހުރު ހަދައި ގަސްގަހުގައި އައްސާފައިވާ ތަފާތު އެއްޗެއްސާއި ވައްތަރު އެއްޗެހި- އަސްލު ފޮޓޯއެއް ނޫން

ސިހުރު ހަދައި ގަސްގަހުގެ މުލުގައި ބޭނުންކުރާ ވައްތަރު އެއްޗެހި- އަސްލު ފޮޓޯއެއް ނޫން

ތަފާތު ތަންތަނަށް ފަންޑިތަ ހަދާފައިވާކަންވެސް އެނގެނީ ރުޤްޔާ ކުރުމުން، ކިޔަވައި ފާޑަކަށް ދެބަދޭތެރޭގައި އޮންނައިރު، ސުވާލުކުރުމުން، ޖިންނި ފާތުމާދީގެ އަނގައިން ބުނުވާ ވާހަކައިންނެވެ. އަދި ފާތުމާދީ ބުނިގޮތުން، އެގޮތަށް ދެބަދެތެރޭގައި އޮވެގެން ދައްކާ އެއްވެސް ވާހަކައެއް އަދި ހިގި އެއްވެސް ކަމެއްގެ ހަނދާނެއް ހޭލެވޭއިރު ނުހުންނަ ކަމުގައެވެ. ސިހުރުވެރިޔާގެ ގެ ހުންނަ މަގުގެ ކޮޅުގައި އޮންނަ ކުޅިއެއްގެ އުރަފަށުގައި ހެދިފައިހުރި ގަހަކަށްވެސް ސިހުރު ހަދާފައިވާކަމަށް ރުޤްޔާކުރުމުން އެނގުނު ކަމަށާއި، އެގަސްވެސް ކަނޑައި ފެންކިޔަވައި އެޅުމުން، ހަށިގަނޑަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔުމުގެ އިހްސާސް ކުރެވިގެން ދިޔަކަމުގައި ފާތުމާދީ ބުނެއެވެ.

ސިހުރު ޖެހިފައިވާ މީހުންނަށް ތަފާތު ބިރުވެރި ހުވަފެން ފެނި، ހޭލާ އުޅޭ އިރުވެސް، ތަފާތު އާދަޔާ ޚިލާފު އަޑުތައް އިވި ބިރުވެރި މަންޒަރު ފެންނަކަމަށް ބައެއް މީހުން ބުނި ނަމަވެސް، ފާތުމާދީ ބުނިގޮތުން، އެފަދަ އެއްވެސްކަމެއް ފާތުމާދީއަށް ކުރިމަތިވެފައި ނުވާކަމުގައި ފާތުމާދީ ބުނެއެވެ. އެހެން ނަމަވެސް، އެއްދުވަހު ޒުވާނުންގެ މަރުކަޒުގައި ވަޒީފާ އަދާކުރިއިރު، އެކަނި ހުރި ގަޑިއެއްގައި އެއްވެސް މީހަކު އޮފީހުގައި ނެތް ވަގުތެއްގައި، ވަރަށް ކައިރިން، ގޮނޑިއެއް ދަމައިގެތް އަޑު އިވުނު ކަމަށާއި، ނަމަވެސް އެއްވެސް މީހަކު މުޅި އޮފީހުގައިވެސް އެވަގުތު ނެތްކަމުގައި ފާތުމާދީ ބުނެފައިވެއެވެ. ފާތުމާދީ ބުނިގޮތުގައި، ފާތުމާދީއަކީ ބަރާބަރަށް ނަމާދުކުރާ މީހެއްކަމަށާއި، ނިދާއިރުވެސް، އަބަދުވެސް، ޒިކުރުކޮށް ދުޢާކޮށްގެން ނޫނީ ނުނިދާ ކަމުގައި ފާތުމާދީ ބުނެއެވެ. މިފަދަ އެއްވެސް ކަމެއް ކުރިމަތި ނުވުމުގެ ސަބަބަކަށް އެކަންވުންވެސް އެކަށީގެންވެދާނެކަމަށް ފާތުމާދީ ދެކެއެވެ.

މިފަހުންވެސް، ގޭތެރެއަށް ސިހުރު ހަދާފައި ހުރިތަނެއް ފާހަގަވިކަމަށާއި، އެތަން ކޮނެ، ފެންކިޔަވައި އަޅައި، ސިހުރު ބާޠިލުކޮށްފައިވާކަމުގައި ފާތުމާދީބުނެއެވެ. ރުޤްޔާކުރި މީހާ ބުނިގޮތުން، ނަމާދުކޮށް، ޒިކުރުކޮށް، ދުޢާކުރުމަށްފަހު، ސިހުރުން ސަލާމަތް ވުމަށް އެދި ﷲ ހަޟްރަތުގައި ދެންނެވުމުން، އެ ސިހުރުން ސަލާމަތްވާނެ، މަގެއް ﷲ ދައްކަވާނެއެވެ. މިގޮތުން އެއްދުވަހު، ނަމާދުން ފައިބައި، ދުއާކޮށް ޒިކުރު ކުރުމަށްފަހު، މި ސިހުރަކީ ފުޓްބޯޅަ ކުޅޭދަނޑަށް ހަދާފައިވާ ސިހުރަކަށް ވެފައި، އަދިވެސް އެއްކޮށް މިކަމުން ޝިފާ ނުލިބޭތީ، ދަނޑުގެ ތަފާތު ތަންތަނަށް ސިހުރު ހަދާފަ ހުރެދާނެކަމަށް ވިސްނައި، ދަނޑުގެ ތަފާތު ތަންތަން ހިތަށް އަރުވައި، ކަނޑާލެވުނު ގަސް ހުރި ވަޅުގަނޑާއި، ގަހުގެ މުކޮޅުތަކުގެ މަތިން ހަނދާންވުމުން، ވަގުތުން، ބަނޑު ފުއްޕާލި ކަމުގައި ފާތުމާދީ ބުނެފައި ވެއެވެ. މިއީ އެތަނަށް ސިހުރު ހަދާފައިވާކަން ރަމްޒުކޮށްދިން ނިޝާނެއްގެ ގޮތުގައި ފާތުމާދީއަށް ވިސްނުނެވެ. އަދި އެވަޅަށް ފެންކިޔަވައި ހަތްދުވަސް ވަންދެން އެޅުމުންވެސް، ރަނގަޅެއް ނުވިކަމުގައި ފާތުމާދީ ބުނިއެވެ. މިއީ ވަރަށް ފަހުން ހިގި ކަމެއްގެ ގޮތުގައި ފާތުމާދީ ބުނެއެވެ. ދެން ދަނޑުން ކެނޑި ގަހުގެ މޫތަށް އެއްކޮށް ނަގައި ސާފުނުވެ ހުރުމުން، ސިހުރުގެ އަސަރު ހުރެދާނެކަމަށް ވިސްނައި، އެގަހުގެ މޫތަށް ނަގައި، ގަހުގެ ބާކީހުރި ލަކުނޑިތައް އަންދައި، ގަސްހުރި ވަޅުގަނޑަށް ހަތް ދުވަސް ވަންދެން، ފެން ކިޔަވައި އެޅުމުން، ހަށިގަނޑަށް ލުޔެއް ލިބުނު ފަދަ އިހްސާސެއް ކުރެވިގެން ދިޔަކަމުގައެވެ.

އޭގެ ފަހުންވެސް، ގޭގެ ތަފާތު އެކިތަންތަނަށް ސިހުރު ހަދާފައި ހުރެދާނެކަމަށް ވިސްނައި، އެކިތަންތަން ފާތުމާދީ ހިތަށް އެރުވިއެވެ. އަދި މިއިންޓަވިއު ނެގުމުގެ ތިން ދުވަސްކުރިން، ގެއަށް ވަންނަ ދޮރާށި ހިތަށް އެރުވުމުން، ވަގުތުން ބަނޑު ފުއްޕިއެވެ. ގެއަށް ވަންނަ ދޮރު ކުރިމަތީގައި ކޮނެފައިވާ ވަޅުގަނޑު އޭރުވެސް ފަސްނާޅައި ހުއްޓެވެ. ފާތުމާދީ ބުނިގޮތުން، އެވަޅުގަނޑުން، ރަތް މުށިގަނޑެއް ނަގާފައިވެއެވެ. އެ އެތިކޮޅު، ކިޔަވާފައި ހުރި ފެންއެއްޗަކަށް އަޅާފައި އޮތްކަމުގައި ފާތުމާދީ ބުނިއެވެ. އިންޓަވިއު ނަގަން ދިޔަ ހުވަދޫ ނިއުސް ޓީމްގެ ނޫސްވެރިން، އެއެތިކޮޅު ދައްކާލުމަށް އެދުމުން، ފާތުމާދީ ވަނީ އެއެތިކޮޅު ދައްކާލާފައެވެ. ގޭގެ ގޯތިތެރޭގައި ހުރި ޕްލާސްޓިކް ބާލިދީއަކަށް ފެންއަޅައި، އެފެން ބާލިދީގެ ތެރޭގައި އެއެތިކޮޅު އޮތް އިރު، ފާތުމާދީ އެއެތިކޮޅު އިންޓަވިއު ނެގި މީހުންނަށް ދައްކާލުމަށް، ބާލިދީ އާއި ކައިރިވުމުން ފާތުމާދީގެ ބަނޑު ފުއްޕައި ބޮޑުވި މަންޒަރު ހުވަދޫ ނިއުސް ޓީމްގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ. ފާތުމާދީ ބުނިގޮތުގައި، މިއީ އަދިވެސް އޭގެ އަސަރު ކެނޑިފައި ނުވުމުން ކުރިމަތިވި ކަމެކެވެ. އަދި އެބާލިދީ އާއި ދުރަށް ފާތުމާދީ ދިޔުމުން ބަނޑު ހިނދި، އާންމުކޮށް ހުންނަވަރަށް ބަނޑު ތިރިވެފައި ވެއެވެ. ފާތުމާދީގެ ބަނޑަށް އައި ބަދަލު، ހެދުމުގެ މަތިން ފާހަގަކުރެވޭވަރަށް ބަނޑު ފުއްޕާފައިވާ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ފާތުމައިދީމެން ގެއިން ނެގި ސިހުރު ހަދާފައިވާ މުށިކޮޅެއް ކިޔަވާފައި ހުރި ފެން އަޅާފައި ހުރި ބާލިދީއެއްގައި- އަސްލު ފޮޓޯއެއް

ފާތުމައިދީމެން ގެއިން ނެގި ސިހުރު ހަދާފައިވާ މުށިކޮޅެއް ކިޔަވާފައި ފެން އަޅާފައި ހުރި ފެންބާލިދީއެއްގެ އަޑީގައި- އަސްލު ފޮޓޯއެއް

ފާތުމާދީ ބުނިގޮތުން، އެ މުށިކޮޅު ނެގިފަހުން އަދި އެގޮތަށް ވަކި ތަނެއް ހިތަށް އަރުވައިގެން ބަނޑު ފުއްޕާފައި ނުވާކަމުގައެވެ. އަދި ހަމަ މިބީދައިން، އެ މުށިކޮޅު ނެގިފަހުން އެނެގި ތަނުގެ މައްޗަށް އަރައި ކިޔެވައިގެންވެސް ބަނޑުފުއްޕައި އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާކަމުގައި ފާތުމާދީ ބުނެއެވެ. ހެނދުނު ހޭލާއިރު، ގައިގައި ވަރުވަލިވެ، ތެދުވެ އުޅެން ވަރަށް ފަހަށްޖެހެންދެންވެސް އުދަނގޫ ކަމަށާއި، ނަމަވެސް، އެމުށިކޮޅު ނެގިފަހުން، ހެނދުނުގައިވެސް، އެއްވެސް ވަރުބަލިވުމުގެ އިޙްސާސެއް ނުކުރެވި، މާބޮޑު އުދަނގުލެއް ނެތި ތެދުވެ އުޅެވެއެވެ.

ފާތުމާދީގެ އުންމީދަކީ، ހަސަދަވެރިއެއްގެ ފަރާތުން ކުރިމަތިވި، ސިހުރުގެ ނުރައްކާތެރި ވަބާއިން، ސަލާމަތްވެ، އާންމު އިންސާނުންނެކޭ އެއްފަދައިން، އެއްވެސް ބިރުވެރިކަމެއް، ތަކުލީފެއް ނެތި، އުޅޭވޭނެ ދުވަސް އަވަސް މުސްތަޤްބަލެއްގައި ދިރިއުޅެވޭނެ މަގެއް ފެނިގެން ދިޔުމެވެ. އަދި މިއީ މި ސިހުރުގެ ނިމުން ކަމުގައި ވެގެން ދިޔުމެވެ. ފާތުމާދީ އަދި އޭނާގެ ފިރިމީހާ ބުނިގޮތުގައި، ފާއިތުވީ ދިހަ އަހަރުދުވަހުގެ ތެރޭގައި އޭނާ އުޅެން ޖެހުނީ ހިތްދަތި، ވޭން ބޮޑު ދިރިއުޅުމެކެވެ. ފާއިތުވީ ދިހަ އަހަރުދުވަހުގެ ތެރޭގައި، ފިރިމީހާ އަށް ލިބުނު މުޅި އާމްދަނީ އެއްކޮށްހެން ހޭދަކުރަންޖެހުނީ، ފާތުމާދީއަށް ކުރިމަތިވެފައިވީ ވޭނީ ދިރިއުޅުމުން އަރައިގަނެވޭނެ މަގެއް ހޯދުމަށެވެ.

ސިހުރަކީ އޭގެ ސަބަބުން، އިންސާނުންގެ ދިރިއުޅުން ވިއްސި ވިހާލި ކޮށްލާ، ނުރައްކާތެރި ޝައިޠާނީ ވަބާއެކެވެ. ސިހުރުވެރިޔާ ވަނީ، ﷲ އުރެދި، ޝައިޠާނާގެ އަޅަކަށްވެފައެވެ. ސިހުރުވެރިންގެ ނުބައި ނުލަފާ ރޭވުންތަކުން، އިންސާނިއްޔަތު ސަލާމަތްކޮށް، މިފަދަ ވޭން ބޮޑު، ތަކުލީފެއް އިބައިލާހުގެ އެއްވެސް އަޅަކަށް ނުޖައްސަވައި ފާންދޭއެވެ.

  1. ާާާÀĹÌ

    ސިހުރުވެރިޔަަަަަ ވަގުތު މަރަަަ